އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މިޔަހެލި" ސޯޝަލް ކޭމްޕް ނިންމައި މޮޅުވި 5 ޙިޔާލުގެ ބައިވެރިންނަށް އިނާމު ހަވާލު ކޮށްފި

"މިޔަހެލި" ސޯޝަލް ކޭމްޕް ނިންމައި މޮޅުވި 5 ޙިޔާލުގެ ބައިވެރިންނަށް އިނާމު ހަވާލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 48 ސިކުންތު

ޔޫއެންޑީޕީ މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަދި އޮސްޓްރޭލިޔާ ސަރުކާރާއި އަދި އެހެނިހެން ފަރާތްތަކުގެ އެހީގައި ބާއްވާ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕް 2021 ނިންމުގެ ރަސްމިޔާތުގައި މޮޅުވި 5 ޙިޔާލުގެ ބައިވެރިންނަށް އިނާމު ހަވާލު ކޮށްފިއެވެ.

މިފަހަރުގެ ކޭމްޕްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 30 ޒުވާނުން ވަނީ ބައިވަރިވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ 'މިޔަހެލި' ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ. ބައިވެރިން ތަމްރީންކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީގައި، މީހުން ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ޚިޔާލުތައް ވަނީ ހުށަހަޅާފައެވެ.

ޖަޖުންގެ ޕެނަލް އަކުން ބެލުމަށްފަހު، ޖުމްލަ 10 ޙިޔާލުގެ ތެރެއިން ހޮވިފައިވާ 5 ހައްލަކީ؛

1 ވަނަ: ހިތްވަރު – ފްރީލާންސަރުންނަށް އެމީހުންގެ ޚިދުމަތްތައް ދައްކާލާ އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު މި ޚިދުމަތްތައް ހޯދޭނެ ގޮތް މަގުފަހިކޮށްދޭނެ ޕްލެޓްފޯމެއް، އަދި އަށި – ފަންނުވެރިންނަށް ބަރޯސާވެވޭވަރުގެ އާމްދަނީއެއް ލިބޭނެ ރަނގަޅު ފުރުސަތުތަކާއި ވަސީލަތްތައް ހޯދައިދިނުމަށް ވާރޗުއަލް މާކެޓްޕްލޭސްއެއް އުފެއްދުން

2 ވަނަ: ހުނަރުވެށި – އާންމުންނަށް ޕްރޮފެޝަނަލް ސްކިލްސް ދަސްކޮށްދީ މިފަދަ ތަމްރީނު ހޯދޭނެ ޕްލެޓްފޯމެއް

3 ވަނަ: އިރުވައި – އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އާންމުންނަށް ފަސޭހައިން އަދި އަތްފޯރާ ފަށުގައި ފޯރުކޮށްދިނުން

4 ވަނަ: ފަހި ކާނާ – ދުޅަހެޔޮ ޞިއްޙަތެއްގައި މުޖުތަމަޢުތައް ބިނާކުރުމަށްޓަކައި ދުޅަހެޔޮ ކާނާ ފޯރުކޮށްދިނުން

ކޭމްޕްގެ ބައިވެރިއެއްކަމަށްވާ އައިޝަތު އަޖުފާން ބުނި ގޮތުގައި ލޮކްޑައުންތަކަށް ފަހު މިފަދަ ކޭމްޕަކަށް އައިސް އެއްގޮތް ޚިޔާލުގެ އެހެން ޒުވާނުންނާއި ވާހަކަ ދައްކާލަން ލިބުމަކީ ވަރަށް ރަނގަޅު ފުރުޞަތެކެވެ. "ބައިވެރިންގެ ވަރަށް ރަނގަޅު ޙިޔާލުތަކެއް އެބަހުރި. އަދި މީގެ އިތުރުން މި ޚިޔާލުތައް ޙަޤީޤަތަކަށް ވާން މާލީ އެހީތެރިކަން ދޭނެ ފަރާތްތައްވެސް ތިބޭނެ. ހުރިހާ ބައިވެރިންނަށްވެސް ބުނެލަން ބޭނުންވަނީ މޮޅުވިޔަސް ނުވިޔަސް ތި ޚިޔާލުތައް ދޫކޮށްނުލާ ކުރިއަށް ދާށޭ."

މޮޅުވި ޓީމުތަކުގެ ޙިޔާލުތަކަށް އަމަލީ ސިފަގެނައުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭނެއެވެ.

ޔޫ.އެން.ޑީ.ޕީ އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން 'މިޔަހެލި' ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެއްބާރުލުމާ އެކުގައެވެ. މީގެ އިތުރުން މި އަހަރުގެ ކޭމްޕް ބާއްވާފައިވަނީ ޔޫތު ކޯ:ލެބް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އެއްބާރުލުމާއި، އޮސްޓްރޭލިޔާގެ ސަރުކާރާއި ޔޫރަޕިޔަން ޔޫނިއަން (އީ.ޔޫ.)ގެ މާލީ އެހީ ތެރިކަމުގެ ދަށުންނެވެ.

"މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސާދު އާރާސްތުކުރުމަށްޓަކައި ތަފާތު އައު އީޖާދުތައް ހޯދާ ފަރާތްތަކާއި އުފެއްދުންތެރިން އައި އިޖްތިމާޢީ ވިޔަފާރިތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް އޮސްޓްރޭލިޔާ އަބަދުވެސް އޮންނާނީ ތައްޔާރަށް. މި މަސައްކަތުގެ ތެރެއިން، 2016 ވަނަ އަހަރުގައި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ތަޢާރަފްވި ހިސާބުން ފެށިގެން ޔޫ.އެން.ޑީ.ޕީއާއި އެހެނިހެން ހިއްސާދާރުން ގުޅިގެން މި ކޭމްޕް ބޭއްވޭތީ ފަޚުރުވެރިވަން." އޮސްޓްރޭލިޔާ އިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރ އަމެންޑާ ޖުވެލް ވިދާޅުވިއެވެ.

"ޑިމޮކްރެޓިކް އަދި ސިވިކް ކަންކަމާއި އިޖްތިމާޢީ ބަދަލުތަކުގައި ޒުވާނުންގެ އަމަލީ ބައިވެރިކަން އޮތުމަކީ އީ.ޔޫ އަބަދުވެސް އައްބާރުލުން ދޭކަމެއް. އަދި މއީ އީ.ޔޫގެ ޒުވާނުންގެ ސްޓްރެޓެޖީގެ ބައެއްވެސްމެ. މިގޮތުން އަހަރެމެންގެ އަމާޒަކީ ޒުވާނުން ބޭނުންވާ ރިސޯސަސް އެމީހުންނަށް ފޯރުކޮށްދީ މުޖްތަމަޢުއަށް އަގުހުރި ފައިދާތަކެއް ގެންނަ ބަޔަކަށް އެމީހުންވުމުގެ ފުރުޞަތު މަގުފަހިކުރުން. މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ ޒަރިއްޔާއިން އަހަރެމެން މިދަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރަން ޒުވާނުންގެ ޚިޔާލު ހުރި ގޮތަށް އަޑުއަހަމުން. މިއީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއިއެކު އީ.ޔޫ ކުރަމުންދާ މަސައްކަތުގެ ބައެއް." އީ.ޔޫއިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މިޝަންގެ ޑެޕިއުޓީ ހެޑް، ތޯރސްޓެން ބާރގްފްރީޑް ވިދާޅުވިއެވެ. މީގެ އިތުރުން އެބޭފުޅާވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ބާރުވެރިކަމާއި މުޖްތަމަޢުގެ ދެމެހެއްޓެނިވިކަން އިތުރުކުމަށް އީ.ޔޫ އާއި ޔޫ.އެން.ޑީ.ޕީ ކުރަމުންދާ މަސައްކަތައްވެސް އަލިއަޅުވާލާފައެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން، 6 ވަނަ މިޔަހެލި ކޭމްޕްގެ ވެސް މަޤްޞަދަކީ މުޖްތަމަޢުގައި ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް ޒުވާނުންނަށް އެއްބާރުލުންދިނުމެވެ. މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ޚިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގާ މަންސައެކެވެ. މިއަހަރުގެ ކޭމްޕްގައި އީޖާދީ ޙިޔާލު ހޯދީ؛

1. ދުނިޔެއަށްޓަކައި އުފެއްދުންތެރިކަން: މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި އޭގެ ސަބަބުން ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހައްލުތައް ހޯދުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރެވިދާނޭ ގޮތްގޮތާއި ސާރކިއުލާރ އެކޮނޮމީ އަދި ވޭސްޓް-ޓު-ވެލްތް ހައްލުތައް ބޭނުންކުރަން ފެށިދާނޭ ގޮތްގޮތާއި ތިމާވެއްޓަށް ރައްކާތެރިވުމާއި ތިމާވެއްޓާއި ރައްޓެހި ވިޔަފާރިތައް ފަށާ އާންމު ކުރާނޭ ގޮތްގޮތެވެ.

2. މީހުންނަށްޓަކައި އުފެއްދުންތެރިކަން: މިއީ މިހާރު ހުރި އިޖްތިމާއީ ކަންކަމަށް ހައްލުތައް ހޯދައި، އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޒުވާނުންގެ ބާރު އަދި ހިތްވަރު ވިސްނައިދީ އެއްބައިވަންތަ، ވަރުގަދަ މުޖްތަމައެއް ބިނާކުރެވުދާނޭ ގޮތްގޮތާއި މުޖްތަމައުގައި އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަސާސީ ބޭނުންތަކާއި ވަސީލަތްތައް ފޯރުކޮށްދެވިދާނޭ ގޮތްގޮތާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުން އެކަހެރިކުރެވިފައިވާ ފަރާތްތަކުގެ ދިރިއުޅުން ފަސޭހަކޮށް އިތުރު މަގުތައް ފަހިކޮށްދެވިދާނޭ ގޮތްގޮތެވެ.

3. ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން: މިއީ އާންމު ދިރިއުޅުމުގެ ކަންތައްތައް ފަސޭހަކޮށްދޭނެ ހައްލުތައް ހޯދައި، އެކަށޭނަ މަސައްކަތުގެ މާހައުލެއް ޕްރޮމޯޓްކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ލިބޭ ފުރުސަތްތައް އިތުރުކޮށް އާންމު ދިރިއުޅުން އިތުރަށް ރަނގަޅުކުރާނޭ ގޮތްގޮތާއި ލިބެން ހުރި ވަސީލާތްތައް ބޭނުންކޮށްގެން ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދުމުގެ މަގުތައް އިތުރުކުރާނޭ ގޮތްގޮތާއި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނޭ ގޮތްގޮތެވެ.

"މިޔަހެލީގެ މަޤްސަދަކީ ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން އާލާކޮށް މުޖްތަމަޢުގައި ހުރި މައްސަލަތަކަށް އައު ހައްލުތަކެއް ހޯދައިދިނުން. އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު. މި އަހަރުގެ މިޔަހެލި ބައިވެރިންގެވެސް ވަރަށް އަގުހުރު ޚިޔާލުތަކެއް އެބަހުރި. މިގޮތުން މިއަހަރު މޮޅުވި ފަރާތްތަކަށް ތަހުނިޔާ ކިޔަން އަދި  އުންމީދަކީ މިޚިޔާލުތައް ޙަޤީޤަތަކަށް ވާތަން ފެނުން." އުރީދޫ މޯލްޑިވްސް ގެ ބްރޭންޑް އަދި މާރކޮމްސް މެނޭޖާރ ނޫރާ ޒާހިރު ވިދާޅުވިއެވެ.

''ދިވެހިރާއްޖޭގެ ޒުވާނުން ކުރިމަތިލާންޖެހޭ ތަފާތު ގޮންޖެހުންތައް އެބަހުރި. ޒުވާން ފިރިހެނުންގެ އާބާދީގެ 20 އިންސައްތަ އަދި ޒުވާން އަންހެނުންގެ އާބާދީގެ 26 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މިވަގުތު މަދަރުސީ ތައުލީމް ހާސިލްކުރާ ނުވަތަ ވަޒީފާ އެއް އަދާކުރަމުންދާ ބައެއް ނޫން. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަނީ މިމައްސަލަތައް އިތުރުވެ ޒުވާނުންގެ މެދުގައި ނުތަނަވަސްކަމާއި މުޖަތަމަޢުއިން ބާކީވުމުގެ އިޙްސާސްތައް އިތުރުވެފައި. ނަމަވެސް ޒުވާނުންގެ އާބާދީގެ މި 47 އިންސައްތައެއްހާ މީހުންނަކީ 'ޑިމޮގްރަފިކް ޑިވިޑެންޓްގެ' ' ފައިދާ ނަގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖްތިމާޢީ ކުރިއެރުން އިތުރުކުރުމުގެ އަގުހުރި ފުރުޞަތެއް. މިގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ކިބައިގައި ވިޔަފާރިވެރިކަމުގެ ހުނަރުތަށް އާލާކުރުމަށްޓަކައި އެކި ޕާޓްނަރުންނާއި ގުޅިގެން މަސައްކަތްކޮށް ޒުވާނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ޔޫ.އެން.ޑީ.ޕީއިން އޮތީ ތައްޔާރަށް. މިގޮތުން މިކަންކުރެވޭނީ ވިޔަފާރިގެ ދާއިރާއިން ޒުވާނުން އިސްނެގުމަށް ބާރުވެރިކޮށް ސޯޝަލް އިނޮވޭޝަން ޤައުމީ ފެންވަރެއްގައި ކުރިއަރުވައިގެން." މިޔަހެލީގެ ޕާޓްނަރުން ދިން އެއްބާރުލުމަށާއި ބައިވެރިންގެ ހައްލުތަކަށް ޝުކުރު އަދާކުރަމުން ޔޫ.އެން.ޑީ.ޕީގެ ރިސިޑަންޓް ރެޕްރެސެންޓޭޓިވެ އެންރީކޯ ގަވޭލިޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެބާފުޅާވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަށް ހާސިލްކުރުމަށްޓަކައި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ ހިއްސާވެސް ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު