އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެއިން ބާރަސަތޭކައަށް ވުރެގިނަ މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެ, ޖުމްލަ ދެހާސް ފަސްސަތޭކައިން މަތީގަ!

މާލެއިން ބާރަސަތޭކައަށް ވުރެގިނަ މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެ, ޖުމްލަ ދެހާސް ފަސްސަތޭކައިން މަތީގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މާލެއިން ބާރަސަތޭކައަށް ވުރެގިނަ މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެ, ޖުމްލަ ދެހާސް ފަސްސަތޭކައިން މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށްޕޮޒިޓިވްވީ 1203 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 788 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 41 މީހެކެވެ. އަދި ޕޮޒިޓިވްވި ތަނެއްނޭގި 478 މީހަކުވެސް ހިމެނެއެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7061 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 112535 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 130599 އަށް އަރައިފައެވެ. މި ބައްޔަށް 17777 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 49 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 274 މީހުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު