އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާއަށް ފުރުޅުލީ ގޮނޑިއެއް ލިބުނީ ހީބާގެ ކޮނޑުގަ ހަފްތާއަކު 3 ދުވަހު ހޮސްޕިޓަލަށް އުފުލާތާ 5 އަހަރު ފަހުން! އިމެއް ނެތް ލޯބީގެ ލާމަސީލު ނަމޫނާއެއް!

ފިރިމީހާއަށް ފުރުޅުލީ ގޮނޑިއެއް ލިބުނީ ހީބާގެ ކޮނޑުގަ ހަފްތާއަކު 3 ދުވަހު ހޮސްޕިޓަލަށް އުފުލާތާ 5 އަހަރު ފަހުން! އިމެއް ނެތް ލޯބީގެ ލާމަސީލު ނަމޫނާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

 

ހީބާގެ ކައިވެންޏަށް 14 އަހަރެވެ. ފިރިމީހާއަކީ ކިޑްނީ ފެއިލްވުމުގެ ސަބަބުން ޑައިލިސިސް ހަދަން ޖެހިފައިވާ މީހެކެވެ. އެއިގެ އިތުރުން ވެސް ބޮޑެތި ބަލިތަކެއްގައި އުޅެން ޖެހިފައިވާ މީހެކެވެ.

 

ހީބާގެ ފިރިމީހާއަށް ފުރޮޅުލީ ގޮނޑިއެއް ލިބުނީ ހީބާގެ ކޮނޑުގައި 5 އަހަރު ހަފްތާއަކު މަދުވެގެން 3 ދުވަހު ހީބާގެ ކޮނޑުގައި ފިރިމީހާ ހޮސްޕިޓަލަށް އުފުލައިފަހުން ބައަކު ސޯޝަލް މީޑިއާގައި ޢާންމުކުރި ޢާންމުކުރި ވީޑިއޯއަކާއި ގުޅިގެންނެވެ.

 

ހީބާ ބުނަނީ ވަރުބަލިކަމެއް ފޫހިކަމެއް ނެތް ކަމަށެވެ. އެއީ އޭނާގެ ފިރިމީހާ ކަމަށާއި އަދި ދަރިފުޅުގެ ބައްޕަ ކަމަށެވެ. އެހެންކަމުން ފިރިމީހާ އާއި ވަކިވުމުގެ ޚިޔާލެއްވެސް ނެތްކަމަށާއި ފިރިމީހާއަށްޓަކައި އުފުލަން ޖެހުނު ކޮންމެ ބުރައެއް އުފުލާނީ ލޯބިން ކަމަށެވެ.

 

ޢާއިލާ ނިޞްބަތްވަނީ މިޞުރަށެވެ. ވިސްނައިލަންވީ މިޞުރު ފަދަ ބާރުގަދަ މުސްލިމް ޤައުމުތަކުގައި ވެސް ނިކަމެތި ރައްޔިތުންނަށް އުޅެންޖެހިފައިވާ ނިކަމެތި ޙާލަތަށެވެ! ވެރިން އުޅެމުން ގެންދާ މުއްސަނދި ދިރިއުޅުމަށާއި އަސްކަރިއްޔާއަށް ކުރަމުން ގެންދާ ބޮޑު ހޭދައަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް