އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑުގެ އަދަދު ތައް މައްޗަށް: މިއަދުވެސް ދެހާސް ހަތްސަތޭކަމީހުން ޕޮޒިޓިވްވެއްޖެ!

ކޮވިޑުގެ އަދަދު ތައް މައްޗަށް: މިއަދުވެސް ދެހާސް ހަތްސަތޭކަމީހުން ޕޮޒިޓިވްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާސް ހަތްސަތޭކައާ ކައިން މައްޗަށް އަރައިފިއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 1420 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 761 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 94 މީހެކެވެ. އަދި ޕޮޒިޓިވްވި ތަނެއްނޭގި 429 މީހަކުވެސް ހިމެނެއެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 2707 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7681 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 104164 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 120168 އަށް އަރައިފައެވެ. މި ބައްޔަށް 15721 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 52 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 270 މީހުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް