އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުން: ޤާސިމް

އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިޔާލުފުޅު ފާޅު ކުރައްވާ މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖްގައި ގާސިމް ވިދާޅުވީ "އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުން" ކަމަށާއި މިހާރު މި އޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ގައުމުގައި އިތުރު ހަމަނުޖެހުން ތަކެއް ހިނގުމުގެ ފުރުސަތު ހުޅުވޭނެ ކަމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ހިންގާ ބޮޑުވަޒީރަކު ހުންނެވުމުން ހިތި ނަތީޖާ ފެނިގެން ދިޔަ ކަމަށާއި އޭރު ގައުމަށް ދިމާވި ގޮންޖެހުންތައް ވެސް އޭނާ ދެކެވަޑައިގަތް ކަމަށެވެ.

ރާއްޖޭގެ އެންމެ ކުޑަ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެމްބަރަކަށް ވެސް ސަރުކާރުގެ ވެރިއަކަށް ވެވޭނެ ކަމަށާއި އެ ހިސާބުން ރައްޔިތުންނާ ހަމައަށް އެ ބޭފުޅަކު ބަރުލަމާނީ ނިޒާމުގެ ވެރިކަމެއްގައި ވަޑައިގަންނަވަން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންނާ ހަމައަށް ދާން ނުޖެހުނީމާ އެ ލިބޭ ނިކަމެތިކަން ދެން ވިސްނާލަބަލަ. ވެރިއަކަށް ގައުމުގައި ހުންނަ މީހާ 1،000 މީހުން 2،000 މީހުން ތިބޭ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވުނީމާ އޭނާގެ ކަންތައް އެ ނިމުނީ. އޭނާ އެ ހުރީ ގައުމުގެ ރައީސަކަށް. އެ ހިސާބުން ރައްޔިތުންގެ ކުރިމަތީގައި އޭނާ ވާން ޖެހޭ ވައުދެއް ވެސް ނެތް. ކުރަން ޖެހޭނެ ކަމެއް ވެސް ނެތް. އޭނާ ދޭން ޖެހޭ ކޮމިޓްމަންޓެއް ވެސް ނެތް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، "މިއީ ވަކި މީހަކަށް ވެރިކަން ނުލިބިގެން، ބާރުވެރިކަން ނުލިބިގެން" ކުރަން އުޅޭ ކަމެއް ކަމަށާއި އަދި އޭގެ ބޭނުމަކީ އެ ބޭފުޅަކު ބޮޑުވަޒީރަކަށް ވުމަށް ކުރަން އުޅުއްވާ ކަމެއް ކަމަށެވެ.

ދިވެހިރާއްޖެ ވަނީ ކުރިންވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެކަމުގެ ހިތި ތަޖުރިބާ ކޮށްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު