އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޗަރުންގެ ނަމުގަ ތިބި ދައްޖާލުންނަށް ވަރަށް ބޮޑަށް ސަމާލުކަން ނުދީފިނަމަ ކޮއްޕާ ދަރިން ނަރަކައަށް ވައްދުވާނެ! މިއީ ލިބޭނެ އެންމެ ބޮޑު ދެރަ!

ޓީޗަރުންގެ ނަމުގަ ތިބި ދައްޖާލުންނަށް ވަރަށް ބޮޑަށް ސަމާލުކަން ނުދީފިނަމަ ކޮއްޕާ ދަރިން ނަރަކައަށް ވައްދުވާނެ! މިއީ ލިބޭނެ އެންމެ ބޮޑު ދެރަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

"ރާއްޖޭގައި ލާދީނީ ފަތުރަން ޓީޗަރުން އެތެރެކުރުވާ ތައުލީމީ ވަޒީރުގެ ވާހަކަ ދައްކައިގެން އެދުވަހަކު (ޤިޔާމަތްދުވަހަކު) ނުނިމޭނެ. ޖަޒުބާތެއްގަ ޖެހި ލެވުނު ވޯޓެއްގެ ސަބަބުން ޤައުމުގެ ކަންކަން މިޙާލަތަށް ގޮސްފައި މިވަނީ، އެހެންވީމާ ދެންވެސް ބަލަންވީ ތަންފީޒުކުރަމުން ގެންދާ ލާދީނީ ސިޔާސަތުގެ ނުފޫޒު ދަރިންނަށް ފޯރުވިއަނުދީވޭތޯ! އެކަމެއްވެސް ނުވާނެ. ހަމައެކަނި ކުރެވެން އޮތް ކަމަކީ ދިވެހިން އިސްލާމް ދީނުން ބޭރުކުރަން ގެނެސްފައި ތިބި ޓީޗަރުން އަހަރެމެންގެ ދަރިންގެ އަތުގައި ހިފައިދަމާ ނުވަތަ ކޮށްޕަމުން ގެންގޮސް ނަރަކައަށް ވެއްދިއަނުދޭން އެމީހަކަށް ކުރެވުނުހައި މަސައްކަތެއް ކުރުން. 

އެހެންވެ މިބުނީ އެކަމަނާގެ ވާހަކަ އެކަނި ދައްކައިގެން ނުފުދޭނެއޭ. ކޮންމެ ބެލެނިވެރިއަކުވެސް އެމީހަކަށް ކުރެވެން އޮތް ކަންކަން ކުރާށޭ! ޓިޔުޝަނަށްވެސް ޓީޗަރުންނާ އެކަހެރި ނުކުރުވާށޭ! އެކަހެރި ކުރުވީމާ އެބަޖެހޭ ނޫންތޯ އިތުރު މައްސަލަތައްވެސް. ދާދިފަހުންވެސް ކޮންމެވެސް ރަށެއްގެ ކޮންމެވެސް ދަރިވަރަކާ އެކަރައިން އައިސްހުރި ޓިޗަރަކާ ކޮންމެވެސް މައްސަލަތަކެއް ޖެހުނު ވާހަކަ ނޫސްތަކުން ފެނުނު!

ކޮންމެއަކަސް މިއަދުނޫސް މެދުވެރިކޮށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވީ މެސެޖަކީ ނުވަތަ އިލްތިމާސަކީ ހަމަ މިއީ. އަޅުގަނޑުމެންގެ ދަރިން ނަރަކައިން ސަލާމަތްކުރަން އަޅުގަނޑުމެން މަސައްކަތްކުރާށޭ! އިސްލާމްދީނާ ދެކޮޅަށް ދަރިވަރުންގެ ބޮލަށް ޗިޕްޖަހަން ފައުޅުގަ އެފެށީ މިހާރު އެކަރައިގެ މީހުންނަށް އެބަ އެނގޭ މިއީ ހަމަ މަލިކުފަދައިން އެމީހުންގެ ތަނެއްކަން. ބޭނުންކަމެއް ކުރެވޭނެކަން. ބޭނުންގޮތެއް ހެދޭނެކަން. އެހެންވީމާ ފައުޅުގަ އެފެތުރިގަތީ މިހާރު!"

- މިއަދުނޫހުގެ ކިޔުންތެރިއެއް

ތިރީގައިވާ ލިޔުންވެސް ވިދާޅުވާށެވެ. 

ދިވެހި ދަރިވަރުންގެ ސިކުނޑިތަކަށް ޗިޕްޖަހައިގެން އިސްލާމް ދީނާ ދުރުކުރުވަން އިންޑިއާއިން ރާއްޖެއަށް ޓީޗަރުންގެ ނަމުގައި ފޮނުވާފައިތިބި ދައްޖާލުންގެތެރެއިން މިފަހަރު ފަޅާއެރި ދައްޖާލު ސަސްޕެންޑްކޮށްފިއެވެ. 

މައުލޫމާތު ލިބޭގޮތުންދަރިވަރުންގެ ކުރިމަތީގައި ހުރެ އެދައްޖާލުވަނީ ކަލަކު ވޮޑިގެންނުވާ ކަމަށް ވަކާލާތުކޮށް ކަލަކު ވޮޑިގެންވާ ކަމުގެ ހެކި ދެއްކުމަށް ދަރިވަރުންގެ ކިބައިން އެދި ގޮންޖަހައިފައެވެ. 

ރާއްޖޭގެ ތައުލީމީ ވުޒާރާ އާއި ގުޅިގެން ހިންގާކަމަށް ބެލެވޭ މިބޮޑު ޖަރީމާގެ ދަށުން އެތެރެކުރެވިފައިތި އެތައް ޓީޗަރުންގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ހުޅުމީދޫ ސްކޫލުން ފައުޅުވި ދައްޖާލުވަނީ ޤުރްއާނުގައިވަނީ ޚިޔާލީ ވާހަކަތަކެއް ކަމަށްވެސް ބުނެއެވެ. 

ދިވެހިން އިސްލާމް ދީނުން ބޭރުކުރަން މިސަރުކާރާއި ގުޅިގެން އިންޑިއާއޮތީ ވަރަށް ވާންކޮށް ފޫގަޅާލާފައިކަން އެންމެ ފަސޭހައިން އެނގިގެންދަނީ ދަރިވަރުންގެ ބޮލަށް ލާދީނީ ޗިޕް ޖަހަން މިކުރެވޭ މަސައްކަތްތަކުންނެވެ. މިފަދަ އެއް ދައްޖާލުންތައް އެހެން ބައެއް ސްކޫލްތަކުން ވެސް ފައުޅުވެފައިވާއިރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ފައުޅު ނުވެ ތިބި އަދަދެވެ. ދަރިވަރުންނާއި ބާއްވާ އެކަހެރި ބައްދަލުވުންތަކުގައާއި ޓިޔުޝަންދޭއިރު ޗިޕްޖަހާނެވަރު އެއީ އޮތް އެންމެ ބޮޑު ނުރައްކަލެވެ. މިކަންކަމަށް ބެލެނިވެރިން ސަމާލުކަންދިނުން ކިތަންމެހައިވެސް މުހިންމެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް