އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއަށް ދަތުރުކުރާ ނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭ!

އިންޑިއާއަށް ދަތުރުކުރާ ނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

އިންޑިއާއަށް ދަތުރުކުރާ ނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިފިއެވެ.

ކޮވިޑާއި ދެކޮޅަށް އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ގޭގައި ހަތް ދުވަހުގެ ކަރަންޓީނެއް ފުރިަހަމކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވަނީ 11 ޖެނުއަރީ 2022 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެން ކަމަށް މައުލީމާތުވަނީ ލިބިފައެވެ. 

މީގެއިތުރުން އިންޑިއާ އަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް-19 ޕީސީއާރް ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހިމަނައި، ހުށަހަޅާ މައުލޫމާތުގެ ސައްހަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ހަމަޖައްސާފައިވެއެވެ.

އެހެންނަމަވެސް އިންޑިއާއަށް އެކުގައި ދަތުރުކުރާ 5 (ފަހެއް) އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 (އަށެއް) ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު