އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ޚިޔާނާތް ލޮލަށް ފެނުމުން އެކަމުގެ އަނިޔާ ލިބެމުންދާ ޒިދްނާ އެދެނީ ކިޔުންތެރިންގެ ލަފައަށް!

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ޚިޔާނާތް ލޮލަށް ފެނުމުން އެކަމުގެ އަނިޔާ ލިބެމުންދާ ޒިދްނާ އެދެނީ ކިޔުންތެރިންގެ ލަފައަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

އަޅުގަނޑު ކައިވެނިކުރީ އުމުރުން 23 އަހަރުގައެވެ. ކައިވެންޏަށް 8 އަހަރުވީއިރު 3 ދަރިން ލިބިފައިވެއެވެ. އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. އަޅުގަނޑުގެ މައިންބަފައިންގެ ކިބައިން ވާރުތަވީ ގެއެއްގައެވެ. މައިންބަފައިންގެ ކިބައިން ވާރުތަވީ ތަނަވަސްކަމެއްގައެވެ. 

ކައިވެންޏަށް 18 ވަނަ އަހަރުގައި ފިރިމީހާ އާއިމެދު ޝައްކުތަކެއް ކުރެވެން ފެށުނެވެ. އޭނާ އަހަރެން ދޫކޮށްލަން ނުވަތަ ދެވަނަ އަންތބަކު ހޯދަން އުޅޭކަމުގެ ތުހުމަތުތަކެވެ. އެންމެ ބޮޑަށް ޝައްކުކުރެވުނީ އަޅުގަނޑަށް އަންގައިވެސް އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކުރިކަން އެނގުމުންނެވެ. 

ކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރި ނަމަވެސް އޭނާގެ މަކަރުވެރިކަން ބޮޑުކަމުން އެއްވެސް ކަމެއް ޔަޤީންކުރެވޭނެ މަގެއް ނުފެނެއެވެ. އެކަމަށް ވިސްނަމުން ގޮސް ޚިޔާލަށް އައި ކަމެއް ކުރީމެވެ. ފިރިމީހާ އާއި ނުލައިވެސް 3 ދަރިން ގޮވައިގެން ދުބާއީއަށް ދާން ބޭނުންކަމަށް ބުނީމެވެ. އެހެން ބުނީ އަޅުގަނޑު ފިރިމީހާ ގާތު އަޅުގަނޑުމެން ގޮވައިގެން ގޮސްދޭން ބުނުމުން އެދުވަސްކޮޅު މަސައްކަތްހުރި ގޮތުން އޭނާއަށް ދެވެން ނެތްކަމަށާއި ނަމަވެސް ބޭނުންނަމަ 3 ކުދިން ގޮވައިގެން ޗުއްޓީ ހޭދަކޮށްލަން އަޅުގަނޑަށް ދެވިދާނެ ކަމަށް ބުނުމުންނެވެ. 

އަޅުގަނޑު 3 ހަފްތާގެ ދަތުރަކަށް ފުރީމެވެ. ނަމަވެސް އެއް ހަފްތާ ކޮށްފައި އެނބުރި އައީ އަނގައިވެސް ނުލައެވެ. ގެއަށް ދެވުނުއިރު މެންދަމު 12 ޖަހަނީއެވެ. ސަމާލުވެގެން ހުރެ ގެއަށް ވަނީމެވެ. އަދި ކުދިން ސިޓިންގރޫމްގައި ބައިތިއްބާފައި ގޮސް ނިދާކޮޓަރި ހުޅުވީމެވެ. ފެންނާނެ ކަމަށް އުންމީދުކުރި މަންޒަރު "ލައިވްކޮށް" ފެނުނެވެ. 

އެހިސާބުން އަޅައިވެސް ނުލާ ގޮސް 3 ކުދިން އެކުދިންގެ ކޮޓަރިތަކަށް ވައްދައި މަންމަ އަންނަންދެން މަޑު ތިބެން ބުނެފައި ބޭރުން ތަޅުވެސް ލީމެވެ. ތއެކަންކޮށްފައި ގޮސް ކޮޓަރިން ފިރިމީހާ އާއި އޭނާގެ ލޯބިވެިޔާ ނެރެ 2 މީހުން އެކުގައި ގެއިން ބޭރުކޮށްލީމެވެ. ދާނެ ތަނަކަށްދާން ބުނެ ފޮނުވައިލީމެވެ. 

މިކިޔައިދިނީ މާކުރީ ޒަމާނުގެ ވާހަކައެއް ނޫނެވެ. އަދި މިވީ ހަފްތާއެކެވެ. ފިރިމީހާ މިހާރު ބުނަނީ ވިސްނިއްޖެކަމަށެވެ. އެފަދަ ކަމެއް ދެން ނުކުރާނެ ކަމަށެވެ. ނަމަވެސް އެވާހަކަތައް އަޅުގަނޑަށް އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރެވެއެވެ. ކުރެވޭނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ. 

އެންމެ ބޮޑު ސަބަބަކީ ކައިވެނިކޮށްގެން މިވީހައި ދުވަހު އަޅުގަނޑު ބެލެހެއްޓީ ފިމީހާއެއް ނޫނެވެ. ފިރިމީހާ ބެލެހެއްޓީ އަޅުގަނޑެވެ. އެގޮތަށް އޮތް ދިރިއުޅުމެއްގައި މިފަދަ ބޮޑު މަކަރެއް ހެދި މީހަކު އިޞްލާޙްވެދާނެކަމަށް ޤަބޫލުނުކުރެވެނީއެވެ. އެހެންވެ ފިރިމީހާ އަދިވެސް ގެއަކަށް ނުވައްދަމެވެ. ބައްދަލެއްވެސް ނުކުރަމެވެ. ޖަވާބުދެނީ ހަމައެކަނި މެސެޖަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މިއެދެނީ އެންމެ ކަމަކަށެވެ. ކިޔުންތެރިންނަށް ފެންނަ ލަފައެއް ދިނުމަށެވެ. ޚާއްޞަކޮށް އުޚުތުންގެ ގާތުން ސުވާލުކޮށްލަން ބޭނުންވަނީ މިފަދަ  ޙާލަތެއް ކުރިމަތިވުމުން ތިއަ ކަނބަލުން ކަންތައް ކުރައްވާނީ ކިހިނަކުންތޯއެވެ؟ 

- ޒިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް