އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ދީންތަކެއް އެއްކޮށްލަން ހިތްވަރުދޭފޮތެއް ރާއްޖޭގަ ވިއްކާ މައްސަލަ ބަލާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި

ހުރިހާ ދީންތަކެއް އެއްކޮށްލަން ހިތްވަރުދޭފޮތެއް ރާއްޖޭގަ ވިއްކާ މައްސަލަ ބަލާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ހުރިހާ ދީންތަކެއް އެއްކޮށްލަން ހިތްވަރުދޭފޮތެއް ރާއްޖޭގަ ވިއްކާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިފޮތުގެ މައްސަލަ ޢާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އެފޮތުގެ ޙަޤީޤަތް ނުއެނގި އެފޮތް ގަނެވުނު މީހަކު އެކަން ސަމާލުކަމަށް ގެނައުމުންނެވެ. 

މިފަދަ ފޮތްތައް ވިއްކުމާއި ގެންގުޅުމަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެދަށުން މަނާކަމެކެވެ. އަދި ފިޔަވަޅު އަޅަންވެސް ޖެހޭ ކަމެކެވެ. 

إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَن يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ

“ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމްދީނެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (ޙައްޤުގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން ޚިލާފް ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ޙަސަދަވެރިކަމުގެ ގޮތުންނެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ޙިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 19)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް