އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާ ކުރާ ފާހިޝް އަމަލުތަކުގެ ވާހަކަ އާއި ނުކޮށް ކުރިކަމަށް ބުނެ ދޮގު ވާހަކަ ދެއްކުމަކީ ފަސާދަކުރުން - އޮތީ މަރުގެ ޢުޤޫބާތް!

ތިމާ ކުރާ ފާހިޝް އަމަލުތަކުގެ ވާހަކަ އާއި ނުކޮށް ކުރިކަމަށް ބުނެ ދޮގު ވާހަކަ ދެއްކުމަކީ ފަސާދަކުރުން - އޮތީ މަރުގެ ޢުޤޫބާތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ތިމާ ކުރާ ފާހިޝް އަމަލުތަކުގެ ވާހަކަ އާއި އެފަދަ އަމަލެއް ނުކޮށް ހުރެމެ ކުރިކަމަށް ބުނެ ދޮގު ވާހަކަ ދެއްކުމަކީ ޒިނޭކުރުމަށްވުރެ ނުބައި ކަމެކެވެ. މިކަމަކީ މިހައި ބޮޑު ކަމެއްކަން ގިނަ ބައަކަށް ނުއެނގި ތިބެ ނަމަވެސް މިއީ މިހާރު ވަރަށް ގިނަ ބައަކު ކުރާ ކަންކަމެވެ.

 

މިބުނަނީ ތިމާ ކުރާ ފާހިޝް އަމަލުތަކުގެ ވާހަކަ އާއި ނުކޮށްހުރެމެ ދޮގުހަދައި  ކުރިކަމަށް ބުނެ ދޮގު ވާހަކަ ދެއްކުމަކީ ރަޖަމްކުރަންޖެހޭ ކަމެއް ކަމަކަށް ނޫނެވެ. ނަމަވެސް އެހެން ނޫންކަމަށް ބުނާކަށްވެސް ނެތީމެވެ. ސަބަބަކީ އެފަދަ މީހުންނަކީ މުޖުތަމައުގައި މުންކަރާތައް ޢާންމުކުރަން މަސައްކަތް ކުރާ މީހުންނެވެ. ޝައިޠާނާގެ ބައިވެރިންނެވެ. މުޖުތަމައު ފަސާދަކުރާ މީހުންނެވެ. މެރުން ހުއްދަކަމަށް ދީނީ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އެކަން ކީރިތި ޤްރްއާނުން ސާބިތުވެއެވެ. ފަސާދަކުރުމުން އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި ގޮތް ނިންމާނީ ޝަރީޢަތުންނެވެ. އެއީ އަމިއްލައަށް ކޮށްގެންވާނެ ކަމެއް ނޫނެވެ.  

 

ނިކަން ވިސްނައިބަލާށެވެ. ރޭގަނޑު ކުރާ ނުބައި ކަންކަމުގެ ވާހަކަ ދުވާލުވުމުން ދެއްކުމަކީ ރޭ ގަނޑު ކުރި ނުބައި އަމަލުކުރުމަށްވުރެ ނުބައިކަން ބޮޑު ކަމެއްކަން ޙަދީޘުން އެނގެން އެބައޮތެވެ. މި ކަމުގެ މާނައަށް އެކަނި ވިސްނައިލި ނަމަވެސް މި ބުނާ ބަހުގެ ޙަޤީޤަތް އެނގިގެންދާނެއެވެ.

 

"ﷲ އާއި އެކަލާނގެ ރަސޫލާއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރާ މީހުންނަކީ ފަސާދަކުރާ މީހުން. ފަސާދަ ކުރާ މީހުންނަށް އޮތީ ޤަތުލުވެވުން.  މިއީ ކީރިތި ޤްރައާނުގެ އާޔަތްތަކުން އެނގެން ހުރި ކަންކަން. ﷲ އާއި އެކަލާނގެ ރަސޫލާއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރާ މީހުންނަކީ ކޮބައިކަން ބަލާއިރު ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅަށް އަމަލުކޮށް، އެކަންކަން ފަތުރަން މަސައްކަތްކުރާ މީހުންނަކީ އެފަދަ މީހުން."

 

ތިމާ ކުރާ ފާހިޝް އަމަލުތަކުގެ ވާހަކަ އާއި އެފަދަ އަމަލެއް ނުކޮށް ހުރެމެ ކުރިކަމަށް ބުނެ ދޮގު ވާހަކަ ދެއްކުމަކީ އެކަންކަން ކުރަން މީހުންނަށް ހިތްވަރު ލިބޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ކަންކަން ކުރަން ވަރަށް ގިނަ ބައަކު ޝައުޤުވެރިވެއެވެ. އެފަދަ އަމަލުތައް ކުރަން ފަށައެވެ. ކުރަން ފެށުމާއިއެކު ދެވި ހިފައެވެ. 

 

މިކަމުގައި ވިސްނަންވީ ހަމަ އެކަނި މިފަދަ ވާހަކަތައް ދައްކާ މީހުންނެއް ވެސް ނޫނެވެ. ފާހިޝް އަމަލުތައް ކުރުމަށް ޝައުޤުވެރިވާ ފަދަ ވާހަކަތަކާއި ފޮޓޯތަކާއި ވީޑިއޯ ފަދަ ތަކެތި ޢާންމުކުރާ މީހުންވެސް މިކަމަށް ވިސްނައި އަވަހަށް ތައުބާވުން ހުއްޓެވެ. އެހެނީ އެކަން ކަމުގެ ސަބަބުން ވެސް މެދުވެރިވަނީ ހަމަ އެއް ޙާލަތަކަށްވާތީއެވެ. ނުކުންނަ ނަތީޖާޢަކީ ހަމަ އެއް ކަމަކަށްވާތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް