އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކަށް ކުރެވޭނެ އެންމެ ބޮޑުފާފަ-: މުފްތީ މެންކް

މީހަކަށް ކުރެވޭނެ އެންމެ ބޮޑުފާފަ-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

އެންމެ ބޮޑު ފާފައެއް ކުރެވުމަށްވުރެ ބޮޑު ފާފައެއް ވެއެވެ. އެއީ ފާފައެއް ކުރެވުމުން އެމީހަކަށް ކުރެވިފައިވާ ހެޔޮ އަމަލުތައް އޮޔާލުމެވެ. ނުވަތަ ވަޔަށް ބުރުއްސައިލުމެވެ. އެއީ ކިހިނަކުން ކުރެވޭ ފާފައެއްކަން އެނގޭ ހެއްޔެވެ؟

އެއީ ފާފައެއް ކުރެވުމުން އެކަމަށް މަޔޫސްވެ ތައުބާވާން ފަސްޖެހުމެވެ. ނަމާދުކުރުން ހުއްޓައިލުމެވެ. ކީރިތި ޤްރުއާން ކިޔެވުން ހުއްޓައިލުމެވެ. އަދި އެންމެފަހުން އައުރަ ނިވާކުރުންވެސް ހުއްޓައިލުމެވެ. ހަމަ އެއާއިއެކު އިތުރަށް ފާފަކުރަން ފެށުމެވެ.

އަހަރެމެންނަކީ އިންސާނުންނެވެ. އިންސާނުންނަކީ ފާއެއް ކުރެވިދާނެ ބައެކެވެ. ކިތަންމެ ބޮޑު ފާފައެއްވެސް ކުރެވިދާނެ ބައެކެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ރަނގަޅަށް އަޑު އަހާށެވެ!

ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވާނެ ފާފައެއް ނުކުރެވޭނެއެވެ. އެނގޭ ހެއްޔެވެ؟ އެންމެ ބޮޑު ފާފައަކީ ޝަރީކުކުރުން ނޫން ހެއްޔެވެ؟ ޝަރީކު ކުރުމުގެ ފާފަ ވެސް ފުއްސަވައި ނުދެއްވަވާނީ ޝަރީކުކުރުން މަތީގައި ހުރެ މަރުވެއްޖެ ނަމައެވެ. ދުނިޔޭގައި ހުރެ އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވެއްޖެ ނަމަ ފުއްސަވައި ދެއްވަވާނެތެވެ. އިސްލާމީ އުންމަތަށް ނަޞްރުދީ އިސްލާމް ދީން ކުރިއެރުވީ އިސްލާމްވުމުގެ ކުރިން ޝަރީކުކުރަމުން އައި މީހުން ނޫން ހެއްޔެވެ؟

އެއްކަންތައް ހަނދާނުގައި ބަހައްޓާށެވެ! އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ. އެހެންކަމުން ޝަރީކުރުން މަތީގައި ހުއްޓައި މަރު އައިސް އެމީހަކާއި ބައްދަލުކޮށްފިނަމަ އެދެން އަޖަލު ހަމަވީއެވެ. ސަލާމަތެއް ނުވެވޭނެއެވެ.

ކުފުރުވާ މީހުންނަށް މަރުގެ އަދަބު ދިނުން އޮތީވެސް ތައުބާވުމުގެ ފުރުޞަތު ދީ ތައުބާ ނުވިނަމައެވެ. އެކަމުންވެސް އެނގެނީ ކުފުރުވެވުމަކީވެސް ތައުބާވުމުގެ ފުރުޞަތު އޮތް ފާފައެއް ކަމެވެ.

ތައުބާވުމުގެ ދޮރު މިހައި މިންވަރަށް ހުޅުއްވަވައިލަ ދެއްވަވާފައިވާއިރު ފާފައެއް ކުރެވުނު ނަމަވެސް އެއީ އެހިސާބުން އެމީހެއްގެ އިސްލާމްކަން ނިމުނީ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ތިމާއަކީ ނަރަކައަށް ދާން ޖެހޭނެ މީހެއްކަމަށް ޤަބޫީލުކޮށްގެން ނުވާނެއެވެ. އަބަދުވެސް ބުނަމުން އަންނަ ފަދައިން ފާފައެއް ކުރެވުމުން އެހިސާބުން ދެން ދިންނެވުން ނުލިބޭނެ ކަމަށް ޤަބޫލުކުރަން ބުނަނީ ޝައިޠާނާއެވެ. އެއީ ޝައިޠާނާ ހަދާ އެންމެ ބޮޑު އެއް ދޮގެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށެވެ. އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ފުއްސަވައިދެއްވަވާނެ ކަމަށެވެ. ވީމާ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާގެ ވަޙީއަށް އިންކާރު ކުރުމެވެ. ކީރިތި ޤްރުއާނަށް ފުރައްސާރަ ކުރުމެވެ. ވީމާ އެންމެ ބޮޑު ފާފައަކީ އެފަދަ ކަމެއް ކުރާ މީހަކު ކަމުގައިވުމެވެ.

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު މެސެޖުކޮށްފައި ހުންނަނީ ޒިނޭ ކުރެވިގެންނެވެ. ޒިނޭގެ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ޤަބޫލުކުރެވިގެންނެވެ. މީސްތަކުންނޭވެ! ޒިނޭ ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން އުންމިދު ކަނޑައިނުލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައި ނުލުމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.

"--އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." (އައްޠަލަޤް: 2)

މިފަދައިން ﷲ ތަޢާލާ ޔަޤީންކަން ދެއްވަވާފައިވާއިރު ތައުބާވާން ބޭނުން މީހާ ކަންބޮޑުވާން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އޮތީ އަވަހަށް ތައުބާވެ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅަށް އެދި ދުޢާކުރުމެވެ.

ޚުލާޞާއަކީ އެންމެ ބޮޑު ފާފައަކީ ކުރެވޭ ފާފަ ފުސއްސަވައި ނުދެއްވަވާނެކަމަށް ޤަބޫލުކުރުމެވެ. އެފާފަ ނުކޮށްފިނަމަ އެމީހަކަށް ރަޙްމަތުގެ ދޮރުތައް ބަންދުވެގެނެއް ނުދާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް