އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރަށް ދިއަކަމަށް ނަން ނުލިޔުއްވާނެ ގޮތަށް ހުކުރަށްދިއުން- ދަރިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެއް!: އިމާމް

ހުކުރަށް ދިއަކަމަށް ނަން ނުލިޔުއްވާނެ ގޮތަށް ހުކުރަށްދިއުން- ދަރިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެއް!: އިމާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

"އިމާމް މީހާ މިންބަރަށް އަރައި ޚުޠުބާކިޔަން ފަށާފަހުން ހުކުރަށް ދިނަމަވެސް ނަމާދު ޞައްޙަވާނެއެވެ. އެހެނަސް ނަމާދުގެ ޘަވާބުން ވަރަށް ބޮޑުބައެއް އުނިވެގެންދާނެއެވެ. 

ހުކުރަށްދާ މީހުން، މިސްކިތަށް އަރާތަރުތީބުން މަލާއިކަތް ބޭކަލުން ހުކުރަށްދާ މީހުންގެ ނަންތައް ލިޔުއްވަވާނެތެވެ. އިމާމް މީހާ މިންބަރަށް އަރައި ޚުޠުބާކިޔަން ފެށުމުން މަލާއިކަތްބޭކަލުން އެބޭކަލުން މީހުންގެ ނަން ލިޔުއްވާ ފަތް ބަންދުކޮށްލައްވަވައި ޚުޓުބާ އަުއައްސަވަން ފަށްޓަވަތެވެ. ވީމާ އެހިސާބުން ދެން ހުކުރަށްދާ މީހުންގެ ނަން އެފަތުގައި ނުލިޔުއްވަވާނެތެވެ. ވީމާ ޝަރުޢީ ޢިޛުރެއްނެތި ހުކުރަށް ދިއުން ލަސްކޮށްގެން ނުވާނެއެވެ." 

- މިއަދުގެ ޚުޠުބާއިން 

މިވާހަކަތަކަކީ ޚުޠުބާ ތަކުންނާއި ދަރުސްތަކުން ވަރަށް ގިނައިން އަޑުއިވޭ ވާހަތަކެއް ނަމަވެސް ހިތާމައަކީ މިވާހަކަތަކަށް ސަމާލުކަން ނުދެވޭ މީހުން ގިނަވަމުން އަންނަކަމެވެ. އެމީހުންގެ ދަރިން ގޮވައިގެން ހުކުރަށްދާއިއރުވެސް އެންމެ ކުޑަމިނުން ޚުޠުބާ ފަށަންވާއިރަށްވެސް ނުދެވޭކަމެވެ. 

އެއިރުން ދަރިންނަށް ދަސްކޮށް އެދެވެނީ ކޮންފަދަ ނުބައި އާދައެއްތޯއެވެ؟ އެދެވެނީ ކޮންފަދަ ނުބައި ތަރުބިއްޔަތެއްތޯއެވެ؟ އިތުރަށް ވިސްނާލަން ނުވޭތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް