އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާސްވުމާ ކަންބޮޑުވުންފިލުވުމުގެ އިތުރުން ގިނަ ބަލިތަކަށް ފަރުވާ ލިބޭ އެންމެ ފަތަކުން ފަސޭހައިން ތައްޔާރުކޮށްލެވޭ ޖޫހެއް-

ހާސްވުމާ ކަންބޮޑުވުންފިލުވުމުގެ އިތުރުން ގިނަ ބަލިތަކަށް ފަރުވާ ލިބޭ އެންމެ ފަތަކުން ފަސޭހައިން ތައްޔާރުކޮށްލެވޭ ޖޫހެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ބޭނުންވާ ތަކެތި:

3، 4 ބޭލީފް

1 ސައިސަމުސާ އަސްލު މާމުއި 

2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

3 މިނިޓްވަންދެން މަތިޖަހައިގެން ފެންފޮދު ކައްކާށެވެ. ފަތް އަޅާފައި 5 މިނިޓްވަންދެން ބަހައްޓާފައި ފެންފޮދު ފުރާނާލާމުމަށްފަހު މާމުއިއަޅާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ. 

ބޭލީފުން ލިބޭ ފައިދާގެތެރޭގައި:

- ޙަޖަމް ރަނގަޅުވުން

- ނޭވާލާން ފަސޭހަވުން

- ވައިގެ އުނދަގޫ ކުޑަވުން

- ހިތުގެ ޞިއްޙަތު ރަނގަޅުވުން

- ހާސްވުމާ ކަންބޮޑުވުން ފިލުވުން

- ހަކުރު ކޮންޓްރޯލްކުރަން އެހީވުން

- އިސްތަށްޓަށް ފަރުވާލިބުން ހިމެނެއެވެ. 

މީގެ އިތުރުން ހަށިގަނޑުގައި ހުންނަ ވިހަ އެކުލެވޭ މާއްދާތައް ނައްތާލަން އެހީތެރިވެއެވެ. ހަމައެއާއިއެކު ދުވާލަކު 2، 3 ފަހަރު ބޭލީފް އަންދައި ދުން ނޭފަތުން އެރުވުމަކީވެސް ހާސްވުމާ ކަންބޮޑުވުމާއި މީހާ ދިރުކޮށްދޭ ކަމެކެވެ. 

ދުންއަރުވާއިރު ފަތުގެ އެއކޮޅުގައި ހިފަހައްޓައިގެންހުރެ ފަތަކުން ފަތަކުން އަތަށް ހޫނު ނުވާވަރަށް ފަތް އަންދައިގެންވެސް ދުންއެރުވިދާނެއެވެ.  

- ފަޒީގެ ތަޖުރިބާއިން

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު