އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ ފަންސާސް އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި

ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ ފަންސާސް އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ ފަންސާސް އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.

އުރީދޫއިން ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 އިންސައްތަ އިތުރުޑޭޓާ ލިބޭނެކަމަށެވެ. މި  ޕްރޮމޯޝަންގައި ހިމެނޭ ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ހިމެނެއެވެ.

މިޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް ރީޗާޖު ކުރުމުން އިތުރު 10ޖީބީ އާއެކު ޖުމްލަ 30ޖީބީ ލިބޭނެއެވެ. އަދި 50 ޖީބީ ރިޗާޖު ކުރުމުން 75 ޖީބީ، 60ޖީބީ ރިޗާޖުކުރުމުން 90ޖީބީ، 120ޖީބީ ރިޗާޖު ކުރުމުން 180ޖީބީ، 180ޖީބީ ރިޗާޖު ކުރުމުން 270ޖީބީ އަދި 500ޖީބީ ރިޗާޖު ކުރުމުން 750ޖީބީ ލިބޭނެ ކަމަށް އުރީދޫއިން ބުނެފައި ވެއެވެ.

މި ޕެކޭޖުތައް އުރީދޫގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ރިޗާޖު ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ