އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ޑިޕްރެޝަން ބަލީގަ އަޅުވެތިކަމުގަ ހުންނަން ޑޮކްޓަރުން ކުރި ޙުކުމަށްވުރެ މާކުރިން ސަލާމަތްވުމުން ޑޮކްޓަރު "ޑިޕްރެޝަނަށް."

ޙަޤީޤީ ޙާދިސާ: ޑިޕްރެޝަން ބަލީގަ އަޅުވެތިކަމުގަ ހުންނަން ޑޮކްޓަރުން ކުރި ޙުކުމަށްވުރެ މާކުރިން ސަލާމަތްވުމުން ޑޮކްޓަރު "ޑިޕްރެޝަނަށް."


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އަޅުގަނޑަކީ 28 އަހަރުގެ ޒުވާނަކީމެވެ. އަޅުގަނޑު ކިޔަވާ ނިމެންދެން އަޅުގަނޑަށް އިންތިޒާރުކުރަން އޭނާ އެއްބަސްވިއެވެ. ނަމަވެސް ކުއްލިއަކަށް ލިބުނީ 6 އަހަރުވަންދެން ލޯބިވެގެން އުޅެވުނު އަންހެންކުއްޖާ ކައިވެނިކުރި ޚަބަރެވެ. 

އެކަމުގައި ވިސްނަން ހަދައިގެން ނުވާކަމެއް ނެތެވެ. ޔުނިއަށް ދާހިތްވެސް ކެނޑުނެވެ. ކާހިތްވެސް ނުވެދިއައެވެ. އެނދުގައި ނުނިދި ފުރޮޅި ފުރޮޅި އޮންނަން ވެސް ޖެހުނެވެ. އެޙާލަތުގައި ޢާއިލާއިން ބާރުއެޅުމުން ޑޮކްޓަރަށް ދެއްކީމެވެ. 2، 3 ޑޮކްޓަރުންނަށް ދެއްކުމުންވެސް ބުނީ މަދުވެގެން 2 އަހަރެއްހައި ދުވަހު ބޭސްކާން ޖެހޭނެ ކަމަށެވެ. ޑިޕްރެޝަން މާބޮޑަށް މަތިވެފައިވާތީ ކަމަށެވެ. 

ބޭސްކާން ފެށީމެވެ. އަބަދުހެން ހުންނަނީ ނިދިއަންނަގޮތްވެފައެވެ. ކްލާހުގައި އިންދާވެސް ނިދެނީއެވެ. އެހެންކަމުން މިއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ ބޭސްކެއުން މަދުކުރީމެވެ. އަދި ގާތް އެކުވެރި ބައެއް ކުދިން ހިތްވަރުދީގެންނާއިއެކު 5 ވަގުތު ނަމާދުކުރަންފެށީމެވެ. ރަވާތިބު ސުންނަތްތައްވެސް ކުރަންފެށީމެވެ. މަދުވެގެން ދުވާލަކު ކީރިތި ޤުރްއާނުން ފޮތެއް ކިޔަވަން ފެށީމެވެ. 

އެގޮތަށް ކަންކަން ކުރަންފެށުމުން ވަރަށް ހިތްވަރުގަދަވެއްޖެއެވެ. ބޭސްކެއުން ހުއްޓައިވެސްލެވިއްޖެއެވެ. ނަމަވެސް ބޭސްކެއުން ހުއްޓާލިކަން އެނގުމުން މަންމަމެން ހިތްހަމައެއް ނުޖެހުނެވެ. ގެންގޮސް ޑޮކްޓަރަށް ދެއްކިއެވެ. 

ޑޮކްޓަރު ހުރީ ޙައިރާންވެފައެވެ. 2 އަހަރަށް ޙުކުމްކޮށްފައި ހުރި މީހަކު މިހައި އަވަހަށް ސަލާމަތްވުމުންނެވެ. އަދި އަހަރެން ކޮންމެ ދުވަހަކު ކަންކަން ކުރާ ގޮތާއިބެހޭގޮތުން ސުވާލުކުރުމުން ކިޔައިދިނީމެވެ. އެއިރު ޑޮކްޓަރު އިނީ މާރަނގަޅު ޙާލަތުގައި ނޫންކަން މޫނުމަތިން އެނގުނެވެ. ހީވާ ގޮތުން ޑޮކްޓަރު އިނީ ޑިޕްރެޗަންގެ ޙާލަތުގައެވެ. 

ހުރިހާ ވާހަކަތަކެއް އަޑުއަހާފައި 2 ބޭސް ލިޔެދީފައި ބުންޏެވެ. "ތިއަބާވަތުގެ ކަމެއް ދިމާވުމުން ސިކުނޑިއަށް ހުންނާނީ ގެއްލުންތަކެއް ލިބިފައެވެ. މި ބޭސް ބޭނުންކުރުމުން ރަނގަޅުވާނެއެވެ." 

އެވަގުތު ބޭނުންވީ ބޭސްސިޓީގައި އޮތް އަހަރެންގެ ނަން ކަނޑާލާފައި އެތަނުގައި ޑޮކްޓަރުގެ ނަން ލިޔާށެވެ. އަދި 3 ވަނަ ބޭހެއްގެ ގޮތުން "ބޭސްލިޔެދީފައި އެންމެ ކުޑަމިނުން އިން ޝާ ﷲ ބުނަން އާދަކުރަން" ލިޔާށެވެ. ނަމަވެސް މަންމަމެން ލަދުގެންފާނެތީ އެކަން ނުކުރީއެވެ. 

ކޮންމެއަކަސް އެހިސާބުން އެންމެ ބޭސްގުޅައެއްވެސް ނުކަމެވެ. ފަރުވާ ލިބިގަތީ އެންމެ ކަމަކުންނެވެ. އެއީ ކޮންމެ ހިތްދަތިކަމަކާއިއެކު އުފާވެރިކަމެއް ކޮންމެ މުޞީބާތަކާއިއެކު ނިޢްމަތެއް ވާކަން ޤަބޫލުކުރުމުންނެވެ. 

- އިޙްޞާން މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް