އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ޒުވާން ލޯބިވެރިޔާއަށް ޚަރަދުކޮށް ދަރަނިން ސަލާމަތް ނުވުމުން މަރުވެފަ ދިރުނު ފިރިއެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ޙަޤީޤީ ޙާދިސާ: ޒުވާން ލޯބިވެރިޔާއަށް ޚަރަދުކޮށް ދަރަނިން ސަލާމަތް ނުވުމުން މަރުވެފަ ދިރުނު ފިރިއެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

އަޅުގަނޑުގެ ފިރިމީހާ ކުޑަ ފިހާރައެއް ހުޅުވިއެވެ. އަޅުގަނޑުގެ ނަންމަތީގައެވެ. އެ ވިޔަފާރި ކުރިއަރަމުން އައިސް ކުންފުންޏަކަށްވިއެވެ. މުދާ އެތެރެކޮށް ހޯލްށޭލްކޮށް ވިއްކައިގެން ލިބޭ ނަފާ އިތުރުވިއެވެ. 

ކުއްލިއަކަށް އެނގުނީ ފިރިމީހާ ކުންފުނީގެ މުވައްޒިފަކާ ހިތާވެގެން އުޅޭކަމެވެ. ވިސްނީ އަރާނެ ހިސާބަކަށް އަރަންދެން ބަލަން ހުންނާށެވެ! އެހެން ހުއްޓައި ލޯނުތައް ނުދައްކާތީ ބޭންކުން ގުޅަން ފަށައިފިއެވެ. މައި ހިއްޞާދާރަކީ އަޅުގަނޑުގެ ގޮތުގައި ރަޖިސްޓްރީކޮށްފައި އޮތުމުންނެވެ. ފިރިމީހާ ބުނީ އެގޮތަށް އެކަންކުރީ އޭނާއަކީ ސަރުކާރުގެ އިސް ވަޒީފާއެއްގައިވެސް އުޅޭ މީހަކަށްވާތީ ކަމަށެވެ. 

އެންމެފަހުން ކެތް ނުކުރެވިގެން ކުންފުނި އޮޑިޓްކުރިއިރު 12 މިލިއަން ރުފިޔާގެ ބޮޑުދަރަންޏެއް އޮތެވެ. ކުންފުނި އޮޑިޓްކުރަން ފެށި ދުވަހުގެ ރޭ ބުނެވެސް ނުލައި ފިރިމީހާ ފުރައިފިއެވެ. ހަފްތާއެއްހައި ދުވަސްފަހުން ލިބުނީ އެކްސިޑެންޓެއްވެފައި މަރުވި ޚަބަރެވެ. 

އޮޑިޓަރުން ކުރި މަސައްކަތުން އެނގުނީ ގިނަ އަދަދެއްގެ ފައިސާ ފިރިމީހާގެ ލޯބިވެރިޔާއަށް ޚަރަދުކޮށްފައިވާ ކަމެވެ. އަދި ފުރައިގެން ދިއައީވެސް ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެންކަމެވެ. ނަމަވެސް އަޅައިލަން ކުރެވޭނެ ކަމެއް ވެސް ނެތެވެ. ފިރިމީހާ މަރުވުމުން ސުވާލެއްވެސް ނުކުރެވޭނެތީއެވެ. 

3 `ފުނީގެ މަސައްކަތް ބަލަހައްޓަންފެށީމެވެ. ފުރަތަމަކަމެއްގެ ގޮތުން ކަންކަން މެދުވެރިވިގޮތް ވަރަށް ސާފުކޮށް ބޭންކަށާއި ދަރާއޮތް ބޭރުގެ ކުންފުނިތަކަށް ކިޔައިދިނީމެވެ. ސަޕްލަޔަރުން ވަރަށް ރަނގަޅެވެ. 2 ކުންފުންޏަކުން ދަރަނި މާފުކުރިއެވެ. އަނެއް 2 ކުންފުނިން ދަރަނި އަދާކުރުން ލަސްކޮށްދިނެވެ. ނަތީޖާއެއްގެ ގޮތުން ބޭންކުގެ ދަރަނި ފިލުވައިލެވި އެކަމުން ސަލާމަތްވެވުނެވެ. 

ފިރިމީހާ މަރުވިތާ 2 ވަނަ އަހަރު އިތުރު ކައިވެންޏެއް ކުރީމެވެ. އެކައިވެނީގައި ލިބުނު ދަރިފުޅު ގޮވައިގެން ގޯތިތެރޭގައި ހުއްޓާ ފެނުނީ ކުރީގެ ފިރިމީހާއައިސް ވަންތަނެވެ. ލަގެޖެއްވެސް ހިފައިގެންނެވެ. ފެނުމުން ފުރަތަމަ ގަތީ ބިރެވެ. ހީކުރީ ޖިންނިއެއް ކަމަށެވެ. ބިރުން ހަޅޭލަވައިގަނެވުނުތަނާ ފިރިމީހާ ގޭތެރެއިން ނުކުތުމުން ހިތްހަމަޖެހުމެއް ލިބުނެވެ. 

ޙަޤީޤަތަކީ ގެންދިއަ ފައިސާ ހުސްވެ އެތައް ބައަކަށް ދަރަނިވެރިވުމުން އިންޑިއާގައިވެސް ނުހުރެވިގެން އެނބުރި އައީއެވެ. ބަހަނާތައް ދައްކަން ފުރުޞަތެއް ނުދެމެވެ. ގެއަކަށް ނުވައްދަމެވެ. ލޯބިވެރިޔާ ގާތަށްވިޔަސް ދާން ބޭނުން ތަނަކަށްދާން ބޭރުކޮށްލީއެވެ. 

ފަހުން ދުވަހަކު އައިސް ބުނީ ކުންފުނީގައި އޭނާގެ ހިއްޞާ އޮންނާނެކަމަށެވެ. ޖަވާބުގައި ބުނީމެވެ. އެކުންފުނިން ތިބާގެ ލޯބިވެރިޔާއަށް ކުރި ޚަރަދުން ދަރަނިވެރިވެފައި އޮތުމުން އެދަރަނިވެސް އަދާކުރުމަށްފަހު އެކުންފުނި ވާނީ އުވާލާފައި ކަމަށެވެ. ވީމާ އެކުންފުނީގެ ފައިދާ ބަހަން ދަރަނި ހިފައިގެން އައުމަށެވެ. 

ވަރަށް ނުބައި ބަސްތައް ބުނެފައި ބަދަލުހިފާނެކަމަށް ބުނެފައި ނުކުމެގެން ދިއަ ގޮތަކަށް އަދި ލޮލަކުން ނުދެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން އޮތީ މިބާވަތުގެ ކަންކަން ކުރާ ފިރިން ވަރަށް ގިނައެވެ. ނަމަވެސް މިގޮތަށް މަރުވެފައި ދިރުނު ފިރިން ވަރަށް މަދުވާނެއެވެ. އަތަށް ފައިސާކޮޅެއް އަރާއިރަށް ޒުވާން ލޯބިވެރިން ގަނެލައިގެން ގެންގުޅޭ ފިރިންނަށް ހަމްދަރުދީވެގެން ތިބެވޭކަށް ނެތެވެ. ހޭލުންތެރިވާން އެބަ ޖެހެއެވެ. 

- ޚަދީޖާ ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް