އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯބައިލް ގޭމް ކުޅުމަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ އިން ތައާރަފުކޮށްފި

މޯބައިލް ގޭމް ކުޅުމަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ އިން ތައާރަފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

 

 

މޯބައިލް ގޭމް ކުޅުމަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ އިން ތައާރަފުކޮށްފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މި 25ރ. އަށް ފަށާ މި ޕެކޭޖުތަކާއެކު ކޯލް އޮފް ޑިއުޓީ އާއި މޯބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އަދި ގެރީނާ ފްރީ ފަޔާ ފަދަ ގޭމްތައް ކުޅެވޭނެ ކަމަށެވެ. 

ވީކްލީ ގޭމިން ޕެކުގެ ދަށުން ކޮންމެ ގޭމެއް ކުޅުމަށް ހަފުތާއަކަށް އެންމެ 25ރ. އަށް އެއް ޖީބީގެ ޑޭޓާ ލިބޭނެއެވެ. ކޮންމެ ގޭމަކަށް ވަކިން ޕެކޭޖު އެކްޓިވޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން މުޅި މަހަށް ހާއްސަ ޕެކޭޖެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. މި ޕެކޭޖުގެ ދަށުން 50ރ. އަށް 2 ޖީބީ ޑޭޓާ ލިބޭނެއެވެ. މި ޕެކޭޖުތައްވެސް އެކްޓިވޭޓް ކުރަން ޖެހޭނީ ވަކި ގޭމްތަކަށެވެ.

މި ޕެކޭޖުތަކަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން ނުވަތަ *929*5# ޑަޔަލް ކޮށްގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކީވޯޑް ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެންވެސް ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ