އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް (ޞޢޥ) ގެ ޝަފާޢަތަށް އެދޭމީހާ ބަންގިގޮވާ ނިމުމުން ބަންގިދުޢާ ނުކިޔައި ދޫކޮށް ނުލާށެވެ!

ރަސޫލް (ޞޢޥ) ގެ ޝަފާޢަތަށް އެދޭމީހާ ބަންގިގޮވާ ނިމުމުން ބަންގިދުޢާ ނުކިޔައި ދޫކޮށް ނުލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ބަންގިއަށްފަހު ކިޔުމަށް ވާރިދުވެފައިވާ ދުޢާ، ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަކުން ސާބިތުވެގެން އައިސްފައިވެއެވެ. ޙަދީޘެއްގައިވެއެވެ.

أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ"

[رواه البخاري : 612]

މާނައީ: ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [އެ މީހަކަށް ބަންގީގެ އަޑުއިވޭ ހިނދު،

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ

މިފަދައިން ކިޔައިފިނަމަ، ޤިޔާމަތްދުވަހުން، އެ މީހަކަށް ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭ ހުއްޓެވެ."

(ދުޢާގެ މާނައަކީ: މި ފުރިހަމަ ގޮވާލުމުގެ ވެރިރައްބު! އަދި ޤާއިމުކުރެވޭ ނަމާދުގެ ވެރި ރައްބު! އިބަރަސްކަލާނގެ، މުޙައްމަދު صلى الله عليه وسلم އަށް އަލްވަސީލާ އާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ އެކަމަށް ވަޢުދު ކުރައްވާފައިވާ، ޙަމްދުލިބިގެންވާ މަޤާމު އެކަލޭގެފާނަށް ދެއްވާނދޭވެ!)

--އައްޝައިޚް ޙަސަން ޒިޔާން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް