އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ- 1

ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ- 1


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް 

 

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޛުލްޤަރުނައިންއަކީ، އަރަހުށި މާތްﷲ އެބޭކަލަކަށް ގިނަގުނަ ނިޢުމަތްތެކެއް ދެއްވި ރަސްކަލެކެވެ. ބައެއް ރިވާޔަތްތައްތަކުގައި އެކަލޭގެފާނަކީ ނަބީބޭކަލެއްކަމަށާއި، އަނެއްބައި ރިވާޔަތްތަކުގައި އެކަލޭގެފާނަކީ މަލާއިކަތްބޭކަލެއް ކަމަށްވެސް ބަޔާންވެގެން އައިސްފައިވެއެވެ. ނަމަވެސް ފަހުން މިދެންނެވި ދެބުނުމަށް ތާޢީދު ލިބޭ އެއްވެސް ޞައްޙަ ޙަދީޘެއް ނުވަތަ ޤުރްއާނުގެ އާޔަތެއް ނުވެއެވެ.

ތާރީޚުގައި: 

ޛުލްޤަރުނައިންއާ ބެހޭގޮތުން ޤުރްއާނުގައިވާ މިންވަރު ފިޔަވައި، އިތުރަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވާހަކަތައް ބަޔާންވެފައިވާ ޙަދީޘެއް ތާރީޚު ފޮތްތަކުގައި ޢިލްމުވެރިން ބަޔާންކޮށްފައެއްނެތެވެ. ޣަރީބު ޙަދީޘެއްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

مَا أَدْرِي أَتُبَّعٌ كَانَ لَعِينًا أَمْ لَا ، وَمَا أَدْرِي أَذُو الْقَرْنَيْنِ كَانَ نَبِيًّا أَمْ لَا….){ المستدرك على الصحيحين،كِتَابُ التَّفْسِيرِ، تَفْسِيرُ سُورَةِ حم الدُّخَانِ،حديث رقم 3640}

މާނައީ: [ތުއްބަޢު އަށް ލަޢުނަތްލެއްވިކަމެއް ނުވަތަ ނޫންކަމެއް ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. ޛުލްޤަރުނައިނަކީ، ނަބިއްޔެއްކަމެއް ނުވަތަ ނޫންކަމެއް ތިމަންކަލޭގެފާނަށް އެނގިފައެއްނެތެވެ.]

މިދެންނެވި ޙަދީޘާމެދު ޙަދީޘް ޕޯޓަލްގައި އޮންނަނީ، [هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ وَلَمْ يُخَرِّجَاهُ] މި ޙަދީޘަކީ ދެ ޝައިޚުން ޔަޢުނީ ބުޚާރީ އާއި މުސްލިމުގެ ޝަރްތުތަކުގެ މައްޗަށް ޞަޙީޙު ޙަދީޘެއް ކަމަށެވެ. ނަމަވެސް އެބޭކަލުން މި ޙަދީޘް ރިވާ ކުރައްވައިފައެއްނުވެއެވެ.

{http://hadithportal.com/index.php?show=hadith&h_id=3640&book=37} 

ނަމަވެސް ކުރިން ދެންނެވުނު ފަދައިން އަލްބިދާޔާ ވައްނިހާޔާގައިވަނީ މި ޙަދީޘަކީ ޣަރީބު ޙަދީޘެއް ކަމުގައެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 537} 

ކުރިން ދެންވިފައިވާނެ ފަދައިން ޛުލްޤަރުނައިންއާ ބެހޭ ގޮތުން ވާރިދުވެގެން އައިސްފައިވާ ވަރަށް ގިނަ ތާރީޚީ ރިވާޔަތްތަކެއް ތަފްސީރު ފޮތްތަކާއި ތާރީޚު ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. ތާރީޚަކީ މާބޮޑު އިތުބާރެއްހުރި އެއްޗެއް ނޫނެވެ. އެފަދަ ތާރީޚީ ރިވާޔަތްތައް އެއްރިވާޔަތް އަނެއް ރިވާޔަތާ ވަރަށް ފުށުއެރުންވެސް ބޮޑެވެ. އެހެން ނަމަވެސް ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި، އިބްނު ކަޘީރު އޭނާގެ ތާރީޚުގައި ލިޔުއްވައިފައިވާ ބައެއް ރިވާޔަތްތައް މިތަނުގައި ނަކަލުކުރަން ޤަސްތުކުރަމެވެ.

ޛުލްޤަރުނައިންއާ ބެހޭގޮތުން ވާރިދުވެގެންވާ ބުނުންތަކުގެ ތެރެއިން އެންމެ ޣަރީބު ނުވަތަ ޟަޢީފު ބުނުމަކީ އެކަލޭގެފާނަކީ މަލާއިކަތްބޭކަލެއް ކަމުގައި ބުނާ ބުނުންކަމަށް އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ، އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. އެއްފަހަރު ޢުމަރުގެފާނަށް، މީހަކު އެހެން މީހަކާ ދިމާއަށް [ޛުލްޤަރުނައިން] އޭ ކިޔާ ގޮވައިލި އަޑު އިވިވަޑައިގަތެވެ. އެ ވަގުތު އެކަލޭގެފާނު ވިދާޅުވިއެވެ. [ޚަބަރުދާރެވެ. ނަބީބޭކަލުންގެ ނަންފުޅުތަކުން ތިޔަބައިމީހުންގެ ނަފުސުތަކަށް ނަންދިނުމުން ތިޔަބައިމީހުންނަށް ނުފުދުނީ ހެއްޔެވެ؟ މިހާރު ތިޔަ ކިޔަނީ މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުންނެވެ.] ކުރިން ދެންނެވުނު ފަދައިން މި ބުނުމަކީ ޣަރީބު ރިވާޔަތެކެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 537}

އަދ ނުނިމޭ- 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
13%
ރަނގަޅު
20%
އޯކޭ
44%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު