އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 ބާރުގެ ވެރިންގެ ގެތަކުގެ ހުރިހާ ޚަރަދަކަށް ބޭނުންވަރަކަށްކުރަން ދައުލަތުގަ ފައިސާ އެބަހުރި- ނެތީ ﷲ ގެ ގެކޮޅުތައް ބަލަހައްޓައި އިމާމުންލާނެ ފައިސާ!

3 ބާރުގެ ވެރިންގެ ގެތަކުގެ ހުރިހާ ޚަރަދަކަށް ބޭނުންވަރަކަށްކުރަން ދައުލަތުގަ ފައިސާ އެބަހުރި- ނެތީ ﷲ ގެ ގެކޮޅުތައް ބަލަހައްޓައި އިމާމުންލާނެ ފައިސާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ސަރުކާރު ހިންގަން ހަދައިގެން އުޅޭ ޤާނޫނެވެ ކިޔާފޮތުގައި ހިމެނޭ ދައުލަތުގެ 3 ބާރުގެ ވެރިން ދިރިއުޅުއްވާ ރަސްމީ ގެތަކުގެ ކަރަންޓްބިލަށް ކިތަންމެ ވަރަކަށް އެރިނަމަވެސް ދައްކައިދޭނެ ފައިސާ ދައުލަތުގައި އެބަހުއްޓެވެ. އެންމެ ބޭފުޅަކު ދިރިއުޅުއްވަން 100 އޭސީ ހިންގަންބޭނުންފުޅުވިނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. 

މިސްކިތްތަކަކީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އެގެކޮޅުތަކުގައި އޭސީއެއް ހަރުކޮށްލުމުގެ ހުއްދަދެނީވެސް ކަރަންޓްބިލާއި ޙަވާލުވާނެ ފަރާތަކުން އެކަމަށް ޖާމިނުވުމުންނެވެ. އެ ބިލް ދައްކައިލާނެ ފައިސާކޮޅެއް ދައުލަތުގައި ހުންނަކަމަކަށް ނުވެއެވެ. 

ހަމަ އެއާއިއެކު 3 ބާރުގެ ވެރިންގެ ގެކޮޅުތަކުގެ ސެކިޔުރިޓީ ބަލަހައްޓަން އަހަރަކު އެތައް ސަތޭކަ މިލިއަނެއް ޚަރަދުކުރާނެ ފައިސާ އެބަހުރެއެވެ. މާލެ ސިޓީގައި ހުރި 40 ވަރަކަށް މިސްކިތް ނަޖިސްކޮށް އެތަންތަނުގެ ޙުރުމަތް ކަނޑަމުން ގެންދާއިރު ސެކިޔުރިޓީ ބަލަހައްޓައިލެވޭނެ ވަރުގެ ފައިސާކޮޅެއް ދައުލަތަކު ނެތެވެ. 

ބައެއް ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުމުން އެސްޖީ، ސީޖީ، ފަދަ ނަންނަމުގައި އެއްވެސް ބޭނުމެއް ނެތި ކައުންސިލަށް މުވައްޒިފުން ވައްދައި ބޮޑު މުސާރަ ދޭނެ ފައިސާ ދައުލަތުގައި އެބަހުއްޓެވެ. ކޮންމެ މިސްކިތަކަށްވެސް 2 އިމާމުން ބޭނުންވާއިރު 2 ވަނަ އިމާމަކު ހަމަޖައްސައިލެވޭވަރުގެ ފައިސާކޮޅެއް ދައުލަތުގައި ހުންނަ ކަމަކަށް ނުވެއެވެ. 

އިމާމުން ކިތަންމެ ބޮޑަށް ފަރުވާތެރިވާން މަސައްކަތްކުރިނަމަވެސް އެއީވެސް އިންސާނުން ކަމުގައިވާތީ ނަމާދުވަގުތު ގާތްވެފައިވަނިކޮށް ކުއްލި ޙާލަތު ދިމާވެ ބަންގިނުގޮވެނީ މަދަކުން ނޫނެވެ. މީގެ އިތުރުން ޤުރްއާން ކިޔަވަން ނުފަރިތަ، ތަޖުވީދާ ބީރައްޓެހި އިމާމުން ތިބުމުން ރޭގަނޑުގެ ނަމާދުތައް ކުރާނެ އިމާމުންނަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ. 2 ވަނަ އިމާމަކަށް ފުރުޞަތުދޭނެ ވަގުތެއްގެ އިންތިޒާރުގައި މިހާރުވެސް އެތައް ބައިވަރު ޤުރްއާނާ ތަޖުވިދާ ރައްޓެހި އެތައް ބައަކު ތިބިކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް