އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާއަށް ވައްކަމުގެ ތުހުމަތު ކުރުމަކީ ފުލުހުން އިސްނަގައިގެން މައްސަލަ ބަލަންޖެހޭނެ ކަމެއް!

ރައީސުލްޖުމްހޫރިއްޔާއަށް ވައްކަމުގެ ތުހުމަތު ކުރުމަކީ ފުލުހުން އިސްނަގައިގެން މައްސަލަ ބަލަންޖެހޭނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ރައީސުލްޖުމްހޫރިއްޔާއަށް ވައްކަމުގެ ތުހުމަތު ކުރުމަކީ ފުލުހުން އިސްނަގައިގެން މައްސަލަ ބަލަންޖެހޭނެ ކަމެއްކަމަށް ބުނެ ގިނަބައަކު ގެންދަނީ ރޭ ޢަލީ ވަޙީދު ދެއްކި ކަޅު ފޮށީގެ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

"ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް ތުހުމަތުތަކަށް އިންކާރުކުރައްވާފަ. ވީމާ ޙަޤީޤަތް ހޯދުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއް. ޢަލީ ވަޙީދުގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްނަމަ ޤާނޫނުގައިވާ ގޮތަށް އަދަބު ދެވެންޖެހޭނެ. ރައީސުލްޖުމްހޫރިއްޔާގެ ޢަބުރު ކަތިލަން ދޫކޮށްލެވިގެން ނުވާނެ. ވީމާ މިއީ ފުލުހުން އަމިއްލައަށް އިސްނަގައިގެން ބަލައި ފިޔަވަޅުއަޅަންޖެހޭނެ މައްސަލައެއް." 

މިގޮތުން ކަންބޮޑުވުން ފައުޅުކުރާ ބައެއް މީހުން ބުނަނީ ކޮންމެ ކަމެއް އެމްއެމްޕީއާރުސީން ވަގަށް ނަގާފައިވާ ނުވަތަ ޚިޔާނާތްތެރިވެފައިވާ ފައިސާތަކުގެ މައްސަލަ އާއި އެއްގޮތަށް ދޫކޮށްލާހައި ދުވަހަކު ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ނުހުއްޓޭނެ ކަމަށެވެ. އަދި އަދި ސިޔާސީ މީހުން ބޭނުންވާހައި ތުހުމަތުތަކެއްކޮށް މީޑިއާތަކުގެ ކުރިމަތީގައި އަބުރުކަތިލަން ދޫކޮށްލައިގެންވެސް ނުވާނެ ކަމަށެވެ. 

"ކަޅުފޮށި އުފުލުން ޢާންމުގޮތެއްގައި މާނަކުރަނީ ވަގު ފައިސާ ނުވަތަ ޤައުމުގެ ސިއްރު މައުލޫމާތު އުފުލުމަށް. މިއީވެސް ވަރަށް ބޮޑު ދެ ޖަރީމާ." ކަމަށް މައުލޫމާތުދިން ބުނެއެވެ. 

"މަޖިލީހުން ކުޅޭ ޑްރާމާތަކާއި އެއްގޮތަށް ދޫކޮށްލާހައި ދުވަހަކު ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ނުހުއްޓޭނެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އެފައިސާ އެތައް ސަތޭކަބައަކަށް ލިބިފައިވާ ކަމުގެ ވާހަކަ މަޖިލީހުގައި އެތައް ފަހަރަކު ދައްކައިފި. އަދިވެސް އެބުނާބައަކަށް ދައުވާ ނުކުރެވޭތަނުގައި އެންމެ ކުޑަމިނުން ލިސްޓުގެ ފުރިހަމަ މައުލުމާތުވެސް ޢާންމެއް ނުކުރޭ. ދެން އޮތީ މަޖިލީހުން ކުޅޭ ޑްރާމާތައް. މިހާރުގެ މަޖިލިސް އިންތިޚާބުވެގެން ފުރަތަމަ ކަމަކަށް އޮތީ 2، 3 މަސްދުވަސްވަންދެން ކުންފުނިތަކުގެ ވެރިން މަޖިލީހަށް ޙާޒިރުކޮށް ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ވައްކަންކޮށްފައިވާ ކަމުގެ ވާހަކަ ދެއްކުން. އެކަންކަން ބަލައި ޝަރީއަތަށް ފޮނުވާނެކަމާ ވާނުވާ ބަލާނެކަމަށް ބުނެ ޑްރާމާ ކުޅުނު. އެއީ ކުޅުނު ޑްރާމާތަކެއްކަމަށް ބުނަން މިޖެހެނީ އެމައްސަލަތައް ޝަރީޢަތަށް ފޮނުވައި ޝަރީޢަތްކުރާކަން މަޖިލީހުން ނުބަލާތީ. މިހާރު ހިއެއް ނުވޭ އެކަންކަން އެމީހުން ހަނދާންހުރިހެނެއްވެސް. ސަރުކާރުން އަދަބުދެން ބޭނުންވާ 2، 3 މީހުންގެ ކަންކަން ބަލައި ފިޔަވަޅު އެޅާއިރު ކޮބއިތޯ ދެން ހުރި މައްސަލަތައް؟" ކަންބޮޑުވާ ބައެއް މީހުން ސުވާލުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް