އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަމަލުތަކުން މިފެންނަނީ ރާއްޖޭގައި އޮތީ އަބޫޖަހުލުގެ ޑިމޮކްރސީކަން-

ޢަމަލުތަކުން މިފެންނަނީ ރާއްޖޭގައި އޮތީ އަބޫޖަހުލުގެ ޑިމޮކްރސީކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ސިޔަރަތުން އެނގެން އޮތް ގޮތުގައި މައްކާއަށް ވިޔާފާރިކުރަންދާ ވިޔާފާރި ގާފިލާތަކުން ގެންދާ މުދައު އަބޫޖަހުލު ހޯދައިފިނަމަ އެއްޗެތީގެ އަގު ލިޞެނީ އަބޫޖަހުލު ދިން ދުވަހަކުންނެވެ. އަދި ދީފިނަމައެވެ. އެހެން ޤަބީލާއެއްގެ ވެރިއަކަށް އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. އަބޫޖަހުލު ދިން ދުވަހަކުން އަބޫޖަހުލު ދިން މިންވަރެއް އެއީ ހަމަ ރަނގަޅު މިންވަރެވެ. 

މިގޮތުން ޙާލުގައި ޖެހުނު ޤާފިލާއަކުން ރަސޫލް ﷺ ގެ އަރިއަހަށް ދިއަކަމާއި ދެން ކަންކަންވެގެންދިއަ ގޮތް ސިޔަރަތުގައި ކިޔައެވެ. 

ރާއްޖޭގައި މިހާރު މިއޮތް ޑިމޮކްރަސީގައިވެސް ކަންކަން ވަމުން ދަނީ ހަމަ އެފަދަ ގޮތަކަށެވެ. އަޑުގަދަ މީހުން މުވައްޒިފުންނަށް މުސާރަނުދީ އަހަރުތައް ފާއިތުވަނީއެވެ. ކުލި ނުދައްކާ އަހަރުތައް ފާއިތުވަނީއެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަހަރުތައް ފާއިތުވަނީއެވެ. ވަންވޭ މަގުތަކުން އިދިކޮޅަށް ދުއްވާފައި ގޮސް އެހެން މީހުންގެ ވެހިކަލްތަކަށް ގެއްލުން ދިން ނަމަވެސް ކުރެވޭ ކަމެއް ނެތެވެ. 

ރައްޔިތުންގެ ޙައްޤު ހޯދައި ދިނުމުގެ ޤާބިލުކަމެއް، އަދި ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ ކުޅަދާނަކަމެއްވެސް ދައުލަތަކު ނެތެވެ. އެޅޭނެ ފިޔަވަޅެއްވެސް އޮންނަ ކަމަކަށް ނުވެއެވެ. އަދި ރައްޔިތުން އެމީހުންގެ ޙައްޤު ހޯދަން ނުކުތުމުން ކުށްވެރިވަނީ އެމީހުންނެވެ. ޙައްޤުތައް ނުދީ ހިފަހައްޓައިގެން ހުންނަ މީހާއަށް ޙިމާޔަތާއި ރައްކައުތެރިކަމެވެ. 

ވީމާ ޑިމޮކްރސީގެ ތެރެއިން ރާއްޖޭގައި އަމަލުކުރާ ޑިމޮކްރަސީ މިއޮތީ ފެނިހާމަވާށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު