އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއަށް އޮތް 3 ހަފްތާގައި ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް: ރައީސް

ކުރިއަށް އޮތް 3 ހަފްތާގައި ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ކުރިއަށް އޮތް 3 ހަފްތާގައި ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގައި އަލަށް ފެތުރެމުން އަންނަ ކޮވިޑް ވޭރިއަންޓަކީ އިންޒާރެއް ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ މި ވޭރިއަންޓުގެ ބިރު ރާއްޖެއަށް ވެސް އެބައޮތް ކަމަށާއި އާ ވޭރިއަންޓާ ގުޅިގެން ޓެގް ޓީމާއެކު އިއްޔެ މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ހާލަތު ގޯސްވެދާނެ ކަމުގެ ފުރުސަތު އޮތް ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސިއްހީ މާހިރުން އަޅުގަނޑުމެންނަށް ލަފާ ދެއްވީ ކުރިއަށް މިއޮތް ތިން ހަފްތާއަކީ އަނެއްކާ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ތިން ހަފްތާކަމަށް، އެއީ މި ވޭރިއަންޓު މިހާރު ރާއްޖޭއިން ފެނިފައިވާތީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސިއްހީ މާހިރުންގެ އިރުޝާދުގެ މަތީން ކޮވިޑާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށެވެ. އަދި ތަންތަން ބަންދު ނުކޮށް، އާންމު ހާލަތަކައިގެން ކުރިއަށް ދިއުމަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު