އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްކުޅި ޢުމުރަށް ދިޔުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫން!

މުސްކުޅި ޢުމުރަށް ދިޔުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

މަންމަ އަށް ބޭނުންވާނެ ޚަރަދުތަށް ބަލަހައްޓައި ދިނުމަކީ ދަރިފުޅުގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، މުސްކުޅި ޢުމުރަށް ދިއުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުން، ނުވަތަ މުސްކުޅިން ބަލަހައްޓާ މަރްކަޒަކަށް މަންމަމެން ގެންގޮސް ބެހެއްޓުން، ނުވަތަ އަމިއްލަ މަސައްކަތުން އެމުސްކުޅި މަންމަ އާއި ބައްޕަ ކައިބޮއި ހެދުމަކީ އިސްލާމްދީން ގަބޫލު ކުރާ ކަންތަކެއް ނޫނެވެ.

ރާއްޖެއަށް ބަލައިފިނަމަ މައިންބަފައިން ބަލަހައްޓައިދޭ ތަންތަން ނެތުމުން އެފަދަ ތަނަކަށް ނުލިކަމުގައިވީނަމަވެސް އެމީހުން ބެލެހެއްޓުމުގެ ހުރިހާ ކަންކަން ބޭރު މީހުންނާ އެބަ ޙަވާލުކުރެއެވެ. ޙަވާލުކުރުމަށްފަހު އަޅާނުލައި އެބަ ދޫކޮށްލެވެއެވެ. ބޭރު މީހުން ހެދިހާ ގޮތަކަށް ކެތްކޮށްގެން ނުހަނު ހިތްދަތި ހާލުގައި އުޅެ ދުނިޔެ ދޫކުރާ މައިންބަފައިންގެ ޢަދަދު ދަނީ ގިނަވަމުންނެވެ.

ހަނދާންކޮށްލަންވީ އިބްން ޢައްބާސް އަވަހާރަވި ދުވަހު ދަރިކަލުން ވިދާޅުވި ބަސްފުޅެވެ. "އަހުރެން މިރޮނީ ބައްޕަ އަވަހާރަވެގެނެއް ނޫނެވެ. ބައްޕައަށް ޚިދުމަތްކޮށްގެން ސުވަރުގެ ހޯދަން ލިބުނު ފުރުޞަތު ގެއްލުމުންނެވެ."

މިބަސްފުޅު ހަނދާނުގައި ބަހައްޓައިފިނަމަ އެމީހަކަށް ދެދުނިޔޭގައިވެސް އުފާވެރިކަން ހުއްޓެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ.

(جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ .قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ)

މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް މީހަކު އައިސްދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ ބައްޕަ އަށެވެ".

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް