އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމަރަފުށީގަ ﷲ އަށް ފުރައްސާރަކުރާބަލި ޖެހިފަހުރި އަންހެނާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައެއް ނެތް.!: ޖެންޑަރ މިނިސްޓްރީ

ތިމަރަފުށީގަ ﷲ އަށް ފުރައްސާރަކުރާބަލި ޖެހިފަހުރި އަންހެނާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައެއް ނެތް.!: ޖެންޑަރ މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ތިމަރަފުށީގަ ﷲ ތައާލާއަށް ފުރައްސާރަކުރާބަލި ޖެހިފަހުރި އަންހެނާގެ ނަފްސާނީ މައްސަލައެއް ހުރިކަން މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. 

ޖެންޑަރ މިނިސްޓްރީން "މި ފަރާތާއެކު މިހާތަނަށް ކުރެވުނު މަސައްކަތުން މިފަރާތުގެ ނަފްސާނީ އެއްވެސް ބައްޔެއް ހުންނަކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިނުވެއެވެ." މިޖަވާބުދިނީ ތިރީގައިވާ ލިޔުން އެ މިނިސްޓްރީއަށް ފޮނުވައި ކުރި ސުވާލުތަކުގެ ޖަވާބުގައެވެ. 

ލިޔުމާ ސުވާލުތައް: 

ނަފްސާނީ ބަލިޖެހުމުން ﷲ ތަޢާލާއަށް އެއްޗެތިގޮވާހިތްވުން- މީހުންގެ ބަދަލުގަ ޤައުމަށް ބޭސްކުރަންޖެހިފަ އޮތް ބޮޑުވަބާއެއް!  

ޢަބްދުއްލަޠީފް 

މީގެ 20-15 ވަރަކަށް އަހަރުކުރިން ޢިމާރާތް ކުރުމުގެ މަސައްކަތެއްގައި ގުރައިދޫ މަރުކަޒުގައި ދުވަސްތަކެއް ވަންދެން އުޅެން ޖެހުނެވެ. ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ ގިނަބައަކު އެތަނުގައި ތިއްބެވެ. އެއްވެސް މީހަކު ﷲ ތަޢާލާއަށް ނުވަތަ އިސްލާމް ދީނަށް އެއްޗެތިގޮވާ އަޑެއް ނާހަމެވެ. 

ނަފްސާނީ ބައްޔަށް ބޭސްކުރާ މީހަކާއި ކޮންމެ ދުވަހަކު ބައްދަލުވެ އެއްގެއެއްގެ ތެރޭގައިވެސް 15 ވަރަކަށް އަހަރު އުޅެވުނެވެ. އެފަދަ އަޑެއް އޭނާގެ ކިބައަކުންވެސް ނާހަމެވެ. 

މިއަދު މިފެންނަނީ މައްސަލަ މުޅިން އެހެން ގޮތަކަށް ފުރޮޅިގެންދާތަނެވެ. ކުއްލިއަކަށް އައިސްގެން އުޅޭ މިބަދަލު އައި ސަބަބު ފުންކޮށް މިވަނީ ދިރާސާކުރަންޖެހިފައެވެ. އަލަށް ތަޢާރަފްވި ކޮރޯނާއިން ދިފާޢުވުމަށް މީހުންނަށް ވެކްސިން ދިން ފަދައިން މިއީ ރާއްޖެއަށް (ޤައުމަށް) ފަރުވާކުރަންޖެހިފައިވާ މައްސަލައެއްކަން މިހާރު މިވަނީ އެނގިފައެވެ. 

ސުވާލު: ތިމަރަފުށީ އަންހެން މީހާއަކީ ކުރިންވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވެފައިވާ އަންހެނެކެވެ. ނަފްސާނީ ބައްޔެއް ހުރެގެން ފަރުވާދިން ކަމަށް ބުނެއެވެ. 

1- އެފަހަރު އޭނާއަށް ފަރުވާދިނީ ކޮންތަނަކުން ކޮން ގޮތަކަށްތޯ؟

2- މިނިވަންކޮށް ދޫކޮށްލީ އެއްވެސް މީހަކާ ޙަވާލުކޮށްފަތޯ؟ 

3- އެހެންކަމަށްވާނަމަ ނުބެލެހެއްޓީމަ ބެލެނިވެރިޔާ އާ ދައުވާ ނުކުރަނީ ކީއްވެގެންތޯ؟ 

4- މިހާރު އެ އަންހެނާ ކޮބައިތޯ؟

މި ސުވާލުތައް ކުރަން ޖެހުނީ އެ މައްސަލައިގަ ތިއަ މިނިސްޓްރީ އާ ގުޅިގެން ކަންތައްތަކެއް ކުރާ ކަމަށް ފުލުހުން ބުނާތީ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް