އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް ބަލިވެ އިނދެ މައިން ގިނައިން ޤުރްއާން ކިޔެވުމުގެ ފައިދާބޮޑު! ޢަބްދުއްރަހްމާން ފާރިޙް- ޢުމުރުން 3 އަހަރުގަ ޤުރްއާން ހިތުދަސް ޙާފިޡެއް!

ދަރިންނަށް ބަލިވެ އިނދެ މައިން ގިނައިން ޤުރްއާން ކިޔެވުމުގެ ފައިދާބޮޑު! ޢަބްދުއްރަހްމާން ފާރިޙް- ޢުމުރުން 3 އަހަރުގަ ޤުރްއާން ހިތުދަސް ޙާފިޡެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

އަލްޖީރިއާއަށް ނިޞްބަތްވާ ޢަބްދުއްރަހްމާން ފާރިޙް އަކީ ޢުމުރުން 3 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސް ޙާފިޡެކެވެ. އޭނާ ޙާފިޡަކަށްވީ 2014 ވަނަ އަހަރުއެވެ. ވީމާ މިހާރު އޭނާގެ ޢުމުރަކީ 11 އަހަރެވެ. އޭނާ ޙާފިޡަކަށްވިއިރު އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ހަގު ޙާފިޡްއެވެ. 

ޢަބްދުއްރަހްމާން ފާރިޙް ޤްރްއާން ހިތުދަސްކުރަން ފަށާފައިވަނީ ޢުމުރުން އެންމެ 2 އަހަރުގައެވެ. މުޅި ޚަތިމް ހިތުދަސްކުރަން ނެގީ އެންމެ 1 އަހަރު ދުވަހެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުއްރަހްމާން ފާރިޙް އެންމެ ފުރަތަމަ ހިތުދަސްކުރި ސޫރަތަކީ ކަހްފި ސޫރަތެވެ. އަދި އޭނާގެ މަންމަ ބުނެފައިވަނީ ދަރިފުޅަށް ބަލިވެ އިނދެ ވަރަށް ގިނައިން އެސޫރަތް ކިޔެވިން ކަމަށެވެ. 

ޢަބްދުއްރަހްމާން ފާރިޙް އަކީ ހިތުދަސްކުރުމުގަ ތޫނުފިލި ކުއްޖެއްކަން ފާހަގަކޮށް އަދި އޭނާގެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ބައެއް ޤާރީން ވަނީ ޢަބްދުއްރަހްމާން ފާރިޙްއަށް ޝަރަފުގެ ސާލު އަރުވައިފައެވެ. އެއިގެ ތެރޭގައި މަސްޖިދުލް އަގްސާގެ ޤާރީވެސް ހިމެނިވަޑައިގަންނަވައެވެ. 

ގުޅުންހުރި ލިޔުމެއް: 

https://iqna.ir/fa/news/1384655/%DA%A9%D9%88%D8%AF%DA%A9-%D8%B3%D9%87-%D8%B3%D8%A7%D9%84%D9%87-%D8%A7%D9%84%D8%AC%D8%B2%D8%A7%DB%8C%D8%B1%DB%8C-%D8%AE%D8%B1%D8%AF%D8%B3%D8%A7%D9%84%E2%80%8C%D8%AA%D8%B1%DB%8C%D9%86-%D8%AD%D8%A7%D9%81%D8%B8-%DA%A9%D9%84-%D9%82%D8%B1%D8%A2%D9%86-%D8%AF%D8%B1-%D8%AC%D9%87%D8%A7%D9%86-%D8%A7%D8%B3%D9%84%D8%A7%D9%85

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް