އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ ބޮޑުހާފުގެ ދުވުންތެރިންނާ ބިބް ޙަވާލުކޮށްފި

ޓީއެފްޖީ ބޮޑުހާފުގެ ދުވުންތެރިންނާ ބިބް ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 9 ސިކުންތު

ޓީއެފްޖީ ބޮޑުހާފުގެ ދުވުންތެރިންނާ ބިބް ޙަވާލުކޮށްފިއެވެ.

ހުޅުމާލޭގައި މާދަމާ ބާއްވާ މި ދުވުމުގެ ދުވުންތެރިންނާ ބިބް ޙަވާލުކުރީ ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ގައެވެ.

ޓީއެފްޖީ އިން މިއަހަރު އަލަށް ތަޢާރަފްކުރި ބޮޑުހާފުގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 21 ކިލޯމީޓަރުގެ ދުވުން ވަނީ ހިމަނާފައެވެ.

މި ހުރިހާ ކެޓަގަރީއެއް ފުރިހަމަ ކޮށްގެން ދުވުމުގެ ޓައިޓްލް ލިބުނު ނަމަވެސް އެމީހަކު ބޭނުން ކެޓަގަރީއެއްގައި އެމީހަކަށް ދުވެވިދާނެއެވެ. އަދި ކޮންމެ ކެޓަގަރީއެއް ނިންމުމުންވެސް އެ ކެޓަގަރީއެއްގެ މެޑެލް ލިބޭނެއެވެ.

ބޮޑުހާފުގައި 5 ކިލޯމީޓަރ ދުވުން ފަށާނީ މާދަމާ ފަތިހު 05:30ގައެވެ. އަދި މި ކެޓަގަރީގެ ދުވުން ނިންމަން ޖެހެނީ 45 މިނެޓުގެ ތެރޭގައެވެ. 10 ކިލޯމީޓަރ ދުވުން 06:30 ގައި ފަށާ އިރު، މި ކެޓަގަރީގެ ދުވުން ނިންމަން 1 ގަޑި 30 މިނެޓު ނިންމަން ލިބޭނެއެވެ. އ

21 ކިލޯމީޓަރގެ ދުވުން ފަށާނީ 08:30 ގައެވެ. މިދުވުން ފުރިހަމަ ކުރުމަށް ތިންގަޑި އިރު ލިބޭނެއެވެ.

ޓީއެފްޖީ އިން ބުނީ ކޮންމެ ކެޓަގަރީއެއްވެސް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ފަށާނެ ކަމަށެވެ. އަދި ފަހުން އަންނަ ފަރާތްތަކަށް އެ ކެޓަގަރީގައި ބައިވެރިނުވެވޭނެ ކަމަށާއި ކެޓަގަރީއަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާ އިރު، ނުނިންމާ ފަރާތްތަކަށް މެޑެލް ނުލިބޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް