އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މައިންބަފައިން އަތުން އޭނާ ގަތް މުސްކުޅިޔާގެ އަނިޔާވެރިކަމުން އާދައާ ޚިލާފް މޮޔައެއްވެގެން ސަލާމަތްވި އަންހެނެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: މައިންބަފައިން އަތުން އޭނާ ގަތް މުސްކުޅިޔާގެ އަނިޔާވެރިކަމުން އާދައާ ޚިލާފް މޮޔައެއްވެގެން ސަލާމަތްވި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު

ފުރަތަމަ މިވާހަކަ އަޑުއައްސަވާށެވެ! 

ބައްޕައަކު ކުއްލިއަކަށް ބޮޑު ބައްޔެއްވަނީއެވެ ބޭސްފަރުވާކުރަން ވަރަށް ގިނަ ފައިސާ ބޭނުންވެއެވެ. ހުރީ އެންމެ އަނހެންދަރިފުޅަކު އެކަންޏެވެ. އެކުއްޖާ ރެއާއި ދުވާލު މަސައްކަތްކުރަމުން ގެންދިއައީ ޙަލާލް ގޮތުގައި ފައިސާ ހޯދާށެވެ! ބައްޕަދެކެވާލޯބި ބޮޑުކަމުންނެވެ. 

ނަމަވެސް އެބުނާ ބައްޔަށް ބޭސްކުރެވޭހައި ފައިސާ ލިބުނު ކަމަށް ނުވުމުން ބައްޕަ ހުށަހެޅީ ބައްޕަ ބުނާ މީހަކާއި ކައިވެނިކުރުމަށެވެ. އެއިރުން ބޭސްފަރުވާކޮށްދޭނެތީއެވެ. އެއީ ބައްޕަގެ ރަޙްމަތްތެރިއެކެވެ. ބައްޕައާއި ދާދި އެއް އުމުރުގެ މީހެކެވެ. އެހެންކަމުން ލޮލުން ކަރުނައަޅަމުންވެސް ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެކަމަށް ދަރިފުޅު ރުހުނެވެ. 

ކައިވެނިކުރެވުނެވެ. އޭނާގެ އެ އުމުރުގައިވެސް އޭނާވީ ވަރަށް ހަރުކަށި ނުލަފާ މީހަކަށެވެ. އެހެންކަމާއިއެކުގައިވެސް ބައްޕައަށްޓަކައި އޭނާގެ އަޅުވެތިކަމުގައި ހުރީއެވެ. 

ކަމުގެ ޙަޤީޤަތް އެނގުނުއިރު ބައްޕައަކީ އެއްވެސް ބައްޔެއް ހުރި މީހެއް ނޫނެވެ. ގިނަޢަދަދެއްގެ ފައިސާ ބައްޕައަށް ދޭން ބުނުމުން ދަރިފުޅުވިއްކައިލީއެވެ. އެކަން އެނގުނު ދުވަހު އަންހެން ކުއްޖާ އެގެއިން ނުކުމެ ކުއްޔަށް ކޮޓަރިއެއް ހިފައިގެން ދިރިއުޅެން ފެށިއެވެ. އެއީ އެފަދަ އަނިޔާވެރި ބައްޕައެއްގެ ކުރިމައްޗަށް އަރަންވެސް ބޭނުންނުވާތީއެވެ.  

އަނެއްކާވެސް ވަޒީފާއަދާކުރަންފެށީއެވެ. ވަޒީފާގައި އުޅޭތާ 2 އަހަރެއްހައިދުވަސް ވީތަނާ ލޯބިހުށަހެޅި މީހަކާއި ލޯބީގެ ގޮތުން ގުޅި ކައިވެނިވެސްކުރީއެވެ. ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެމަފިރިންގެ މަސައްކަތުން ދިރިއުޅުން ތަނަވަސްދިރިއުޅުމަކަށް ބަދަލުވިއެވެ. 

އެއް ދުވަހަކު ގޭގެ ބެލްޖެހުމުން ދޮރުހުޅުވިއިރު ބައްޕައެވެ. އައިސްހުރީ ކާނެ އެއްޗެއްވެސް ނެތިގެން ދަރިފުޅުގެ އެހީތެރިކަމަށް އެދިއެވެ. އެގޭގައި ދަރިފުޅުގެ ގާތުގައި ބަހައްޓައިދިނުން އެދިއެވެ. ފައިސާކޮޅެއް ދީފައި ބައްޕަ ގާތުބުނީ ދެން އެގެއަށް ނައުމަށެވެ. ހަތަރުކަޅި ހަަމަކުރަން ބޭނުން ނޫން ކަމަށެވެ. ނައިނަމަވެސް ކޮންމެ މަހަކުވެސް ފައިސާ ފޮނުވައިދޭނެކަމަށެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ބޭނުންވީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގެ ވާހަކަވެސް ކިޔައިދޭށެވެ. އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް މުސްކުޅިއަކަށް ވިއްކައިލެވުނު އަންހެނަކީމެވެ. މުސްކުޅިވުމަކީ މައްސަލައެއް ނޫނެވެ. އެންމެންވެސް މުސްކުޅިވާނެއެވެ. މައްސަލައަކީ ތިމާއަށްވުރެ އެތައް އަހަރެއް ހަގު އަންތބަކު ގަތުމަށްފަހު ޢަމަލުކުރާގޮތެވެ. 

ޢުމުރުން ދުވަސްވީމާ ލޯބިދޭން ނޭނގުނުނަމަވެސް އަނިޔާވެރިނުވެ އުޅެވިދާނެ ނޫންތޯއެވެ؟ އަޅުވެތިނުކޮށް، އަނިޔާނުކޮށް ގެންގުޅެވިދާނެ ނޫންތޯއެވެ؟ އިންސާނުން ވާހަކަދައްކައިއުޅޭ ރިވެތި ބަހުރުވައިން ވާހަދެއްކިދާނެ ނޫންތޯއެވެ؟ ބައްޕަގެ އަތުން އަޅުގަނޑު ގަތް މީހާގެ ކިބައިގައި މިފަދަ އެއްވެސް ސިފައެއް ނުހުރެއެވެ. ކިތަންމެ ކުޑަ ކަމަކު އޭނާއަށް ބޭނުންވިނަމަވެސް އަމުރުކުރާ ރާގަށް ނޫންގޮތަކަށް ބުނަން ނުވެސް ދަނެއެވެ. 

އެހާލުން ސަލާމަތްވެވުނީ ރައްޓެހި ކުއްޖަކު ދިން ނަޞޭޙަތަށް ޢަމަލުކޮށްގެންނެވެ. އަޅުގަނޑު މޮޔަވީއެވެ. ފިރިމީހާ ފެނުނަސް ރުޅިގަދަވެ އޭނާގެ ގައިގާ ވަކިވެސް އެޅެނީއެވެ. ފަހައިދުވެގޮސްވެސް ވަކިއެޅެނީއެވެ. ދަތްވެސް އެޅެނީއެވެ. ގޭގައި ހުންނަތަކެތިވެސް ހަލާކުކުރެވެނީއެވެ. ބޮޑެތި ޓީވީތައްވެސް ތަޅައިލެވެނީއެވެ. ފިރިމީހާގެ ފޯނަށް މީހަކު ފޯނުކުރިނަމަވެސް ރުޅިގަދަވެ އެމީހަކަށް އަޑުއިވޭވަރަށް ފިރިމީހާއަކީ ނުބައިނުލަފާ ޝައިޠޯނެއް ކަމަށް ބުނެވެނީއެވެ. 

ފަރުވާކުރަން ހޮސްޕިޓަލަށް ގެންދަން ނުވަތަ ރުޤްޔާކުރަން ގެއިން ނެރޭއިރަށް ގަދަވެއެވެ. ޑޮކްޓަރަކު ނޫނީ ރުޤްޔާކުރާ މީހަކު ގެއަށް ގެނަޔަސް އެފަދަ އަސަރެއް ވެސް ނުހުރެއެވެ. ނަމަވެސް ތަނަކަށް ގެންގޮސްފައި އަނބުރާ ގެއަށް ވައްދާއިރަށް މޮޔަވެއެވެ. 

އަޅުގަނޑު އެގޮތަށް މޮޔަވާން ފެށުމުން ފިރިމީހާއަށް މަހެއްހައި ދުވަހުވެސް ކެތްކޮށެއް ނުލެވުނެވެ. ވަރިކޮށްފައި ގެންގޮސް ގެއަށް ލައިދީފިއެވެ. އަޅުގަނޑު ގަންނަން ހެދި ޑީލް ފަޅާއެރީ ގެ ބުރިބުރިއަށް ހިއްލަން ދިން ފައިސާ އަނބުރާ ހޯދަން އެދުމުން ނުދިނުމުން ޖެހުނު މައްސަލަތަކުގައެވެ. 

އަޅުގަނޑު ވަގުތު ނަގައެއް ނުލަމެވެ. ޢިއްދަ ހަމަވީތަނާ ރާއްޖޭގެ އެންމެ އުތުރަށް ނިޞްބަވާ މީހަކާއި ކައިވެނިކޮށްގެން މާލެދޫކޮށް ފުރައިފީމެވެ. އެއީ ދެވަނަ މީހަކަށް ވިއްކާލުމުގެ ފުރުޞަތު ނުދޭންވެގެންނެވެ. ދެވަނަ ފަހަރަށް މޮޔަވާން ބޭނުންނުވާތީއެވެ. 

އަޅުގަނޑުމެންގެވެސް ތަހްޛީބްވީ ގެދޮރާއި ފަރުނީޗަރެވެ. ދުއްވާ ވެހިކަލްތަކެވެ. ދިރއުޅުން މިއޮތީ ހަމަ ޖާހިލިއްޔަ ޒަމާނުގައެވެ. އެޒަމާނުގައި ދަރިން ވިއްކައި އުޅުނީ ފައުޅުގައެވެ. މހާރު އެކަންކުރަނީ ދަރިން ވިއްކަނީކަމަށް ނުބުނެއެވެ. ދަރިފުޅަށް އުފާވެރި، ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގެ ރީތި ނަމުގައެވެ. ހަމައެކަނި ތަފާތަކީ އެއީއެވެ. 

މިބަސްތައް އަމާޒު މިކުރީ އދަރިން ވިއްކާ މައިންބަފައިންނަށެވެ. ދަރިންނަށް ހެޔޮކޮށްހިތާ ދަރިންގެ ޙައްޤުތައް އަދާކުރާ މައިންބަފައިންނަކަށް ނޫނެވެ. އެކަން އޮޅުވާނުލުން އެދެމެވެ. 

- ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް