އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަވަހަށް ހިކެން ބޭނުންވާ ކުދިން ނިކަން މިޖޫސް ތަޖުރިބާކޮށްލަބަލަ!

އަވަހަށް ހިކެން ބޭނުންވާ ކުދިން ނިކަން މިޖޫސް ތަޖުރިބާކޮށްލަބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ބޭނުންވާ ތަކެތި: 

1 މޭޒުމަތީ ސަމުސާ އެޕްލެސިޑަރ ވިނެގާ

1 ކެރެޓް (މެދު ސައިޒުގެ)

1 ލުނބޯ

250 އެމްއެލް ފެން 

ތައްޔާރުކުރާނެ ގޮތް: 

ކެރެޓް މަށާލައި ކޮށާލައި ލުނބޯހުތާއި އެޕްލެ ސިޑަރވިނެގާރ އާއި ފެން އަޅައި މިކްސަރަކުން ގިރައިލާށެވެ. 

ފުރޭނުމުގެ ބޭނުމެއް ނެތެވެ. މި ޖޫހަކީ ސަރުބީ ވިރުވައި ހަށިގަނޑު ހިއްކައިދިނުމުގެ އިތުރުން ބޮޑުކަމު ދިއުމަށްވެސް ފަސޭހަވާ ޖޫހެކެވެ. 

މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން މިއީ ވަރަށް ކާމިޔާބު ޖޫހެއްކަން ވަނީ ސާބިތުކުރެވިފައެވެ. ގިނަ ދިރާސާތަކަށްފަހު ޖަޕާނުގައި މިޖޫސް މިހާރުވަނީ އެންމެ މަޝްހޫރު ބުއިމަށްވެފައެވެ.

އެޕްލްސިޑަރ ވިނެގަރ ގަންނައިރު އަގަށް ނުބަލައި ވީހާ ފެންވަރު ރަނގަޅު އުފެއްދުން ގަތުން މުހިންމެވެ. 

އެންމެ ބޮޑަށް ފައިދާކުރަނީ ހެނދުނުސައިގެ ނުވަތަ ރޭގަނޑު ކެއުމުގެ ބައިގަޑިއިރުކުރިން ބުއިމުންނެވެ. ކުރު މުއްދަތެއްގައި ނަތީޖާ ފެންނަން ފަށާނެއެވެ. އިން ޝާ ﷲ. 

ކޮންމެ ޖޫހެއް ބޭނުންކުރި ނަމަވެސް އަވަހަށް ނަތީޖާ ފެންނާނީ ކަސްރަތުވެސް ކުރުމުންނެވެ. 

- -ފަޒީގެ ޓީމުން ތަޖުރިބާކޮށްފަ

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ