އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ސަޖިދަކުރާއިރު ވާހަކަ ނުދެއްކޭ ތިބާގެ ތުއްތު ދަރިފުޅު ސަޖިދަ ކުރަނީ އެކަންކުރަން ކާކު ބުނެގެން ހެއްޔެވެ؟: މުފްތީ މެންކް

ތިބާ ސަޖިދަކުރާއިރު ވާހަކަ ނުދެއްކޭ ތިބާގެ ތުއްތު ދަރިފުޅު ސަޖިދަ ކުރަނީ އެކަންކުރަން ކާކު ބުނެގެން ހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ތިބާ ނަމާދަށް ފަށާއިރަށް ތިބާގެ އަދި ވާހަކަވެސް ނުދެއްކޭ ތުއްތު ދަރިފުޅު އައިސް ކައިރީގައި ހުއްޓި އޭނާއަށް އެނގޭ ގޮތަށް ނަމާދުކުރަން ފަށައެވެ. ސަޖިދަކުރުމުން ސަޖިދައަށްވެސް ދެއެވެ. ޙަޤީޤަތުގައި ތިބާ ބޭނުންވާނީ އެވަގުތު ދަރިފުޅު ތިބާ އާއި ދުރުގައި ހުރުމަށެވެ. ނަމާދު ފުރިހަމަކުރުމަށްޓަކައެވެ.

 

ސުވާލަކީ އެ ކުއްޖާ އެ ގޮތަށް ކަންކަން އެކުރަނީ ކާކު ބުނެގެން ހެއްޔެވެ؟ ތިބާއެއް ނުބުނެއެވެ. ގޭގެ އެހެން މީހަކުވެސް ނުބުނެއެވެ. ދެން ބުނީ ކާކު ހެއްޔެވެ؟

 

ޖަވާބަކީ ކުއްޖާއަށް އެކަންކަން ދަސްވަނީ އެއްވެސް މީހަކު ބުނެގެން ނޫންކަމާއި ދަސްވަނީ ތިބާ އޭނާގެ ކުރިމަތީގައި ކުރާ އަމަލުތަކުގެ ސަބަބުން ކަމެވެ. މާނައަކީ ދަރިފުޅު ކޮޕީ އެކުރަނީ މައިމީހާގެ ނުވަތަ ގޭތެރެއިން ފެންނަ އަމަލުތަކެވެ. މިކަމުން އަންގައިދެނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިން ބަފައިން ނަމޫނާ ދައްކަން ޖެހޭނެ ކަމެވެ.

 

ބައެއް ބެލެނިވެރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމަންނަމެން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް ސްކޫލާއި ޓިޔުޝަން ސެންޓަރުތަކުން ނުވަތަ ކިޔަވައިދޭން ގެއަށް ގެންނަ ޝައިޚު ނުވަތަ އުސްތާޛްގެ ކިބައިން ކުދިންނަށް ބޭނުންވާ ހުރިހައި ކަންކަމެއް ދަސްވާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ކުށް ހީ އެކެވެ.

 

ކުދިންނަށް ސްކޫލްތަކުންނާއި އެހެން ތަންތަނުން ދަސްވާނީ ކިޔަވަން ގެންގުޅޭ ފޮތްތަކުގައި ހުންނަ ފިލާވަޅުތަކެވެ. އުޅެންވީ ގޮތް ދަސްކުރާނީ މައިންބަފައިންގ ކިބައިންނެވެ. ވީމާ ކިތަންމެ މޮޅު ސްކޫލަކަށް ނުވަތަ ޔުނިވަރސިޓީއަކަށް ފޮނުވި ނަމަވެސް އެކަމުގެ ހަޤީޤީ ފައިދާ ދަރިންނަށް ކުރާނީ މައިން ބަފައިން ދަރިންނަށް ރަނގަޅު ނަމޫނާ ދައްކައިދޭނަމައެވެ.

 

މިކަމާއިމެދު މިޒަމާނުގެ ބެލެނިވެރިން ދެކެނީ މުޅިން ތަފާތު ގޮތަކަށެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެންމެ އަގުބޮޑު ސްކޫލަށް ނުވަތަ ޔުނިވަރސިޓީއަށް ދަރިން ފޮނުވުމުން ހުރިހާ ޒިންމާއެއް އަދާކުރެވުނީ ކަމަށެވެ. އެއީ ހަމަ ސުމެއްގެ ވިސްނުމެކެވެ. މައިން ބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މުހިންމު ޒިންމާއަކީ ދަރިންނަށް ނަމޫނާ ދައްކައިދިނުމެވެ. ދަރިން އިސްލާމް ދީނުގައިވާ ގޮތަށް ތަރުބިއްޔަތުކުރުމެވެ. އެކަންކަމަކީ އެއްވެސް ސްކޫލަކުން އަދި ޔުނިވަރސިޓީއަކުން ކޮށްދެވޭނެ ކަންކަމެއް ނޫނެވެ. ކިތަންމެ އަގު ބޮޑު ސްކޫލަކަށް ނުވަތަ ޔުނިވަރސިޓިއަކަށް ދަރިން ފޮނުވި ނަމަވެސް އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް ދަރިން  ތަރުބިއްޔަތުކުރުމުގެ ޒިންމާ ނުއުފުލައިފި ނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.

 

ދެން ބުނަން އޮތީ މިޒަމާނުގެ ބެލެނިވެރިން އެންމެ އަޑުއަހަން ބޭނުން ނުވާނެ ވާހަކައެވެ. އެއީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ދެމަފިރިން ވަކިނުވެ އެކުގައި ދިރިއުޅެ، ދަރިން ތަރުބިއްޔަތުކުރަން އެކުގައި މަސައްކަތްކޮށްގެން ކަމުގެ ވާހަކައެވެ. ކިތަންމެ ވަރަކަށް އަޑުހަން ބޭނުން ނުވި ނަމަވެސް މިއީ މިކަންތައް އޮތްގޮތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް