އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މިއަދުނޫސް"ގެ ކިޔުންތެރިންގެ ޚިޔާލު: ރައްޔިތުން ޙާލުގަ ޖެހުމުން އިތުރަށް ދަރަނިވެރިވާން ނުޖައްސައި ޙައްލުކޮށްދެވެން ސަރުކާރަށް އެބަ އޮތް!

"މިއަދުނޫސް"ގެ ކިޔުންތެރިންގެ ޚިޔާލު: ރައްޔިތުން ޙާލުގަ ޖެހުމުން އިތުރަށް ދަރަނިވެރިވާން ނުޖައްސައި ޙައްލުކޮށްދެވެން ސަރުކާރަށް އެބަ އޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ތިރީގައި އެވަނީ މިއަދުނޫހުގެ ކިޔުންތެރިއެއްގެ ޚިޔާލެކެވެ. ކިޔުންތެރިޔާ ވިދާޅުވީ ޓެކްސީ ޑްރައިވަރަކު ޙާލުގައި ޖެހިގެން ޓެކްސީ ވިއްކާލަން ބެލިއިރު އެއިގަ ސްޓކާޖަހާފަހުރުމުން ސްޓިކާތަކުގެ ދަރަނި އަދާކުރުމުން ނޫނީ ކާރު ވިއްކާލިއަ ނުދިނުމަށްވުރެ ވިއްކާލާފައި ލިބޭ ފައިސާއިން އަހަރީ ފީ އާއި ސްޓިކާދަރަނި އަދާކުރެވޭނެ ގޮތެއް އޮތުން މާރަނގަޅުކަމަށެވެ. އެއިރުން ސްޓިކާ ދަރަނި އަދާނުކުރެވިގެން ކާރު ނުވިއްކި ލަސްވާން ނުޖެހޭނެ ކަމަށާއި ސްޓިކާ ދަރަނި އަދާކުރަން ސަލާންޖަހަން ނުޖެހޭނެ ކަމަށެވެ. 

ކިޔުންތެރިޔާގެ ބަސް:

އަމިއްލަ ފަރުދުން ގެ ވާހަކަތަކުން މުޖުތަމައުގެ ކަންކަން ރަގަޅު ވެގެން ނުގޮސްފާނެ. އެހެން ނަމަވެސް ސަރުކާރުން ކަންކަން ކުރާ ގޮތް ބަދަލު ވެއްޖެ ނަމަ ރައްޔިތުންގެ ތެރެއިން އެތަށް ބަޔަކަށް ލާބަ އާއި މަންފާ ވަގުތުން ލިބިގެން ހިގައި ދާނެ އެތައް ކަމެއް އެބަހުރި. 

އަޅުގަޑަށް ދާދި ފަހުން އެގުނު ކަމެއްގެ ވާހަކަ ދަންނަވާލަން މިފުރުސަތުގެ ބޭނުން ހިފާލުމަކީ ރަގަޅު ކަމެއް ކަމުގައި ދެކެމެވެ

. މީހަކު އޭނާ ކޮވިޑު ގެ ހާލަތާ ގުޅިގެން ގޭ ކުލި ނުދެއްކި އެތައް މަސްތަކެއް ދިޔައެވެ. 

އޭނާއަކީ ބާވެފައި ވާ ކާރެއް ގަނެގެން ޓެކްސީ ކުރާ މީހެކެވެ. އޭނާގެ ދަރަނި ބޮޑުވެ ސަލާމަތް ނުވާ ވަރަށް ދަރަނި ދިއުމުން އޭނާ ގަސްދު ކުރީ އަތުގައިވާ ހަމައެކަނި އާމްދަނީ ލިބޭ ވަސީލަތް ކަމުގައިވާ ކާރު ވިއްކާ ލުމަށެވެ. 

މިކަމަށް ތައްޔާރު ވުނަށް ކުރަން ޖެހޭކަންކަން ނިންމުމަށް މީނާ ކޯޓަށް ދިޔަ އެވެ. ކޯޓުން ވިދާޅުވީ މީރާއަށް އެކިފަހަރު މަތިން ސްޓިކަރ ޖެހުމާ އަދި އަހަރީ ފީ ނުދައްކާ އެބަހުރިކަމަށެވެ. އެހެން ވީމާ އެ ފައިސާ ދައްކާ ޚަލާސް ކުރުމަށް ފަހު މީރާ އިން ދޭ ލިއުން ކޯޓަށް ހުށަ އެޚުމުން ކާރު ވިއްކާލުމުގެ ހުއްދަ ލިބޭނެ އެވެ. 

އެހެން އެންގުމުން މީނާ އަށް ޖެހުނީ އެކި މީހުންނަށް ދަރައިގެން ފައިސާ ހޯދާ ށެވެ ފައިސާ އެތައް ބައެއް ގެ އަތުން ނަގާ މީރާ އަށް ދެއްކުމުން ދަރަނިތައް އަދާ ކުރި ކަމުގެ ލިއުމެއް މީރާ އިން ދިނެވެ. މިލިއުން ކޯޓަށް ހުށަ އެޅުމުން ކާރު ވިއްކާލުމުގެ ހުއްދަ ލިބި ގެން ދިޔަ އެވެ. އެ ހުއްދަ ލިބެން އެތައް މަސްތަކެއް ވެގެން ދިޔައެވެ. ގިނަ މަސްތަކެއްވާން ދިމާވި ސަބަބަކީ ދަރަނި ވެރި ވެގެން ގޭ ކުލި ނުދެއްކި ގެން އުޅޭ މިހެއް ވީމަ ކޮންމެ ރައްޓެއްސެއް ވެސް ދަރަނި ދިނުމަށް އިންކާރު ކުރީ އެވެ

. މިހެން މިކަން ކުރުމަށް ވުރެ ރައްޔިތު މީހާ އަށް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެ އުސޫލެއް ގާއިމް ވެއްޖެ ނަމަ ހަމަ ކަށަވަރުން ވެސް އެތައް ރައްޔިތުން ތަކަކަށް އެކަމުން ފަސޭހަ ތަކެއް ވެގެން ދާނެއެވެ. މިސާލަކަށް ކާރު ވިއަކާލުމަށްފަހު ދަރަނި ދެއްކޭނެ އުސޫލެއް އޮތްނަމަ (ކާރު ވިއްކާފައި ލިބޭ ފައިސާ ކޯޓަށް ނުވަތަ މީރާއަށް ދެއްކުމުން ދައުލަތުގެ ދަރަނި ކަނޑާފައި ބާކީފައިސާ ދޭނެ ނަމަ) އޭނާ އިތުރު ބައަކަށް އާދޭސް ކޮށްގެން ލާރި ހޯދަން ދިޔަ ގިނަ ދުވަސް ތަކާއި މަސް ތައްވެސް ނުދިޔައީ ހެވެ. އިތުރު ދަރަނި ތަކެއްވެސް ބޮލުގައި ނޭޅޭނެ އެވެ.  މިކަން މިގޮތަށް އިސްލާހު ވެއްޖެ ނަމަ އެއީ ރައްޔިތުން ނަށް ވެގެންދާނެ ބޮޑު ފަސޭހައެކެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް