އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމަ އިންތިހާއަށް! މިއަހަރަކީ ޤައުމީ ޤުރްއާން މުބާރާތުގެ ބަޖެޓު އެންމެ ކުޑަ އަހަރު!

ހިތާމަ އިންތިހާއަށް! މިއަހަރަކީ ޤައުމީ ޤުރްއާން މުބާރާތުގެ ބަޖެޓު އެންމެ ކުޑަ އަހަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މީގެ ކުރިން 3 މިލިއަން ނުވަތަ އެއަދަދާއި ގާތްކުރާ ޢަދަދުތަކުން ޚަރަދުކުރަމުން އައި ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ބަޖެޓަށް މިއަހަރު ދީފައިވަނީ އެންމެ ދޮޅު މިލިއަން ރުފިޔާ ކަމަށާއި މިއީ ފަހުގެ ތާރީޚުގައި މި މުބާރާތަށް ދިން އެންމެ ކުޑަ ބަޖެޓުކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ. 

ސިލްސިލާ ގޮތެއްގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވަން ފެށިފަހުން 2019 ވަނަ އަހަރާ ހަމައަށް ބޭއްވިފައިވަނީ 33 ވަނަ މުބާރާތެވެ. އަދި މިދިޔަ އަހަރު ކޮވިޑް19 ގެ ސަބަބުން މި މުބާރާތް މެދުކެނޑުމަށްފަހު، 2020 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ވަރަށް އާދައިގެ ގޮތަކަށް ބަލައިގެން ކިޔެވުމުގެ ވޯރޗުއަލް މުބާރާތެއް ބޭއްވިއެވެ. އަދި ސިލްސިލާ ގޮތެއްގައި ކުރިޔަށްދާ މި މުބާރާތުގެ 34 ވަނަ ޤައުމީ މުބާރާތް މިއަހަރު ބާއްވާނެކަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ އިޢުލާން ކޮށްފައެވެ. 

މިއަދުނޫހަށް މައުލޫމާތުދިން ބެލެނިވެރިއަކު ބުނީ މިއަހަރުގެ މުބާރާތް ވޯރޗުއަލްކޮށް ބޭއްވިނަމަވެސް އެހެން އަހަރުތަކަށްވުރެ ފުޅާކޮށް، މުބާރާތުގެ ކެޓެގަރީތައް އިތުރުކޮށް، ހުރިހާ ގޮތަކުން ފުރިހަމަކޮށް މީޑިއާ ކަވަރޭޖް އިތުރުކުރަން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން މަސައްކަތްކުރިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ހުށެހެޅި ބަޖެޓުން ލިބުނީ އެންމެ ދޮޅު މިލިއަން ރުފިޔާކަމަށް އެފަރާތަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. 

މިމައުލޫމާތާއި ގުޅިގެން މިއަދުނޫހުން ކުރި މަސައްކަތުން ވަނީ މިއަހަރުގެ މުބާރާތަށް ދިނީ އެންމެ ދޮޅު މިލިއަން ރުފިޔާގެ ބަޖެޓެއްކަން ޔަޤީންކުރެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް