އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއެރުން ލިބެނީ ނިޒާމަކުން ނޫން- ވެރިކަންކުރާ ބައެއްގެ ހިންގުންތެރިކަމާ އިޚްލާޞްތެރިކަމުން: ޤާސިމް

ކުރިއެރުން ލިބެނީ ނިޒާމަކުން ނޫން- ވެރިކަންކުރާ ބައެއްގެ ހިންގުންތެރިކަމާ އިޚްލާޞްތެރިކަމުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ޤައުމަށް ކުރިއެރުން ލިބެނީ އަދި ރައްޔިތުންނަސް އުފާފާގަތިކަމާ ތަނަވަސްކަން ލިބެނީ ވެރިކަންކުރާ ނިޒާމަކުން ނޫންކަމަށާއި ވެރިކަންކުރާ ބައެއްގެ ހިންގުންތެރިކަމާއި އިޚްލާޞްތެރިކަމުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީން އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތް "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެޕާޓީއަށް 500 އަށް ވުރެ ގިނަ މެމްބަރުން ގުޅުމުން އެމެންބަރުންގެ ފޯމްތައް ޙަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. 

އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކަށް ހަވާލުވުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެވަބާއިން އަރައިގަތުމަށް ރާއްޖެއިން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ގެންދާ މިދަތިދަނޑުވަޅުގައި، އަދި ރާއްޖޭގެ ރިޔާސީ ދައުރުގެ މެދުތެރެއިން ވެރިކަންކުރާނެ ނިޒާމެއްގެ މައްސލަ ނަގައި ކަންކަން ހަލަބޮލިކުރަން މަސައްކަތްކުރާ ސަބަބު އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައިވެސް ޖުމްހޫރީ ޕާޓީން ޙަރަކާތްތެރިވަމުން ގެންދާނީ ކުރިއެކޭވެސް އެއްފަދައިން ވަރަށް ކެތްތެރިކަމާއިއެކުގައި ކަމަށެވެ. 

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންވަރުގެ ބައަކު ނެތިގެން ބިންމަތީގައި ގުންފައި ޖަހަމުން ހިނގާނެ ބައަކު ނޫން" ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ދެރައަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަން ނުޖެހުން ކަމަށެވެ. ކިތަންމެ ކުޑަ އާބާދީއަކުން މެންބަރަކަށްވެފައިވެސް ބޮޑުވަޒީރަކަށް ވެވުން ކަމަށެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް މަޖިލިސް މެންބަރުންނަށް އޮތުމުން ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ މެންބަރުން ކޮތަންމެ ނުބައިކޮށް ކަންކަން ކުރިނަމަވެސް ޖަވާބުދާރީ ނުކުރެވުން ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގައި ޢާންމު މެންބަރެއްގެ ހައިޞިއްޔަތު ނޫން ޙައިޞިއްޔަތެއް ނެތްކަމަށާއި ޢާންމު މެންބަރުން ދައްކާ ވާހަކަތަކަށް ރިޔާސަތުން ސަމާލުކަން ނުދޭކަމަށެވެ. އެމްޑީޕީގެ 65 މެންބަރުން ތިބުމުން ބޭނުން ކޮންމެ ކަމެއްވެސް ފާސްކުރަމުން ގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކޮވިޑުގެ ޙާލަތުގައި ތަންކޮޅެއް ދުރުގައި ހުންނެވުމަށްފަހު މިހާރު ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. 

ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ ރިޔާސީ ނިޒާމްކަމަށް މިރޭވެސް ތަކުރާރުކުރެއްވެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް