އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަށް ތައްޔާރުވުން: އަނގައަށް ފެންލާފަ ތަޅުވާލާފަ އަވަސްއަވަހަށް ބޭރުކޮށްލާ އުޞޫލުން ނަމާދުގަ އަލްޙަމްދު ކިޔައިގެން ރަމަޟާން މަހެއް ނުލިބޭނެ!

ރަމަޟާން މަހަށް ތައްޔާރުވުން: އަނގައަށް ފެންލާފަ ތަޅުވާލާފަ އަވަސްއަވަހަށް ބޭރުކޮށްލާ އުޞޫލުން ނަމާދުގަ އަލްޙަމްދު ކިޔައިގެން ރަމަޟާން މަހެއް ނުލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 1 ސިކުންތު

ރަމަޟާން ހަލުވި ދުވެލީގައި ދަތުރުކުރަމުން އައިސް އަހަރެމެންނާއި ބައްދަލުކުރުމުގެ ދުވަސް ދާދި ގާތްވެއްޖެއެވވެ. މުސްލިމުން މިއަދު ހޭބޯނާރާތިބެ ތައްޔާރުވަމުން އަންނީ އެ ވަޤުތަށެވެ. ވީމާ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިރޭ މިބަލައިލަނީ އަލްޙަމްދުކިޔުމަށެވެ. 

މިހެން ބުނުމުން ހިފާ ރޯދައާ ނަމާދުގައި އަލްޙަމްދުކިޔުމާއި ހުރީ ކޮންގުޅުމެއްތޯ ސުވާލު އުފެދިދާނެއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ! ރޯދަ ފުރިހަމަކުރެވޭނީ ނަމާދުގައި އަލްޙަމްދު ކިޔުން ފުރިހަމަކޮށްގެންނެވެ. އެހެނީ ރޯދަ ހިފިނަމަވެސް އެ ރޯދަ ރޯދައަކަށްވުމުގެ ޝަރުޠުތަކުގެ ތެރޭގައި ނަމާދުކުރުން އެބަހިމެނެއެވެ. ނަމާދުނުކުރާ މީހާގެ އެހެން ހުރިހާ އަޅުކަން ވަނީ ބާޠިލްވެގެންނެވެ. އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ނަމާދަށް މިސްކިތަށް ދިއަ ނަމަވެސް ކުރި ނަމާދު ނަމާދަކަށްވާނީ އެންމެކުޑަމިނުން ނިޔަތްގަތުމާއިއެކު އަލްޙަމްދު (ސޫރަތުލްފާތިޙާ) ފުރިހަމަގޮތުގައި ކިޔަވައިގެންނެވެ. ވުޟޫކުރަން އަނގައަށް ފެންލުމަށްފަހު އަވަސް އަވަހަށް ކޯދޮވެލައި ފެންފޮދު އުކާލާ ބީދައިން އަލްޙަމްދު ކިޔަވައިގެން ކުރާ ނަމާދު ޤަބޫޅުފުޅެއް ނުކުރައްވަވާނެއެވެ. 

ދާދިފަހުން މިކަމާއި ގުޅޭ ދަރުސެއް ވާނީ ދީފައެވެ. މިރޭވެސް ހަނދާންކޮށްލައި މިދެނީ ހަމައެކަމެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ ކަމަކަށްވެސް ނަމާދުކުރަން ދަސްކުރުމެވެ. ނަމާދުކުރެވޭ ގޮތާއި ކިޔާ ތަކެތީގެ މާނަ ހިތުގައި ތާޒާކޮށްލުމެވެ. 

އަލްޙަމްދުގެ ޥާހަކައިން މިފެށީ އަލްޙަމްދަކީ ތިމާ ކިޔަވަމުންދާއިރު 7 އުޑުމަތިން ﷲ ތަޢާލާ ވަގުތުން މުޢާމަލާތުކުރައްވަވާ ސޫރަތަކަށްވާތީއެވެ. 

އަބޫ ހުރައިރާ ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ. 

: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ،  فَإِذَا قَالَ:  {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} [الفاتحة: 2]، قَالَ اللهُ تَعَالَى: حَمِدَنِي عَبْدِي، وَإِذَا قَالَ: {الرَّحْمَنِ الرَّحِيمِ} [الفاتحة: 1]، قَالَ اللهُ تَعَالَى: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ: {مَالِكِ يَوْمِ الدِّينِقَالَ: مَجَّدَنِي عَبْدِي فَإِذَا قَالَ: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} [الفاتحة: 5] قَالَ الله تعالى: هَذَا بَيْنِي وَبَيْنَ عَبْدِي نصفين، وإذا قال  ( اهدنا الصراط المستقيم ) قال الله تعالى: هذا لعبدي وَلِعَبْدِي مَا سَأَلَ 

މާނައީ: "ތިމަން އިލާހާއި ތިމަން އިލާހުގެ އަޅާއާ ނަމާދު (އެބަހީ: އަލްފާތިޙާ) ދެ ބަޔަކަށް ބެއްސެވީމެވެ. އަޅާ ( الحمد لله رب العالمين )  އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ ތިމަންއިލާހަށް ޙަމްދުކޮށްފިއެވެ. އަދި އަޅާ (الرحمن الرحيم)  އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހުގެ މައްޗަށް ޘަނާކިޔައިފިއެވެ. އަދި އަޅާ (مالك يوم الدين) އޭ ކިޔެވުމުން ﷲ ތަޢާލާ ވަހީކުރައްވާނެއެވެ. ތިމަންއިލާހުގެ އަޅާ ތިމަންއިލާހު މަތިވެރިކޮށްފިއެވެ. އަދި އަޅާ ( إياك نعبد و إياك نستعين ) އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. މިކަންތައް މި ވަނީ ތިމަންއިލާހާއި ތިމަން އިލާހުގެ އަޅާއާއި ދެމެދުގައި ދެބަޔަކަށް ބެހިގެންނެވެ. އަދި އަޅާ  ( اهدنا الصراط المستقيم )  އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ.  މިކަން މިވަނީ ތިމަން އިލާހުގެ އަޅާއަށްޓަކައެވެ. އަދި ތިމަން އިލާހުގެ އަޅާއަށް އެއަޅާ އެދުނުކަމެއް ހުއްޓެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް