އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމުގެ ތަރައްޤީއަށް އެންމެ މުހިންމުކަމަކީ މީހުން ބިނާކުރުން: ޤާސިމް އިބްރާހީމް

ޤައުމުގެ ތަރައްޤީއަށް އެންމެ މުހިންމުކަމަކީ މީހުން ބިނާކުރުން: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ޤައުމުގެ ތަރައްޤިއަށް އެންމެ މުހިންމު އެއްކަމަކީ ތަފާތު ފަންނުތަކުގައި ޚިދުމަތްކުރާނެ މީހުން ބިނާކުރުންކަން، ރާއްޖެއަށް ބޭނުންވާ މީހުން ތަފާތު ފަންނުތަކުން ބިނާކުރަން އެންމެ ބޮޑު ހޭދައެއް އަމިއްލަފުޅެއް ކުރައްވާފައިވާ ޚިދުމަތްތެރިޔާ ވިލާ ކޮލެޖުގެ ބާނީ ޤާސިމް އިބްރާހީމް ފާހަގަކުރައްވައިފިއެވެ. 

މިރޭ ބޭއްވި ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރި ދަރިވަރުންގެ 2021 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެތައް ހާސް ދިވެހި ދަރިވަރުންނަށް އަމިއްލަފުޅު ޚަރަދުގައި މަތީ ތައުލީމް ޙާޞިލްކޮށްދެއްވަވާފައިވާ ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި، އެކަމުގެ ނަތީޖާ މިއަދު ފެނިގެންދާ ކަމަށެވެ. 

"ހަޟާނަތްތައް ބިނާވެ، ތަފާތު އީޖާދުތައް މިއަދު ފެންނަމުންދާކަމީ މީހުން ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓްތަކުގެ ހެޔޮ އަސަރާއި ފޮނި ނަތީޖާ. މުއައްސަސާތައް ކުރިއަރުވައި، ވިޔަފާރިން ލިބޭ ނަފާ އިތުރު ކުރުމަށާއި، ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެކި ފަންނުތަކުން އިލްމު ހާސިލްކޮށްފައިވާ ފަންނުވެރީންގެ ދައުރު ވަރަށް މުހިންމު." 

ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށް ދެއްވެވުމަށް ޤާސިމް އިބްރާހީމް ފެށްޓެވި ވިލާކޮލެޖަށް 14 އަހަރު ފުރިގެން ދާއިރު، ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކަށް ފެތޭގޮތަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނާއެކު، ތަފާތު 8 ދާއިރާއަކުން 117 ޕްރޮގްރާމެއް އުފައްދައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފުރުސަތު އެ މުއައްސަސާއިން ފަހިކޮށްދީފައިވާކަން އެމަނިކުފާނު ވނީ ފާހަގަކުރައްވައިފައެވެ. 

 

"ވިލާކޮލެޖުން މީހުން ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތުން، މިހާތަނަށް 13،500 އަށް ވުރެ ގިނަ ދަރިވަރުން އެ ކޮލެޖުން ތައުލީމު ހާސިލްކޮށް ދަސްވެނިމިފައިވާކަމީ ލިބޭ ހިތްހަމަޖެހުމެއް "

ޤާސިމް އިބްރާހީމް ވިދާޅުވީ ތައުލީމީ، ސިއްހީ، ވިޔަފާރި، ޝަރީއަ އެންޑް ލޯ، ކޮމްޕިއުޓަރ ސައިންސް، ޓުއްރިޒަމް، އިންޖިނިއަރިންގ ފަދަ ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ވިލާ ކޮލެޖުން ތަނަވަސްކޮށްދީފައިކަމަށެވެ.  

 

"ރާއްޖެއާއި ޔޫ.އެން އާއި އެފަދަ ބައިނަލްއަގްވާމީ އެކި އެކި ދާއިރާތަކަށް ވިލާ ކޮލެޖުގެ އިލްމީ ދިރާސާތައް ކޮށްދީފައިވޭ. ބައިނަލްއަގްވާމީ ކޮންފަރެންސްތައް އިންތިޒާމްކޮށް ހިންގަވާ އިލްމީ ޖާނަލްތައް ޝާއިއުކުރައްވާފައިވޭ. މިފާހަގަކޮށްލީ ވިލާ ކޮލެޖުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ކުޑަ މިންވަރެއް. ތަހުޒީބު މުޖުތަމައު އަކާއި، އުފާފާގަތި އާއިލާތަކެއް ބިނާކުރުމަށާއި، މުއައްސަސާތަކާއި ވިޔަފާރިތައް ކުރިއަރުވަން އެދޭނަމަ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް އަޅުގަނޑުމެން ބޭނުންވާނަމަ، އިތުރުކުރަންވީ މީހުން ބިނާކުރުމަށް ކުރާ ހޭދަ."

 

އެމަނިކުފާނު ވިދާޅުވީ މީހުން ބިނާކުރުމަށް، ބައެއް ކުންފުނިތަކުންނާއި، ދިވެހި ސަރުކާރުން މަތީ ތައުލީމާއި ތަމްރީނަށް ކުރައްވާ ހޭދަ އިތުރުވަމުން ދިއުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެމަނިކުފާނުވަނީ ކިޔެވުމަކީ ހަޔާތުގެ ކޮންމެ ދުވަހެއްގެ ބައަކަށް ހެދުމަށް ޢާންމުކޮށް އެންމެންނަށް އިލްތިމާސް ކުރައްވާފައެވެ.

 

ވިލާ ކޮލެޖަކީ ބޭރުގެ އެންމެ ފެންވަރުމަތީ ޔުނިވަރސިޓީތަކާއި ގުޅިގެން އެންމެ ހެޔޮ އަގުގައި މަތީ ތަޢްލީމް ޙާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކޮލެޖެވެ. ނަމަކަށް ވިލާ ކޮލެޖް ކީނަމަވެސް ވިލާ ކޮލެޖަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ޔުނިވަރސިޓީ ތައުލީމް ދެމުން އަންނަ މުއައްސަސާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް