އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮމިކްރޮން ވޭރިއެންޓް ރާއްޖެއިން ފެނުނާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

އޮމިކްރޮން ވޭރިއެންޓް ރާއްޖެއިން ފެނުނާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އޮމިކްރޮން ވޭރިއެންޓް ރާއްޖެއިން ފެނުނާ ގުޅިގެން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭއިން) އިލްތިމާސް ކޮށްފިއެވެ.

މިކަމާގުޅިގެން އެޗްޕީއޭއިން ބުނެފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އިރުޝާދު ދީފައިވާ ގައިޑްލައިންތަކާއި، ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް އެދޭކަމަށާއި މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، އަތް ސާފުކުރުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫ ކްލިނިކަށް ދައްކައި ޓެސްޓްކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަނގަޅު ގޮތުގައި ކަރަންޓީނުވުމެވެ.

މީގެއިތުރުން، ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިންލަންސަށް ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުމާއި، އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި، އަތްދޮވުމާއި، އާންމުކޮށް އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުމާއި، ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން އެދިފައވާއިރު ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމާއި، އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމާއި، ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ އެންމެން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށާއި، ބޫސްޓަރ ޑޯޒް ޖެހުމަށް ކަނޑައެޅިފައިވާ މީހުން ބޫސްޓަރ ޑޯޒް ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު