އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޑިޔުކޭޝަން މިނިސްޓްރީން ޤުރްއާނާ އިސްލާމް ފޮތުގެ މައްސަލައިގަ އަނބުރާ އުޑިއަށް ނައިބްރައީސާ މަބްރޫކުގެ ބަސްފުޅަކަށް ބޭނުންވެފަ!

އެޑިޔުކޭޝަން މިނިސްޓްރީން ޤުރްއާނާ އިސްލާމް ފޮތުގެ މައްސަލައިގަ އަނބުރާ އުޑިއަށް ނައިބްރައީސާ މަބްރޫކުގެ ބަސްފުޅަކަށް ބޭނުންވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ޤުރްއާނާއި އިސްލާމް ގްރޭޑް 1 އިން 12 ކިޔަވައިދޭ ފޮތްތަކުގައި ޤުރްއާނުގެ އާޔަތްތައް ނުލިޔެ އާޔަތްތަކުގެ ނަމްބަރު ޖަހަން އެޑިޔުކޭޝަން މިނިސްޓްރީން އަމުރުކުރާ ސިޓީއެއް ހާމަވެއްޖެއެވެ. 

ނޮވެމްބަރުމަހުގެ 25 ވަަނ ދުވަހު ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބަށް ފޮނުވި ސިޓީއާއި ގުޅިގެން ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުލުކުރައްވަމުންނެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ފޮތުގައި އާޔަތްލިޔާއިރު ކުށެއް ލިޔެވުމަކީ އާޔަތް ނުލިޔަންވީ ސަބަބެއް ނޫން ކަމަށާއި ޖެހޭނީ ލިޔެވުނު ކުށް ރަނގަޅުކުރަން ކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެޑިޔުކޭޝަން މިނިސްޓްރީން މިކަމާއި ގުޅިގެން ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރަމުން އަންނަކަން މިހާރު ވަނީ ފާހަގަކުރެވިފައެވެ. ދޮގު ފަތުރާ އަންހެނަކު ތައުލީމީ ވަޒީރަކަށް ބެހެއްޓުމަކީ ދަރިވަރުންނަށް ދެވޭ ރަނގަޅު މެސެޖަކަށްވާނެކަމާއިމެދު ވެސް މިހާރު މިވަނީ ސުވާލު އުފެދިފައެވެ. 

"އެޑިޔުކޭޝަން މިނިސްޓްރީއަކީ ދަރިންތަރުބިއްޔަތު ކުރުމުގެ މާތްޒިންމާ ބޮލުއަޅައިގެންތިބިފަރާތް! މިތަނުން އިސްލާމީކަންކަމާ ވީހާ ފެޔަށްކުދިންގެންދެވޭތޯ އުޅޭކަހަލަ! އާޔަތްތައް ކަނޑަން ތިޔަދިންއޯޑަރު އަނބުރައިގެންގޮސް މިނިސްޓްރީ ހަމަމަގަށް ރުޖޫޢަވުމަށް ގޮވާލަން! މަޤާމަކީ ވަގުތީއެއްޗެއް!": ޝައިޚް ޢަލީ ޒައިދު 

އަރަބިއްޔާގެ ސީލިންގ ވެއްޓުނީމާ ސްކޫލް އުވާލަން އެއިރުކުރި މަސައްކަތާއި އެޑިޔުކޭޝަން މިނިސްޓްރީން މިހާރު މިއަނބުރާ "އުޑި" އާ ހުރީ ކޮން ތަފާތެއްކަމާއިމެދުވެސް ސުވާލުއުފެދެއެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގެ ޥާހަކަތަކާ މިފެންނަ ސިޓީ އާއި ކަންކަން ދިމާނުވާތީ މިހާރު ބޭނުންވަނީ ނައިބްރައީސް ފައިޞަލް ނަށީމް އާއި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކުގެ ބަސްފުޅެއްކަމަށް ބެލެވެއެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް