އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫނުބުރުގާއަޅާ ޓީޗަރުންގެ ދިފާޢުގަ ބުރުގާ އަޅާ ކަނބަލުން ނުކުމެއްޖެ! ދެކޮޅުހަދަނީ ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހުން!

މޫނުބުރުގާއަޅާ ޓީޗަރުންގެ ދިފާޢުގަ ބުރުގާ އަޅާ ކަނބަލުން ނުކުމެއްޖެ! ދެކޮޅުހަދަނީ ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މޫނުބުރުގާ އަޅާ ކަނބަލުންދިފާޢުގައި ބުރުގާއަޅާ ކަނބަލުން ގެންދަވަނީ ޙައްޤު ބަސް ވިދާޅުވަމުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އަޢުރަ ނިވާކުރުމުގެ އެންމެ ކުޑަ މިންގަނޑުކަމުގައިވާ ދިވެހިން ޢާންމުކޮށް ކިޔާ މިންގަނޑަށް (ބުރުގާއެޅުން) އަޢުރަ ނިވާކޮށްގެން ތިބޭ އަންހެނުންވެސް މޫނު ބުރުގާ އެޅުމަށް ދެކޮޅެއް ނުހަދާނެއެވެ. 

ފެޝަނަކަށް ބުރުގާ އަޅާ އަންހެނުންނާއި ބުރުގާ ނާޅާ އަންހެނުންނާއި ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށް ހިތުގައި ބިރުވެތިކަމެއް ނެތް ފިރިހެނުންގެ ވިސްނުން ތަފާތުވެދާނެއެވެ. މޫނުބުރުގާ އެޅުމާއި ދެކޮޅުހަދާނަމަ އެމީހަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ވަރެއްގެ ބިރުވެތިކަން ނެތް މީހެކެވެ. 

އެހެނީ މޫނުބުރުގާ އެޅުމަކީ ވާޖިބެއް ނޫން ނަމަވެސް އެއީ އަންހެނުން ނިވާވާން އޮތް އެންމެ މަތިވެރި ދަރަޖައެވެ. އެއްވެސް މުސްލިމަކަށް އެކަމަށް ދެކޮޅެއް ނުހެދޭނެއެވެ. 

އިސްލާމް ދީނުގައި އޮތީ ހަމައެކަނި ފަރުޞު ނުވަތަ ވާޖިބު ކަންކަން ކުރުމެއް ނޫނެވެ. މިސާލަކަށް ރަވާތިބު ސުންނަތުގެ 12 ރަކްޢަތްކުރުން ވާޖިބެއް ނޫނެވެ. ތަރާވީޙް ނަމާދާއި ވިތުރި އާއި ތަހައްޖުދު ނަމާދުކުރުމަކީ ވާޖިނުކަމެއް ނޫނެވެ. އެ ނަމާދުތައް ކުރަނީ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރުމަށެވެ. ގިނަ ޘަވާބު ހޯދުމަށެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށެވެ. 

ލިޔުމުގަައިވާ ޓްވީޓުން މޫނު ބުރުގާ އަޅައިގެން ތިއްބެވި ބައެއް ޓީޗަރުންނާ އެކު މަސައްކަތް ކުރައްވާފައިވާ ޔުމްނާގެ ޝުޢޫރު ވިދާޅުވާށެވެ. މޫނުބުރުގާ އަޅާތީ އެކަނބަލުންގެ މަސައްކަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނާންނަކަން ޔުމްނާ ވަނީ ބަޔާންކުރައްވައިފައެވެ. އަދި އެކަނބަލުންނާއިއެކު މަސައްކަތްކުރުމުން ހިތްހަަމޖެހުން ލިބިލއްވާކަންވެސް ވަނީ ހާމަކުރައްވައިފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް