އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްރަހްމާން ސޫރަތުން ލިބޭ އަގުހުރި ފިލާވަޅުތައް‍‍ 1: ނޫމާން ޢަލީ ޚާން

އައްރަހްމާން ސޫރަތުން ލިބޭ އަގުހުރި ފިލާވަޅުތައް‍‍ 1: ނޫމާން ޢަލީ ޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 52 ސިކުންތު

އަޅުގަނޑަށް މިފުރުސަތު ލިބުނުކަމަށްޓަކައި ﷲޝުކުރުވެރިވަން އަދި އަޅުގަނޑުގެ އަމިއްލަ ނަފްސައްށާއި މިމަޖިލީހުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް ހަނދާންކޮށްދޭން ބޭނުންވަނީ އަހަރުމެން އެންމެންނީވެސް ހަމަ ﷲގެ އަޅުންކަން އަދި މިސަބަބައްޓަކައި އަހަރުމެން އެންމެންނީވެސް ހަމަހަމަބައެއްކަމެވެ. އަދި އަހަރުމެން އަބަދުވެސް ﷲގެ ދީނަށްބޭނުންވާނެކަމެވެ. އަހަރުމެން މިދީނުގައި ހިފެހެއްޓިއަސް ނުވަތަ މިދީން ދޫކޮށްދިޔަސް ﷲ ގެ ދީނަށް އަބަދުވެސް އެކަލާނގެ ނަސްރުދެއްވާނޭކަމެވެ. އަހަރުމެންގެ އަބަދުގެވެސް ދުއާއަކަށްވާންވާނީ އަހަރުމެންކުރާ އަޅުކަންތައް އެކަލާނގެ ހަޒްރަތުގައި ގަބޫލުފުޅުވެވިގެންވާ އަޅުކަންތަކެއްކަމުގައިވުން އަދިމިފަދަ މަޖިލީސްތަކުގައި ބައިވެރިވުމުން އަހަރުމެންނަށް ލިބޭބަރަކާތާއި ނަސްރުއިތުރުވެގެންދިއުން އަދި އަހަރުމެންގެ އާއިލާތަކަށްވެސް އެކަމުގެ ހެޔޮކަންލިބިގެންދިއުމެވެ.

މިރޭ އަޅުގަނޑު ވާހަކަދައްކައިލަން ބޭނުންވާ ސޫރަތަކީ އަޅުގަނޑުގެ ހިތާ ވަރަށް ގާތުގައިވާސޫރަތެކެވެ. އެއީ ސޫރަތު އައްރަހްމާންއެވެ. އަޅުގަނޑަށް ލިބިފައިވާ ވަގުތުގެ ކުޑަކަމަށްޓަކައި މުޅިސޫރަތުގައި ވާހައިކަމަކަށް އަލިއަޅުވައިނުލެވުނަސް ( އަޅުގަނޑުގެ މަސައްކަތާއި މެދު އަހުލުވެރި ބައިވެރިންނަށް އެނގޭނެ އާންމުކޮށް ހުތުބާޢެއްގައި ތަފްސީރުވެވި ފިލާވަޅުތައް އޮޅުންފިލުވައިދެވެނީ ސޫރަތެއްގެ އެންމެއާޔަތެއްކަން) ވުމާއެކު މިރޭގެ މަގުސަދަކީ މިސޫރަތް ތިއައެންމެ ބޭފުޅުންނަށް ތައާރުފްކޮށްދިނުމެވެ. އެންމެ ކުޑަމިނުން މިސޫރަތުގެ ފުރަތަމަ ދެތިންއާޔަތަކަށް ބަލައިލުން، މިއީ ވަރަށްއަސަރުގަދަ އާޔަތްތަކެއް އަދި އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ކޮންމެ މުސްލިމަކުމެ މިއާޔަތްތައް އަޑުއިވުމުން އޭގެއަސަރުނަގައިގަނެ މިސޫރަތާއި މިގޮތުން ގުޅުންމުހިއްމު،

މިއީ ވަރަށްކުރު،ފަސޭހަ އަދި އަބަދުކިޔަވާ،އަޑުއަހައި ސޫރަތެއް، އަދި އާޔަތްތަކެކެވެ. މިސޫރަތަށް މިރޭ ހާއްސަކޮށްލި ދެވަނަސަބަބަކީ މިއީ ހިތުދަސްކޮށްލަންވެސް ފަސޭހަ ސޫރަތަކަށްވެގެންދިއުމެވެ. ގުރުއާނާއި ބެހޭކަމެއް އިންސާނަކަށް ފަހުމުވެއްޖެނަމަ، އެންމެ ރަނގަޅުގޮތަކީ އެއެއްޗެއް ގެއްލިނުދާނެހެން އަބަދުވެސް ހަނދާނުގައި ބަހައްޓާން މަސައްކަތްކުރުން، މިކަންކުރަން އެންމެ ފަސޭހަވާނީ އެއުނގެނުނު އެއްޗަކާއި ގުޅުންހުރި އާޔަތްތައް ހިތުދަސްކުރުމެވެ. 

އެންމެފުރަތަމަ ބުނެދޭން ބޭނުންވާ ވާހަކައަކީ ފުރިހަމަ މުއާމަލާތެއްގައި ތިންކަމެއް އެކުލެވިގެންވާކަމެވެ. 

ފުރަތަމަކަމަކީ އެ މުއާމަލާތުގައި ހިމެނޭ އޮއްޓަރެވެ. ބުނަން އުޅޭ ނުވަތަ ބުނެދޭންއުޅޭ އެއްޗެވެ. އެބުނާ އެއްޗަކީ މާނައެއްހުރި ބުރަދަނެއްހުރި ޖުމުލަތަކެއްކަމުގައި ނުވަތަ ބަސްތަކެއްކަމުގައި ވާންޖެހޭނެއެވެ. އަނެކާއަށް ފައިދާކުރަނިވި ހައްގު ބަސްތަކެއްކަމުގައި ވާންވާނެއެވެ. އަހަރުމެން ކޮންމެ މީހަކުގެވެސް ރައްޓެހިންތިބެއެވެ. ނަމަވެސް ބައެއްފަހަރު އެމީހުން ދައްކަނީ ފައިދާއެއްނެތް ބޭކާރު ވާހަކަތަކެކެވެ. މީހަކާއިއެކު ފޯނެއްގައި އެތައްވަގުތެއް ހޭދަކުރާއިރު މާނައެއްހުރި ބުރަދަނެއްހުރި އެންމެއެއްޗެއް ނުބުނެ ހިނގައިދާނެއެވެ. އަދި އެހެން މިސާލެއް ތަންކޮޅެއްތިލަކޮށް ކިޔާދީފާނަމެވެ. ގޯސްކަމެއްކޮށްގެން ކަމާބެހޭ ވުޒާރާއަކަށްހާޒިރުކުރާ މީހަކުގާތު މިވެނި ކަމެއްކުރިންހެއްޔޭ އަހައިފިނަމަ ޖަވާބު އެންމެ ޖުމުލައަކުންވެސް ނިމޭނެނޫންތޯއެވެ. އޭނާ ބުނަންޖެހޭނީ އާއެކޭ ނުވަތަ ނޫނެކޭނޫންހެއްޔެވެ، އެކަމަކު އޭގެބަދަލުގައި އެމީހާ އޭނާގެޅަފަތުގެ ދައުރުގެ ވާހަކައާއި އޭނާގެ އާއިލާގެމީހުންގެ ވާހަކަދައްކަންފަށައިފިނަމަ،އެންމެ މިނެޓަކުން ޖަވާބުލިބެންވީ ސުވާލަކަށް 45މިނެޓު ހޭދަވާއިރުވެސް ޖަވާބެއް ނުލިބި ގޮސްފާނެއެވެ. އެވެގެންދަނީ އެމުޢާމަލާތައް ބޭކާރުވާހަކަތަކަކަށްނޫންހެއްޔެވެ؟ އަދި އެކަމާހުރެ އެތައްވަގުތެއް ބޭކާރުވެގެންގޮސް އޭނާގެ ތަހުގީގުގެ ގަޑިހަމަވާއިރުވެސް ބުރަދަނެއްހުރި މުޢާމަލާތެއް ކުރެވެފައިއެއްނޯވެއެވެ. އޭނާ އެބޭކާރުވާހަކަ ދެއްކުމުގެއުކުޅު ބޭނުންކޮށް އޭނާ ޖަވާބުދާރީ ވާންޖެހޭކަމަކުން އެރެކިގަތީއެވެ. ދަންނަންވީ ފުރިހަމަ ބުރަދަނެއްހުރި ވާހަކަތަކެއްނޫނީ ރަނގަޅު މުއާމަލާތެއް ފަށައިނުދޭނެކަމެވެ. 

ދެވަނަކަމަކީ ވަހަކަ ބުނާބުނުމުގެ ސްޓައިލްއެވެ. އަޑާއި،ރާގާއި އިހުސާސް ހުންނަގޮތެވެ. ވާހަކައިގައި ބުރަދަނެއް ހުއްޓެއްކަމަކު އެވާހަކަބުނާއިރު ހުންނަ އަޑާ،ރާގާއި އިހުސާސުން އެތައް ބަދަލެއްގެނުވާނެއެވެ. އެމީހާ އެވާހަކައެއް ބުނާބުނުން ހުންނަގޮތް ވަރަށް މުހިއްމެވެ. މިކަންތައް އަޅުގަނޑުގެ އަމިއްލަނަފްސަށް މިސާލުޖަހައިގެން ކިޔާނަމަ، އަޅުގަނޑުގެ ކޮންމެ ހުތުބާއަކުވެސް ބުރަދަން ހުންނާނެއެވެ. ސަބަބަކީ އެހުތުބާބިނާވަނީ ކޮންމެވެސް ހަދީސެއް ނުވަތަ އާޔަތްތަކެއްގެ މައްޗަށްކަމެވެ. ނަމަވެސް އަޅުގަނޑަށް އެދަރުހެއް ކިޔައިދެވޭގޮތަކުން އަޑުއަހަން ތިބޭ ކުދިން އެއްކޮށްފޫހިވެދާނެއެވެ. އަދި އޯޑިއަންސްގައި ތިބޭ ބައެއްމީހުން ނިދިއަންނަގޮތްވެ ނިދޭތަންވެސް އައިސްދާނެއެވެ. އެހެންކަމުން އޮއްޓަރުހުރިވާހަކައެއް ކިޔާދޭގޮތަކީ ކިހާމުހިއްމުކަމެއްތޯއެވެ. އަދި މިކަން ދިމާވަނީ ހަމައެކަމި އާންމު މަޖިލިސްތަކުގައިއެއްވެސް ނޫނެވެ. މިސާލަކަށް ގޭތެރޭގައި ފުރާވަރުގެ ކުދިން ތިބޭނަމަ އެއްފަހަރު ކާން އަންނަންގޮވުމުން އާދޭހެއްޔެވެ؟ ދެތިންފަހަރު ގޮވަންޖެހޭތަން އާދެއެވެ. އަދި ބައެއްފަހަރު އަޑުހަރުކޮށް ނުގޮވަނީސް ހަމަ އިންނަތަނުން ގުޑާލަންވެސް ބޭނުންނުވާނެއެވެ. ވަކި އުމުރުފުރާއެއްގެ ބަޔަކަށް ވަކި ސްޓައިލެއްއެބަބޭނުންކުރަންޖެހޭ ނޫންހެއްޔެވެ. ހަމަމިފަދައިން ބައެއް ހާލަތުގައިވެސް ތަފާތުގޮތްގޮތައް ކަންކަން ބުނެދޭންޖެހެއެވެ. ފުރާވަރުކުދިންނަކީ ވަރަށް ރުންކުރުވެސް ބައެއްނޫންތޯއެވެ. މިސާލަކަށް އެމީހުނަށް ކުޑަކަމެއް ދިމާވިކަމުގައި ވީނަމަވެސް ވަރަށްއަވަހަށް ރުޅިއައިސް އަތް އިސްކުރެވޭތަންފެނެއެވެ. އެހާލަތުގައި އޭނާހިފަހައްޓަން އުޅޭއިރު އެންމެފަހަރަކު އޭނާކައިރި ހުއްޓަންބުނެގެން ނުހުއްޓާނޫންހެއްޔެވެ. ތަކުރާރުކޮށް ހުއްޓަން ހަނދާންކޮށްދީ އެހާލަތުން ދުރުކުރުވަން މަސައްކަތް ކުރުންޖެހެއެވެ. މަސައްކަތުން ނިމިގެން ގެއަށް އަންނަ ވަގުތު އަނބިމީހާ ކައްކާފައި ހުންނަ އެއްޗެއްގެ ލޮނުމަޑު ވާހަކަވެސް ދެގޮތަކަށް ބުނެވޭނެ ނޫންހެއްޔެވެ. އެއްގޮތަކީ އޭނާއަށް ތައުރީފުކޮށް އަދި ކުރިމަސައްކަތުގެ އަގުވަޒަންކުރާކަމަށް އޭނާއަށް ބުނެދީ ލޮނުކޮޅެއް އިތުރުކޮށްލަން ބުނުމެވެ. އަނެއްގޮތަކީ އޭނާއަށް ހިތްދަތިކަމެއްލިބޭނެފަދަ ގޮތަކަށް އެވާހަކަގޮވާލުމެވެ. 

ތިންވަނަކަމަކީ ބުނަން ބޭނުންވާވާހަކައެއް ނިސްބަތްވާފަރާތްތަކަކަށް ނުވަތަ ފަރާތަކަށްބިނާކޮށް ބަސްތައްބުނުމަށް އަތުރަންޖެހޭގޮތެވެ.ތިބާގެ ބަސްތައް ހުންނަންވާނީ ތިބާވާހަކަދައްކާ އޯޑިއަންސްއަކާއި ގުޅޭގޮތަށެވެ. ވާހަކަތިދައްކަނީ ކާކާކަން ތިބާއަށް އިނގެންޖެހޭނެއެވެ. ދެމީހަކު ގާތުގައި އެކައްޗެއްބުނިކަމުގައިވިއަސް ދެމީހަކު ގާތުބުނާބުނުން ތަފާތުވާނެއެވެ. މިސާލަކަށް ތިބާގެ ބައްޕަގެ ގާތުގައި ބޭރަށްދާން ހިނގާށޭ ބުނާގޮތާއި ތިބާގެ ތުއްތު ދަރިފުޅުގާތުގައި ބޭރަށްދާންބުނާގޮތް ތަފާތުވާނެނޫންތޯއެވެ. ދެފަރާތައްވެސް އެބުނަނީ އެކައްޗެއްނަމަވެސް އެބުނާގޮތް ތަފާތުނޫންތޯއެވެ. ކުލާހެއްގެ ތެރޭގައިވެސް މުދައްރިސުން އެކިކުދިންނާއި ވާހަކަދައްކާނީ އެކިގޮތައްށެވެ. ބައެއްކުދިންނަކީ ހުޝިޔާރު، ފަސޭހައިން ބުނާއެއްޗެއް ނަގައިގަންނަކުދިންނެވެ. އަނެއްބައިކުދިންނަކީ ހުނަރުވެރި ކުދިންނެއްކަމަކު އަޑުއަހަން ތިބެން އުނދަގުކުދިންނެވެ. މިކަހަލަ ކުދިންނަށް އަދި ބުނެދިނުމަށް އެހެންކަހަލަ އުކުޅުތަކެއްބޭނުންކުރަން ޖެހެއެވެ. ވީމާ މިތިން ކަންތަކާއިމެދު ތިބާ ހޭލުންތެރިވެ ވާހަކަދައްކާނަމަ، ތިބާއަށް ކޮންމެތާކު ކޮންމެބަޔަކާވެސް ފަސޭހައިން ވާހަކަދައްކާލެވި ރަނގަޅު މުއާމަލާތެއްކުރެވެގެންދާނެއެވެ. 

އަޅުގަނޑު މިތަޢާރުފްގައި މުވާސަލާތުގެ ވާހަކަ މިކިޔައިދިނީ ކީއްވެގެންހެއްޔެވެ؟ ކުރިޔައް މިހިނގާ ތިންވަރަކަށް މިނެޓްތެރޭގައި އެއީ ކީއްވެގެންކަން ތިޔަ ބައިވެރިންނަށް ކިޔާދޭނަމެވެ. ގުރުޢާން، ﷲގެފޮތް، ﷲގެބަސްމަގު މިއީ އެންމެފުރިހަމަ މުވާސަލާތު އިނގޭތޯ،މިއަށްވުރެ މޮޅަށް މުވާސަލާތުކުރެވޭ އެހެން އެއްވެސްފަރާތެއްނުވާނެއެވެ. އަހަރުމެން ވާހަކަދައްކަމު ނަމަވެސް އެހުރިހައި ވާހަކައެއް ނުވަތަ ބަހެއް އަހަރުމެންނަށް ދަސްކޮށްދެއްވީ މާތް ﷲއެވެ. އަހަރުމެންގެ މުދައްރިސަކީ ﷲއެވެ. މިދުނިޔޭގައި އެއްވެސް އިންސާނަކަށް ﷲ އުނގަންނައިދެއްވި ބަހަކުންމެނުވީ މުވާސަލާތުނުކުރެވޭނެއެވެ. މިސަބަބައްޓަކައި ﷲގެ ވަޙީއާއި ގާތަށްވެސް އަހަރުމެންގެ މުވާސަލާތު އަޅާނުކިޔޭނެއެވެ. އެބަހީ އެންމެ ފުރިހަމަ އޮއްޓަރެއް،ބުނުމުގައި އޮންނަ ފަށުވިކަމެއް އަދި ވާހަކަދެކެވެނީ ކޮންބަޔަކާކަން އެނގިގެން ބުނެފައިހުންނަބުނުން އެންމެފުރިހަމަ ވާނީ ﷲގެބަސްމޮށުންތެރިކަމުގައި ނޫންހެއްޔެވެ! ގުރުއާނުގައިވާ ކޮންމެ ސޫރަތެއް އަދި ބައެއްފަހަރަށް ބައެއް ޕެރެގްރާފްތައްވެސް ހުންނަނީ ވަކިބަޔަކަށް ހާއްސަކޮށްށެވެ.މިގޮތުން  ﷲ ތައާލާ އެކި އޯޑިއަންސްތަކާއި ބަސްވަޙީ ކުރައްވައިފައިވަނީ ތަފާތުގޮތްގޮތަށެވެ. އެއޯޑިއަންސްއަކާއި ގުޅޭގޮތަށެވެ. ކްރިސްޓައަނުންނާއި މުޙާތަބުކުރައްވައިގޮތާއި ޔަހޫދީންނާއި މުޙާތަބުކުރެއްވިގޮތް ތަފާތެވެ.  ސީރަތުގެ ފުރަތަމައަހަރު މުޝްރިކުންނާއި މުޙާތަބުކުރެއްވިގޮތާއި ދިހަވަނައަހަރު މުޙާތަބުކުރެއްވިގޮތުގައި ފަރަގުތަކެއްވެއެވެ. ސަބަބަކީ އޯޑިއަންސްބަދަލުވާކަމެވެ. ރަސޫލުލޯހް އަރިހަށް ޒިޔާރަތްކުރައްވާ ބޭކަލުންނަށް އަނގައިދިނުމަށް ބަސްވަޙީކުރައްވަމުންގެންދަވާއިރު، އެއްވާހަކައެއް ވަހީކުރައްވަނީ އެކިގޮތްގޮތައް އެމީހަކަށްނުވަތަ ބަޔަކަށް އެކަށީގެންވާގޮތަށެވެ. ރަސޫލުލޯހިއަށް ތައުހީދު ތިމަންރަސްކަލާނގެ އުނގަންނަވައިދެއްވައިފީމުއޭ އެތަނުން ސޫރަތަކުން އެބޭކަލުންނަށް ޖަވާބު އަރުވާށޭ ވަހީނުކުރައްވައިއެވެ. އެބޭބޭކަލުންނަށް ހާއްސަކޮށް ބަސްވަހީކުރައްވައި އާޔަތްތައް ބާއްވައިލެއްވެވިއެވެ. ވީމާ މިއަދު އަލް ރަހްމާނު ސޫރަތުގެ ވާހަކަ އަހަރުމެން ދައްކާއިރު އެސޫރަތުގައިވާ އޮއްޓަރުހުރި ބައިތަކަށް ސަމާލުކަންދޭންޖެހެއެވެ. އެކަންކުރެވޭނީ އެސޫރަތުގެ ސްޓައިލްވެސް އެނގިގެންނެވެ. އޭގައިވާވާހަކަތައް ބުނެފައިވާގޮތެވެ. އަދި އެއީ ކޮން އޯޑިއަންސްއަކަށް ބާއްވައިލެއްވިގެން ދިޔަ ސޫރަތެއްކަންވެސް އެނގެންޖެހޭނެއެވެ. ﷲ ތައާލާ މިސޫރަތުގައި އެބަސްވަހީކުރެއްވީ ކޮންބަޔަކަށްތޯއެވެ.

އަދި ނުނިމޭ 

-- ނޯމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް