އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑް ޖެހިފަ ތިބި މީހުންގެ ޢަދަދު ސަތާރަހާހާ ގާތްކޮށްފި

ކޮވިޑް ޖެހިފަ ތިބި މީހުންގެ ޢަދަދު ސަތާރަހާހާ ގާތްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ކޮވިޑް ޖެހިފަ ތިބި މީހުންގެ ޢަދަދު މިއަދު ސަތާރަހާހާ ގާތްކޮށްފިއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 1427 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 783 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 109 މީހެކެވެ. އަދި ޕޮޒިޓިވްވި ތަނެއްނޭގި 290 މީހަކުވެސް ހިމެނެއެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 2609 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7584 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 105827 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 122777 އަށް އަރައިފައެވެ. މި ބައްޔަށް 16666 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 57 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 271 މީހުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު