އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ރިބާ ޢާންމުވެފަ އޮތްވަރުން މަރުދުވަހަށް ރިބާ ކެވޭއިރުވެސް ނޭނގެ! މިތިބީ އެބޮޑު ނުރައްކާތެރި ޙާލަތުގަ!

ރާއްޖޭގަ ރިބާ ޢާންމުވެފަ އޮތްވަރުން މަރުދުވަހަށް ރިބާ ކެވޭއިރުވެސް ނޭނގެ! މިތިބީ އެބޮޑު ނުރައްކާތެރި ޙާލަތުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 18 ސިކުންތު

ދެވަނަ: ރިބާގެ އެއްވެސް މުޢާމަލާތެއް ހިންގައި ބައިވެރިވެގެން ނުވާނެ 

ސޫރަތުލް ބަޤަރާގެ 275 އިން 280 ވަނަ އާޔަތާއި ހަމައަށް

الَّذِينَ يَأْكُلُونَ الرِّ‌بَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّ‌بَا ۗ وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّ‌بِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُ‌هُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ‌ ۖ هُمْ فِيهَا خَالِدُونَ ﴿٢٧٥ يَمْحَقُ اللَّـهُ الرِّ‌بَا وَيُرْ‌بِي الصَّدَقَاتِ ۗ وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ‌ أَثِيمٍ ﴿٢٧٦ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُ‌هُمْ عِندَ رَ‌بِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٧٧ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُ‌وا مَا بَقِيَ مِنَ الرِّ‌بَا إِن كُنتُم مُّؤْمِنِينَ ﴿٢٧٨ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْ‌بٍ مِّنَ اللَّـهِ وَرَ‌سُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُ‌ءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩ وَإِن كَانَ ذُو عُسْرَ‌ةٍ فَنَظِرَ‌ةٌ إِلَىٰ مَيْسَرَ‌ةٍ ۚ وَأَن تَصَدَّقُوا خَيْرٌ‌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿٢٨٠ 

3:130  އާލި އިމްރާން 

އަޅުގަނޑުމެންގެ މާލީ ކަންކަން އަޅުގަނޑުމެން ތަޖުރިބާ ކުރަނީ ރިބާ އާ ނުލައިތޯއެވެ؟ ރިބާއިން ސަލާމަތްވެފައިވާ މުޖުތަމަޢެއްތޯއެވެ؟ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢަކީ ބޭނުން ޖެހިފައިވާ މީހެއްގެ މުހުތާދު ފިލުވުމަށް ލޯނަށް ފައިސާ ދޭއިރު، އިތުރަށް އެއްޗެއް ދެއްކުމަށް އަޅުގަނޑުމެން ޝަރުތު ނުކުރަމުތޯއެވެ؟ ލޯނެއް ދިނުމަށްފަހު އެ ފައިސާ އަނބުރާ ދައްކަން ބުނާ ދުވަހަށް ނުދެއްކުމުން އެކަމުގެ އަދަބެއްގެ ގޮތުން އިތުރަށް ދަރަނިވެރިޔާގެ އަތުން އަޅުގަނޑުމެން ފައިސާ ނުނަގާތޯއެވެ؟ ރިބާގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު އިދަޖެހި ބަގުރޫޓުވެފައިވަނީ ކިތައް ފަރުދުންތޯއެވެ؟ ބޯހިޔާވަހި ކުރުމުގެ ނިޔަތުގައި ރިބަވީ ލޯނެއް ނެގުމަށްފަހު އެ ލޯނުން ސަލާމަތް ނުވެގެން އުޅެނީ ކިތަން ފަރާތުންތޯއެވެ؟ ރިބާގެ ނުބައިކަން މިއަދު އަޅުގަނދުމެންގެ މުޖުތަމަޢަށް މިވަނީ ތަޖުރިބާ ކުރެވިފައި ނަމަވެސް ހިތާމައަކީ މި ވަބާއިން ސަލާމަތްވުމަށް އަޅުގަނޑުމެންގެ ސައްތައިން ސައްތަ މި މުޖުތަމަޢަށް މަސައްކަތް ނުކުރެވޭކަމެވެ. 

ރިބާ ޢާއްމުވެފައިވާ މިންވަރަކީ މިއަދު އަޅުގަނޑުމެންނަށް ރިބާގައި ޖެހެވޭއިރުވެސް ނޭނގުމެވެ. ޙަލާލު މަސައްކަތެއްކޮށްގެން، ދާއޮހޮރުވައިގެން ކުރާ މަސައްކަތުން ލިބޭ ފައިސާއިން ތިމާ މުސްކުޅިވާދުވަހު ބޭނުންކުރުމަށް ޕެންޝަނުގެ ގޮތުގައި ފަހަށް ރައްކާކުރެވޭ ފައިސާ އިންވެސްޓުކުރަނީ ރިބާ ނުލިބޭގޮތައްކަން އަމިއްލައަށް ޔަޤީން ކުރަންޖެހޭކަން ކިތައް މީހުންނަށް އަޅުގަނޑުމެންގެ ތެރެއިން އެނގޭތޯއެވެ؟  މުސްކުޅިވާދުވަހު ތިމާއަށް ލިބެނީ ޙަލާލު ފައިސާކަމެއް ޔަޤީން ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހުންވެސް ދެއްވާކަން އެނގިވަޑައިގަންނަވަނީ ކިތައް ބޭފުޅުންނައްތޯއެވެ؟ ޕެންޝަން އޮފިހުން ދޫކުރާ ޝަރީޢާ ޕޯޓްފޯލިއޯ އަށް އިންވެސްޓުމަންޓުތައް ބަދަލުކުރާ ފޯމު އަމިއްލައަށް ނުފުރާނަމަ،މުސްކުޅިވާދުވަހު ތިމާ އަށް ލިބޭ ފައިސާ އަކީ ޙަލާލުގޮތުގައި އިންވެސްޓުކޮށްގެން ލިބޭ ފައިސާކަމެއް ޔަޤީނެއްނުކުރެވޭނެއެވެ. 

ކޮންވެންޝަނަލް ބޭންކެއްގައި ނުވަތަ ޔައުނީ އިސްލާމިކް ނަމުގެ ތެރެއަށް ނާންނަ ކޮންމެ ބޭންކެއްގައި ސޭވިންގް ނުވަތަ ފިކްސްޑް ޑިޕޮސިޓް އެކައުންޓެއް ހުޅުއްވައިފިނަމަ، އެ އެ ކައުންޓު ހޯލްޑަރަކަށް ނުވަތަ އެކައުންޓުގެ ވެރިފަރާތަށް ރިބާ ލިބޭނެކަން އެނގިވަޑައިގަންނަވާތޯއެވެ؟ މީގެ އިތުރުން ކޮންމެ މިފަދަ ބޭންކަކުން ނަންގަވާ ލޯނަކަށް އެއީ ވިޔަފާރީއެއް ކުރައްވަން ނަމަވެސް ގެ އިމާރާތްކުރަން ނަމަވެސް އެއިން ކޮންމެ ލޯނެއްގައިވެސް ރިބާ ހިމެނޭކަން އެނގިވަޑައިގަންނަވާތޯއެވެ؟ 

ޙައްޖަށް ދިއުމުގެ ޤަސްދުގައި ކޮންވެންޝަނަލް ބޭންކެއްގެ ސޭވިނގް އެކައުންޓެއްގައި ނުވަތަ ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ފައިސާ ރައްކާކޮށްފިނަމަ، އެ ފައިސާގައި ރިބާގެ ބައެއް، އެއީ ކުޑަ ނުވަތަ ބޮޑު ނަމަވެސް، ހިމެނޭތީ އެ ފައިސާ އިސްލާމްކަމުގެ ރުކުނެއް ފުރިހަމަ ކުރަން ކަމުނުދާނޭކަން އެނގިވަޑައިގަންނަވަނީ ކިތައް ބޭފުޅުންނަށްތޯއެވެ؟ 

މީގެއިތުރުން އިންޝުއަރެންސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ރިބާ ގެ މުޢާމަލާތުގައި ބައިވެރިވެވޭކަން އެނގޭބާއެވެ؟ ކޮންވެންޝަނަލް ބޮންޑުގައި އިންވެސްޓުކުރާއިރު ފައިދާގެ ގޮތުގައި ލިބެނީ ރިބާ ކަން އެނގެނީ އަޅުގަންޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ؟ ޓްރެޝަރީ ބިލް ނުވަތަ ޓީ ބިލް ގެ މުޢާމަލާތުން ފައިދާގެ ގޮތުގައި ލިބޭ ބޮޑެތި ޢަދަދު ތަކަކީ ރިބާ ކަން އެނގޭތޯއެވެ؟ 

ރިބާ ލޯނުން ސަލާމަތްނުވެވިގެން އުޅޭ ކިތައް ފަރާތުން ފައިސާ ހޯދުމަށް ސަލާން ޖަހަން އާދޭތޯއެވެ؟ ދިރިއުޅުން ބަރުބާދުވެ، އުއްމީދު ގެއްލިފައިވާ ކިތައް ރައްޔިތުން ރިބާގެ ސަބަބުން ބިކަވެފައިވޭތޯއެވެ؟ ކޯޓު މަރުޙަލާއަށް މައްސަލަ ދިއުމުން ރިބާ ދައްކަން ޖެހޭ ފަރާތުން ރިބާ އަކީ ޙަރާމް އެއްޗެކޭ ބުނެ އެ ދައްކަން އުޒުރުވެރިވަނީ ކިތައްފަހަރުތޯއެވެ.  

ރިބާގެ ވަބާއިން ސަލާމަތްވެ، މުސްލިމުން ސަލާމަތުގެ އައްސޭރިޔަކާ ހަމައަށް ގެންދިއުމަށްޓަކައި އިސްލާމިކް ފައިނޭންސް ތަޢާރަފުކުރެވުނެވެ. އިސްލާމިކް ފައިނެންސްގެ ނިޒާމަކީ ރިބާޔާ ދެކޮޅަށް ގެނެވުނު އިންޤިލާބެއްގެ ގޮތުގައި އިލްމުވެރިން ސިފަ ކުރައްވައެވެ. އިސްލާމިކް ފައިނޭންސް މިއަދު ދުނިޔޭގައި ފުޅާވެފައިވާ މިންވަރަކީ، މި ފަލްސަފާ އަށް ތާއީދުކޮށް ކުރިއަރުވަން މަސައްކަތްކުރަނީ މިއަދު ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އިސްލާމިކް ފައިނެންސް ގެ ބައިތަކުގެ ގޮތުގައި މިއަދު ހިމެނެނީ ހަމައެކަނި އިސްލާމިކް ބޭންކިނގް އެއް ނޫން، ނަމަވެސް އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް އާއި އަދި އިސްލާމިކް ކެޕިޓަލް މާރކެޓްގެ ބައިތައް ވެސް ހިމެނެއެވެ. 

ކޮންވެންޝަނަލް ބޭންކިންގް ގެ ބަދަލުގައި އިސްލާމިކް ފައިނޭންސް ބޭނުންކޮށްގެން ގެނެސްދިން އިސްލާމިކް ބޭންކިންގް އިން ބޭންކިންގް މުއާމަލާތްތަކުން ރިބާ ނައްތާލައެވެ. ތަކާފުލް އިން ޝަރީޢާގެ ހަމަތަކާ އެއްގޮތަށް އިންޝުއަރެންސްގެ މުޢާމަލާތްތައް ހިންގޭނެ މަގު ތަނަވަސްކޮސްދިނެވެ. އިސްލާމިކް ކެޕިޓަލް މާރކެޓުގެ ސަބަބުން އިސްލާމިކް ޓްރެޝަރީ ބިލް އާ އިސްލާމިކް ބޮންޑު ނުވަތަ ޞުކޫކް ގެ މުޢާމަލާތްތައް ކުރުމުގެ މަގު ތަނަވަސްކޮށްދިނެވެ. 

މިއަދު ބަޔަކު މީހުން ރިބާ އަކީ ދުވަހަކުވެސް ސަލާމަތް ނުވެވޭނެ އެއްޗެކޭ ނުވަތަ އިޤްތިޞާދީ ނިޒާމު އިދަ ޖެހޭނޭ ރިބާއާ ނުލައި ބުނެފި ނަމަ އެއީ ދޮގެކެވެ. ރިބާ އަކީ އިޤްތިޞާދެއްގެ ލޭނާރާށް ވާކަށް ނުޖެހެއެވެ. ޙަޤީޤީ ވިޔަފާރީއާ ޙަޤީޤީ މުދަލަށް ބަރޯސާވެގެން ކުރާ ކަމެއް ޕްރޮމޯޓު ނުކުރެވެންވީ ސަބަބެއް ނެތެވެ. ދުނިޔެ މިއަދު އިސްލާމިކް ފައިނޭންސަށް މަރުޙަބާ ކިޔައި، އެމީހުންގެ އިޤްތިޞާދު އިސްލާމިކް ފައިނޭންސި އިން ދުޅަހެޔޮ ކުރަމުންދާއިރު، އަޅުގަނޑުމެން މުސްލިމުން އިސްލާމީ އިޤްތިޞާދީ ނިޒާމަކާ ދިމާލަށް މިސްރާބު ނުޖަހަންވީ ސަބަބެއްނެތެވެ. ބަހަނާއަކަސް ފަހު ބަހަނާ އެއް ދެއްކުމަށްފަހު ރިބާ ގެ ތެރެއަށް ޣަރަގުވެގެން އަޅުގަޑުމެންގެ މުޖުތަމަޤު މިއަދު މިދަނީއެވެ.

ހަމަ ޔަޤީނުންވެސް ﷲ އަންގަވާފައި އޮތް ގޮތަކަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައިގެންނެއް ގެއްލުމެއް ނުލިބޭނެއެވެ. އެއީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. 

އެސޮސިއޭޓް ޕްރޮފެސަރ ޑރ. މުނީޒާގެ ލިޔުއްވުމަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް