އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުނާމީގަ ކުރިމަތިވި ކަންކަމަކީ ހިތްދަތިކަން ބޮޑު ކަންތައްތަކެއް ނަމަވެސް ލުއިވެގެން ދިއައީ ރައްޔިތުން ދެއްކި އެއްބައިވަންތަކަމުން: ރައީސް ޞާލިޙް

ސުނާމީގަ ކުރިމަތިވި ކަންކަމަކީ ހިތްދަތިކަން ބޮޑު ކަންތައްތަކެއް ނަމަވެސް ލުއިވެގެން ދިއައީ ރައްޔިތުން ދެއްކި އެއްބައިވަންތަކަމުން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ސުނާމީ ކާރިސާ ކުރިމަތިވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 199 ރަށުގެ ތެރެއިން 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށާއި ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައިވެސް، އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަންކަމަށާއި އެކަކު އަނެކަކަށް އެހީތެރިވެދިނީ، އެއް ޢާއިލާއެއްގެ މީހުން ފަދައިން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންނަސް ތަޢްރީފް ކުރައްވައިފިއެވެ. 

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން: .

އަޅުގަނޑުމެން މިއަދު އެއްބައިވަންތަކަމުގެ ދުވަހެއް މި ފާހަގަކުރަނީ، ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި، ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި، އަޅުގަނޑުމެން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުން. އެއީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26ވީ އާދީއްތަ ދުވަސް. ސުނާމީގެ ބިޔަ ރާޅުގައި މުޅި ރާއްޖެ ދޮވެލި ދުވަސް. މިއަދަކީވެސް ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހެއް.

އެ ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. އެ ހުރިހާ އަޚުންނާއި އުޚްތުން، اللهُ سُبْحَانَهُ وَتَعَالَىގެ ހެޔޮ ރަޙްމަތުގައި ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ސުނާމީ ކާރިސާ ކުރިމަތިވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 199 ރަށް އޮތް. އޭގެ ތެރެއިން 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު. ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައިވެސް، އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން. އެކަކު އަނެކަކަށް އެހީތެރިވެދިނީ، އެއް ޢާއިލާއެއްގެ މީހުން ފަދައިން.

ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެގެންދިޔަ. އަހަރުތަކެއް ވަންދެން އެމީހުން ދިރިއުޅެން ޖެހުނީ އެކި ރަށްރަށުގައި ހެދި ވަގުތީ ހިޔާތަކުގައި. އެއީ ވަރަށްދަތި ދިރިއުޅުމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެ ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ މެދުގައި އޮތީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް.

ސުނާމީ ކާރިސާގައި، އަލުން އާރާސްތު ކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެންދިޔަ. ބައެއް މީހުން ޢުމުރުދުވަހުގެ މަސައްކަތުން ކޮޅަށްޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނު. އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެންދިޔަ. އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީ، އަޅުގަނޑުމެންގެ ތެރޭގައި މި އޮތް އެކުވެރިކަމާއި އޯގާތެރިކަން.

އަޅުގަނޑުމެން މިހާރު ތަޙައްމަލު ކުރަމުން މިދަނީ، ޤުދުރަތީ ބޮޑު ކާރިސާއެއް ނޫނަސް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭތާ މިވަނީ ދެ އަހަރު. ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އަޅުގަނޑުމެން އުޅެންޖެހުނީ ވަރަށް ދަތި ޙާލެއްގައި. ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، ރާއްޖޭގެ މުޅި އާބާދީއަށް، އެކަމުގެ ގެއްލުންތައް ލިބުނު.

މި ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން. ގޭގެޔަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި، އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރި. އަމިއްލަ ޢާއިލާއާ ދުރުގައި، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި އެތައް ދުވަހެއް ވަންދެން، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު