އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަދާލަތު ޕާޓީގަ ޢަދާލަތުކަން ނެތުމުން ޝައިޚް ޢަލީ ޒައިދު ޢިލްމްވެރިންގެ މަޖިލީހުން އިސްތިޢުފާ ދެއްވައިފި

ޢަދާލަތު ޕާޓީގަ ޢަދާލަތުކަން ނެތުމުން ޝައިޚް ޢަލީ ޒައިދު ޢިލްމްވެރިންގެ މަޖިލީހުން އިސްތިޢުފާ ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

"މިއަދުންފެށިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އަޅުގަނޑު އިސްތިއުފާދީފީމެވެ. ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހާމެމްބަރުން އަޅުގަނޑާމެދު ޢަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ." 

- ޝައިޚް ޢަލީ ޒައިދު 

ޢަލީ ޒައިދު އިސްތިޢްފާ ދެއްވި ސަބަބު ބަޔާންކުރައްވާފައި ނުވިނަމަވެސް ޢަދާލަތު ޕާޓީން ކޮމަންޑޫ ދާއިރާގެ ބައި އިލްކެޝަންގައި އެމްޑީޕީއަށް ތާއީދުކުރަން ނިންމި ނިންމުމާއި ދެކޮޅު ހައްދަވައި ކަންބޮޑުވުން ފައުޅުކުރެއްވި ޢިލްމުވެރިންގެ ތެރޭގައި ޝައިޚް ޢަލީ ޒައިދު ހިމެނިވަޑައިގަންނަވައެވެ. 

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަދައިގަންނަވާ ޢަދާލަތުކަންހުރި ޢިލްމްވެރިން ވަނީ ޢަދާލަތުޕާޓީގެ އެ ނިންމުމަށް ދެކޮޅު ހައްދަވައިފައެވެ. މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ގަދައަށް އަޑު އުފުއްލެވި އެއް ޢިލްމުވެރިއަކީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްއެވެ. 

"މޫނުބުރުގާ މައްސަލަފަދަ ދީނާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި އެޑިޔުކޭޝަންއިން ގެންގުޅޭ 2 ކޮޅުނުޖެހޭ ތަފާތުންކުރުންތައް ހައްދުފަހަނަ އަޅައިގޮސް އެމް.ޑީ.އެން ރިޕޯޓު ތަންފީޒުކުރާތީވެ، ކޮމަންޑޫ ދާއިރާ MDP އަށް ނުދޭން އެދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަމެވެ!" : ޝައިޚް ޢަލީ ޒައިދު

(މިއީ ބައްދަލުވުމަސްފަހު ޝައިޚް ކުރައްވާފައިވާ ޓްވީޓެކެވެ.) 

ޝައިޚް ޢަލީ ޒައިދަކީ މާއްދިއްޔަތަށް އެއްވެސް ލޯތްބެއް ނެތް އާޚިރަތަށް ބިރުވެތިވެވަޑައިގެން ޙައްޤު ބަސްފުޅު ވިދާޅުވުމުގައި ސާބިތުކަން ދެއްކެވުމުގައި ނަމޫނާ ބޭފުޅެއްކަން ޝައިޚްގެ ޢަމަލުފުޅުތަކުން ސާބިތުކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް