އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ދުވަހަކު އަނބިމީހާ "ރެސްޓްކޮށްލީމާ" ފިރިމީހާ ކަޅިހުއްޓޭވަރުވޭ!

އެންމެ ދުވަހަކު އަނބިމީހާ "ރެސްޓްކޮށްލީމާ" ފިރިމީހާ ކަޅިހުއްޓޭވަރުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ފިރިމީހާ ގެއަށް ދިއައިރު 2 ދަރިން ކިލަލުންތަތްތެޅިގެން ތިބެ ބޭރުގައި ކުޅެނީއެވެ. ކުދިން ގާތު މަންމަ ކޮބައިތޯ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. 

ގޭތެރެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. އެއްޗެތިތައް ހުރީ ތަންތަނަށް އުކާލެވިފައެވެ. ފްރިޖްގެ ދޮރުވެސް ހުރީ ހުޅުވައިފައެވެ. ގޭގެ ހުރިހާ ބޮކިތަކެއްވެސް ހުރީ ދިއްލައިފައެވެ. ގޮނޑިތަކާ ފަރުނީޗަރު ހުރީ ހުންނާނެ ގޮތަކަށެވެ. 

އެހިސާބުން ވިސްނުނީ އަންހެނުންނަށް ކޮންމެވެސް ކަމެއްވެއްޖެކަމަށެވެ. އަމބިމީހާއަށްޓަކާ ހެޔޮދުޢާކުރަމުން ގޮސް ކޮޓަރިއަށް ވަންއިރު އަނބިމީހާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ފިރިމީހާ ވަނުމުން އާދައިގެމަތިން މިއަދުގެ އޮފީސް މަސައްކަތްކިހިނެއްތޯ ސުވާލުކުރިއެވެ. 

ފިރިމީހާ ކަންބޮޑުވެފައިހުރެ މިއަދު ބަލިވީތޯ ސުވާލުކުރުމުން ބުންޏެވެ. "ނޫނެކެވެ. އެއްވެސް ކަމެއް ނުވެއެވެ. ކޮންމެ ދުވަހަކު ގެއަށް އައިސް އެދުވަހު އަހަރެން އެއްވެސް މަސައްކަތެއް ނުކުރާކަން ދޭހަވާ ޢިބާރާތުން ސުވާލުކުރާތީ މިއަދު އެއްވެސް ކަމެއް ނުކޮށް މަޑުކޮށްލީއެވެ." 

އެވަރުންވެސް ފިރިމީހާގެ ސުވާލަކަށްވީ "ނުވެސް ކައްކަން ހެއްޔެވެ؟" 

އެކުވެރިންނޭވެ! މަސައްކަތްކުރުމަކީ ހަމައެކަނި ވަޒީފާއަދާކުރުން ކަމުގައި ނުދެކޭށެވެ! ދަރިންނާއި ގޭގެ ކަންކަން ބެލެހެއްޓުމަކީ ހުރިހާ މަސައްކަތަކަސްވުރެވެސް ބުރަ މަސައްކަތެކެވެ. އެމަސައްކަތުގެ އަގު ވަޒަންކުރާށެވެ. 

ފިރިން ގެއިން ބޭރުގައި ކުރާ މަސައްކަތުގެ އަގު އަނބިން ވަޒަންކުރަންވާނެއެވެ. އަނބިން ގޭގައިތިބެގެން ކުރާ މަސައްކަތުގެ އަގު ފިރިން ވަޒަންކުރަންވާނެއެވެ. ދިރިއުޅެން އުފާވެރިކުރެވޭނީ އެއިރުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް