އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ރަތަފަންދޫ ތައާރަފްކޮށްފި

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ރަތަފަންދޫ ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ދިރާގުން ފޯރުކޮށްދާ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ދިރާގުން ގދ. ރަތަފަންދޫ އަށް މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ އަދި  ވަކިން ޚާއްސަކޮށް އިންޓަނެޓް އަސާސީ ޙިދުމަތަކަށް ވެފައިވައި ދުވަސްވަރެއްގައިއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕޯރޓްފޯލިއޯ ގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެންދާނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ލިބިގެންދާނެއެވެ. 

ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދެނީ ހައިސްޕީޑް އަދި ފެންވަރު ރަނގަޅު ކަނެކްޓިވިޓީ ރައްޖޭގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ. މިއީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމއިނުޓީތައް ބިނާކޮށް، ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ކަމެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.

ދިރާގުން ބުނެފައިވަނީ އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުން ކަމަށާއި މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު