އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީހުގެ ގައިގަ ހިފާއޮޅުލައި ބަލިކުރެއްވި ޞަހާބީގެ ވާހަކަ-

އިބިލީހުގެ ގައިގަ ހިފާއޮޅުލައި ބަލިކުރެއްވި ޞަހާބީގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 20 މިނެޓް, 24 ސިކުންތު

ގިނަބައަކަށް ޤަބޫލުކުރެވެނީ އިބިލީހަކީ މާ ބާރުގަދަ އެއްޗެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އިބިލީހުގެ ބާރު އެހައިގަދައެއް ނޫނެވެ. މީސްތަކުންގެ އީމާންކަން ބަލިކަށީވުމުން އިބިލީހަށް އޭތީގެ ބާރު ގަދަކުރެވެނީއެވެ. 

އިބިލީހަކީ އެހައި ވަރުގަަދަ ބާރުތަކެއް ލިބިގެންވާ އެއްޗެއްނަމަ ޢުމަރުގެފާނު ފެނުމުން ބިރުން ފިލާކަށް ނުޖެހެނީހެވެ. ޢުމަރުގެފާނަށްވެސް ވަސްވާސްދީ ހައްލުވަން މަސައްކަތްކުރަންވީ ނޫން ހެއްޔެވެ؟ ނަމަވެސް ޢުމަރުގެފާނު ފެނުމުން އިބިލީސް އަބަދުވެސް މަސައްކަތްކުރީ އަވަހަށް ފިލޭތޯއެވެ؟ އެއީ ޢުމަރުގެފާނުގެ އީމާންކަމާ ސާބިތުކަން ވަރުގަދަކަމުން އިބިލީހަށް ލޮޅުން އަރާފާނެތީއެވެ. 

މީސްތަކުންނަށް ތަފާތު ސިފަތަކުގައި އިބިލީސް އަބަދުވެސް ފެނެއެވެ. ނަމަވެސް އިބިލީސް އަތުލައިގަތުމަކީ ކުރެވޭ ކަމެއް ނޫން ނަމަވެސް އަބޫހުރައިރަތުގެފާނު ވިދިވިދިގެން 3 ރޭ އިބިލީސް އަތުލައިގެންނެވިއެވެ. އެއީ ﷲ ތަޢާލާ އަބޫހުރައިރަތުގެފާނަށް ދެއްވެވި ޚާއްޞަ ބާރެއްގެ ސަބަބުންނެވެ. އެބާރު ހޯއްދެވީ އީމާންކަން ވަރުގަދަކުރައްވަވައިގެންނެވެ. 

ޙަދީޘްފުޅުގައި އޮންނަނީ އަބޫހުރައިރަތުގެފާނު ހުންނެވީ ޒަކާތަށް އެއްކުރެވިފައިވާ މުދާ ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެން ކަމަށެވެ. އަދި އެގޮތަށް ހުންނަވަނިކޮށް ރޭގަނޑު ފަޤީރެއްގެ ހެދުމުގައި ވަރަށް ބޮޑު ފަޤީރަކަށް ހެދިގެން އައިސް ޒަކާތުގެ މުދަލުން ވައްކަން ކުރަން އުޅެނިކޮށް އަބޫހުރައިރަތުގެފާނު އިބިލީސް އަތުލައިގެންނެވީ ކަމަށެވެ. 

އެކަމުން އަބޫހުރައިރަތުގެފާނަށް ވަރަށް ބޮޑު ސިހުމެއްވެސް ލިބިވަޑައިގެންނެވިއެވެ. އެއީ ޒަކާތު މުދަލުން ވައްކަން ކުރާނީ ކޮންފަދަ ނުބައި ކާކު ކަމާއިމެދުގައި ސުވާލު އުފެދުމުންނެވެ.  

ކޮންމެ އަކަސް އިބިލީސް އަތުލައި ގެންނެވުމަށްފަހު ރަސޫލް () ގެ އަރިއަހަށް ގެންދަވަން އުޅުއްވުމުން އޭނާއަކީ ވަރަށް ނިކަމެތި ހާލުގައި ޢާއިލާގެ ގިނަ ބައަކު ގޮވައިގެން ދިރިއުޅެންޖެހފައިވާ މީހެއްކަމަށާއި ވައްކަން ކުރެވުނީ މަޖުބޫރުވެގެން ކަމަށް ބުނެ އަބޫހުރައިރަތުގެފާނުގެ އަރިއަހުގައި ދެން ވައްކަން ކުރަން ނުއަންނާނެ ކަމަށް ދަންނަވައި މަކަރަކުން ސަލާމަތްވެގެން ފިލީއެވެ. 

އަބޫހުރައިރަތުގެފާނު ހެނދުނު ވަޑައިގެން ރަސޫލް () އަށް އެކަމުގެ ވާހަކަތައް ދެންނެވިއިރުވެސް އިތުރު އެކަލޭގެފާނަށް ވަނީ އެނގިވަޑައިގެންފައެވެ. އެހެނީ އެކަމުގެ ވާހަކައިން ފުރަތަމަ ސުވާލު ކުރެއްވެވީ އިތުރު އެކަލޭގެފާނެވެ. 

ކަންހިނގައިދިއަ ގޮތުގެ ވާހަކަތައް ދެންނެވުމުން ރަސޫލް )( ޙަދީޘް ފުޅު ކުރެއްވެވީ އޭނާ އެ ހެދީ ދޮގެއް ކަމަށާއި އޭނާ އެނބުރި އަންނާނެ ކަމަށެވެ.  

ރަސޫލް () ގެ ބަސްފުޅުތައް ތެދުވާނެކަން އެނގިވަޑައިގަންނަވާތީ  އަބޫހުރައިރަތުގެފާނު ދެވަނަ ރޭ ހުންނެވީ އިތުރަށް ސަމާލުކަން ދެއްވަވައިގެންނެވެ. އެރޭ ވެސް ކަންތައްވީ ހަމަ ކުރީ ރޭ ފަދައިންނެވެ. އެރޭވެސް ހަމަ އެސިފައިގައި ހުރެ އައިސް ވައްކަން ކުރީއެވެ. އަތުލައިގަތުމުން ހަމަ ކުރީރޭ ދެއްކި ބަހަނާތައް ދެއްކުމަށްފަހު ސަލާމަތްވެގެން ފިލީއެވެ.  

ދެވަނަ ދުވަހު ފަތިހު ވެސް އަބޫހުރައިރަތުގެފާނު ރަސޫލް ()ގެ އަރިއަހަށް ވަޑައިގެންނެވުމުން ފުރަތަމަވެސް ސުވާލު ކުރެއްވެވީ ހަމަ ކުރީ ދުވަހު ފަދައިންނެވެ. އަދި އަބޫ ހުރައިރަތުގެފާނު ޖަވާބު ދެއްވެވީވެސް ހަމަ ކުރީ ދުވަސް ފަދައިންނެވެ. އެދުވަހުވެސް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ ދޮގުވެރިއެއް ކަމަށާއި އެނބުރި އަންނާނެ ކަމަށެވެ.

ތިންވަނަ ރޭ އަބޫ ހުރައިރަތުގެފާނު ހުންނެވީ އޭނާ އަތުލައި ގަނެ ރަސޫލް ()ގެ އަރިއަހަށް ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވައިގެންނެވެ. އެރޭވެސް ކަންތައް މެދުވެރިވީ ހަމަ ކުރީ 2 ރޭ ފަދައިންނެވެ.  

އެ ރޭ އިބިލީސް ސަލާމަތްވާން ބޭނުންކުރީ އިތުރު އުކުޅެކެވެ. އަބޫ ހުރައިރަތުގެފާނަކީ ކަންކަން ދަސްފުޅުކުރައްވަން ވަރަށް ބޮޑަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭތީ ޚާއްޞަކަމެއް ދަސްކޮށްދިނުމަށްފަހު ފިލީއެވެ.

ހެނދުނު އަބޫހުރައިރަތުގެފާނު ވަޑައިގެން ރަސޫލް () އަށް އެރޭ ކަންތައް ހިނގައިދިއަގޮތުގެ ވާހަކަ ދެންނެވިއެވެ. އަދި ޢެނާ ބުނެދިން ކަންތައްވެސް ބަޔާންކޮށް ދެއްވެވިއެވެ. އެއީ ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަވައިފިނަމަ އެމީހަކު ނިދިން ހޭލަންދެން އެމީހަކު ހިމާޔަތްކޮށް ދެއްވެވުމަށް ﷲ ތަޢާލާ ބެލެނިވެރިއަކު ބަހައްޓަވާނެ ކަމެވެ. އަދި އެ ވަގުތުގައި (ނިދިން ހޭލަންދެން) ޝައިޠާނާއަށް އެމީހަކާއި ކައިރި ނުވެވޭނެ ކަމެވެ.  

ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާ އަކީ ދޮގުވެރިއެކެވެ. ނަމަވެސް މިފަހަރު ތިއަ ބުނީ ތެދެކެވެ." އެއަށްފަހު ފާއިތުވި 3 ރޭ ތިއަ ބައްދަލުވީ ކާކާއިކަން ނުވަތަ ތިއަ އަތުލައިގަނެވުނީ ކާކުކަން އެނގިވަޑައިގަންނަވާތޯ ސުވާލުކުރެއްވުމުން އެނގިވަޑައި ނުގަންނަވާ ކަމަށް އަބޫހުރައިރަތުގެފާނު ދެންނެވިއެވެ. ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އެއީ ޝައިތާނާ، (އިބިލީސް) ކަމަށެވެ. އެހެންކަމުން އަބޫހުރައިރަތުގެފާނު ވެވަޑައިގެންފައިވަނީ 3 ފަހަރުމަތިން އިބިލީސް އަތުލުއްވައި ގެންނެވުނު ބޭކަލަކަށެވެ.

އިބިލީސް އެގޮތަށް އެބުނީ އެނާގެ ތަޖުރިބާއިން ކަމަށް ބެލެވެއެވެ. އެހެނީ ކުރުސި ކިޔައިގެން ނިދާ މީހުންނާއި އިބިލީހަށް ކައިރި ނުވެވޭކަން އިބިލީހަށް ރަނގަޅަށް އެނގޭނެއެވެ. އެކަން މީސްތަކުންނަށް ރަސޫލް () އަދި އެއިރު ބަޔާންކޮށް ނުދެއްވަވާތީ މީސްތަކުންނަށް ނުއެނގި އޮތީއެވެ.

ވީމާ ގިނަގިނައިން ކުރުސި ކިޔަވާށެވެ! ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. ޚާއްޞަކޮށް ނިދަން އޮށޯތުމަށްފަހު ކޮންމެހެން ވެސް ކިޔަންވާނެއެވެ. ނިދީން ހޭލަންދެން އެމީހެއްގެ ހިމާޔަތުގައި ﷲ ތަޢާލާ ގާޑަކު ބައްޓަވައި ދެއްވަވާނެތެވެ. ވީމާ އިބިލީހަށް ޖެހޭނީ ހަމަ ދުރުގައި މަޑުން ހުންނާށެވެ.

އިމާމް މުފްތީ މެންކު ވެސް ވަނީ މިފަދަ ބަސްފުޅެއް ވިދާޅުވެފައެވެ. "ފަތިސް ނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު ކުރުސި، އިޚްލާޞް، ފަލަޤް، ނާސް 3 ފަހަރު ކިޔެވުން މަތީގައި  ދެމިހުންނަ މީހަކާއި ޝައިޠާނާއަށް ކައިރިވެސް ނުވެވޭނެ ކަމަށް ވިދާޅުވެފައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

Abu Hurairah (May Allah be pleased with him) reported: 

The Messenger of Allah () put me in charge of charity of Ramadan (Sadaqat-ul- Fitr). Somebody came to me and began to take away some food-stuff. I caught him and said, "I must take you to the Messenger of Allah ()." He said, "I am a needy man with a large family, and so I have a pressing need." I let him go.

When I saw the Messenger of Allah () next morning, he asked me, "O Abu Hurairah! What did your captive do last night?" I said, "O Messenger of Allah! He complained of a pressing need and a big family. I felt pity for him so I let him go." He () said, "He told you a lie and he will return." I was sure, according to the saying of the Messenger of Allah () that he would return.

I waited for him. He sneaked up again and began to steal food-stuff from the Sadaqah. I caught him and said; "I must take you to the Messenger of Allah ()." He said, "Let go of me, I am a needy man. I have to bear the expenses of a big family. I will not come back."

So I took pity on him and let him go. I went at dawn to the Messenger of Allah () who asked me, "O Abu Hurairah! What did your captive do last night?" I replied, "O Messenger of Allah! He complained of a pressing want and the burden of a big family. I took pity on him and so I let him go." He () said, "He told you a lie and he will return."

(That man) came again to steal the food-stuff. I arrested him and said, "I must take you to the Messenger of Allah (), and this is the last of three times. You promised that you would not come again but you did." He said, "Let go of me, I shall teach you some words with which Allah may benefit you." I asked, "What are those words?"

He replied, "When you go to bed, recite Ayat-ul- Kursi (2:255) for there will be a guardian appointed over you from Allah, and Satan will not be able to approach you till morning." So I let him go. Next morning the Messenger of Allah () asked me, "What did your prisoner do last night." I answered, "He promised to teach me some words which he claimed will benefit me before Allah. So I let him go." The Messenger of Allah () asked, "What are those words that he taught you?" I said, "He told me: 'When you go to bed, recite Ayat- ul-Kursi from the beginning to the end i.e.,[ Allah! none has the right to be worshipped but He, the Ever Living, the One Who sustains and protects all that exists. Neither slumber nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who is he that can intercede with Him except with His Permission? He knows what happens to them (His creatures) in this world, and what will happen to them in the Hereafter. And they will never compass anything of His Knowledge except that which He wills. His Kursi encompasses the heavens and the earth, and preserving them does not fatigue Him. And He is the Most High, the Most Great].' (2:255).

He added: 'By reciting it, there will be a guardian appointed over you from Allah who will protect you during the night, and Satan will not be able to come near you until morning'." The Messenger of Allah () said, "Verily, he has told you the truth though he is a liar. O Abu Hurairah! Do you know with whom you were speaking for the last three nights?" I said, "No." He () said, "He was Shaitan (Satan)."


[Al-Bukhari].

 

 

 

 

 

 

 

 

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް