އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމް މިނިސްޓަރު މިއަދު ދެއްވި ތަޤްރީރުގައިވެސް "މެޑިކަލް އޮފިސަރުގެ" އެއްވެސް މައުލޫމާތެއް ދެއްވިކަމަކަށް ހޯމްމިނިސްޓްރީގެ ޚަބަރަކު ނެތް!

ހޯމް މިނިސްޓަރު މިއަދު ދެއްވި ތަޤްރީރުގައިވެސް "މެޑިކަލް އޮފިސަރުގެ" އެއްވެސް މައުލޫމާތެއް ދެއްވިކަމަކަށް ހޯމްމިނިސްޓްރީގެ ޚަބަރަކު ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

ހުކުރު ދުވަހުގެ މުޒާހަރާގައި ފޮޓޯނަގައި ވީޑިއޯކުރަން އުޅުނު މީހާގެ ޤައުމު އޮޅުން ފިލުވަން ނޫސްވެރިން އެދުވަހން ފެށިގެން ޕޮލިސް މީޑިއާ ގްރޫޕުގައި ކުރަމުން އަންނަ ސުވާލަށް މިހައިތަނަށްވެސް ޖަވާބެއް ނުލިބިވާއިރު ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ މިއަދު ދެއްވި ތަޤްރީރުގައިވެސް އޭނާ އާއި ބެހޭ އެއްވެސް ވާހަކަފުޅެއް ދެއްކެވިކަމަކަށް ހޯމް މިނިސްޓްރީގެ ޚަބަރަކު ނެތެވެ. 

3 ދުވަސްވެގެންދާއިއރު އެފަދަ ކުޑަކުޑަ ސުވާލަކަށް ފުލުހުންގެ މީޑިއާއިން ޖަވާބު ނުދޭތީ ނޫސްވެރިން ގެންދަނީ ޕޮލިސް މީޑިއާ ގްރޫޕުގައި ކަންބޮޑުވުން ފައުޅުކޮށް ސުވާލުތަކުރާރުކުރަމުންކަން ފާހަގަކުރެވެއެވެ. 

ހޯމް މިނިސްޓްރީގެ ޚަބަރު: (އަސްލާ އެއްގޮތަށް)

ދިވެހިރާއްޖޭގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ވުޖޫދު ކުރުމަށް މިދިޔަ ތިން ސަރުކާރުންވެސް މަސައްކަތްކުރި- ހޯމް މިނިސްޓަރ ޢިމްރާން

ދިވެހިރާއްޖޭގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ވުޖޫދުކުރުމަށް ވޭތުވެދިޔަ ތިން ސަރުކާރުންވެސް އިންޑިޔާއާއެކު މަސައްކަތްކުރެއްވިކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ވުޖޫދުކުރުމަށް ވޭތުވެދިޔަ ތިން ސަރުކާރުންވެސް އިންޑިޔާއާއެކު މަސައްކަތްކުރެއްވިކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ ނެޝަނަލް ކޮލެޖްއޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަދު ޤާއިމުކުރެވޭ ފުލުހުންނާއި ޤާނޫނުތަންފީޒުކުރާ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭ މަރުކަޒު ޤާއިމުކުރުމަށް ވޭތުވެދިޔަ ތިން ސަރުކާރުންވެސް އިންޑިއާ ސަރުކާރާއެކު އެތައް ގޮތަކަށް މަސައްކަތްކުރައްވާފައިވާކަމަށެވެ. އެހެން ކަމުން މި ތަމްރީނު މަރުކަޒަށް ދިވެހިރާއްޖެ ބޭނުން ޖެހިފައިވާ މިންވަރާއި މިފަދަ ތަނެއް ޤާއިމުކުރުމުގެ މުހިންމުކަމަކީ ގައުމީ ފެންވަރުގައި ފާހަގަކުރެވި އެއްބަސްވެވިފައިވާ ދެބަސްވުމެއްނެތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތް ރިފޯމްކޮށް ތަރައްޤީކޮށް މުޅިރާއްޖެއަށް ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައި މި ތަމްރީނު މަރުކަޒު ވުޖޫދުކުރެވުމަކީ މިދެންނެވި މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް އަދި އިތުރު ހިތްވަރެއްކަމަށެވެ. ފުލުހުންގެ ޚިދުމަތް ރިފޯމްކުރުމަށްވެސް އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްވެސް ކުރަންވީ އެންމެ މުހިންމު ކަމަކީ ރަނގަޅު ފެންވަރުގެ ތަމްރީނާއި ތައުލީމު ފޯރުކޮށްދިނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދު މިހުޅުވުނު ކޮލެޖާއެކު ފުލުހުންނަށް ރަނގަޅު ފެންވަރުގެ ތަމްރީނާއި ތައުލީމު ފޯރުކޮށްދިނުމަށް ކުރާމަސައްކަތަށް އިންގިލާބީ ބަދަލުތައް ގެނެވި އުންމީދުކުރާ ފަދަ ޒަމާނީ ޚިދުމަތަކަށް ފުލުހުން ހެދުމަށް މަގުފަހިވާނެކަން އަޅުގަނޑު ޔަޤީންކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ ތަސައްވަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ކޮލެޖު އައްޑޫގައި ގާއިމުކުރެވުމުން އައްޑޫ އާއި ދެކުނުގެ އަތޮޅުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް އިހުނަށްވުރެ މީހުންނާ ވަސީލަތްތަކުގެ ގޮތުން ފަސޭހަވެގެންދާނެކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އައްޑޫ ސިޓީ އާއި ސަރަހައްދުގެ އަތޮޅުތަކަށް ފޯރުކޮށްދޭ އިޖުތިމާއި އަދި މަދަނީ ޚިދުމަތްތައްވެސް އިތުރުވެ ސަރަހައްދުގެ ރައްޔިތުންނަށް އެއިގެ މަންފާކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަރުކަޒު ހިންގުމުގެ ކަންކަން އިންތިޒާމުކުރެވިގެންދާނީވެސް އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 88 އަހަރުގެ ދިގު މާޒީގައި އަދި ވަކީން ޚާއްސަކޮށް ވަކި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށުނުފަހުން، ހަލަބޮލި 17 އަހަރު ގެ މާޒީގައި ދިވެހި ފުލުހުންގެ މުއައްސަސާ އުފުލަމުންއައި އެންމެ ބޮޑު ބުރަޔަކީ ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަކުރެވިފައިވާ ދާއިމީ ތަމްރީނު މަރުކަޒެއް ދިވެހިރާއްޖޭގައި ނެތުމުގެ އުނދަގޫ ތަކުލީފުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "އެހެންނަމަވެސް އެކަށީގެންވާ ދާއިމީ ތަމްރީނު މަރުކަޒެއް ނެތުމުގެ ހުސްކަމުގެ ސަބަބުން މާއްދީ ގޮތުންނާއި މައުނަވީގޮތުން ފުލުހުންނަށް މެދުވެރިވީ ހިތްދަތިކަމަކީ މިއަދު ދިވެހި ފުލުހުންގެ މުއައްސަސާގެ މާޒީ. މި ކޮލެޖާއެކު ތާރީޚުގެ އެ އުނދަގޫ ސަފުޙާތައް ބަންދުވެ އެކަމަށް ނިމުމެއް އައީކަމަށް އަޅުގަނޑު ދެކެން." މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ނެޝަނަލް ކޮލެޖްއޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓް މަރުކަޒު ޤާއިމުކުރުމުގައި އިންޑިއާ ސަރުކާރުން ވެދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ޢިމްރާން ޢަބްދުالله ވަނީ އެމަނިކުފާންގެ އަމިއްލަ ނަންފުޅުގަޔާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަވައްޓެރި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބޮޑު ހޭދައެއް މި ޕްރޮޖެކްޓަށް އިންވެސްޓުކޮށް ހިލޭ އެހީގެ ގޮތުގައި މި މަސައްކަތްކޮށްފައިވުމަކީ އިންޑިއާ އިން ދިވެހިރައްޔިތުންނާމެދު ބަހައްޓަމުންދާ ގާތްކަމާއި އެކުވެރި ކަމުގެ ރަމްޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކެނޑިނޭޅި އެހީތެރިވަމުންދާ އެއް ޤައުމަކީ އަވައްޓެރި އިންޑިއާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ވަކިން ޚާއްސަކޮށް ދިވެހި ފުލުހުންނަށް ބޭނުންވާ ފަންނީ އެކިއެކި ތަމްރީނުތަކާއި މަތީފެންވަރުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް އިންޑިއާގެ ކަމާގުޅުންހުރި މުއައްސަސާތަކުން މެދުނުކެނޑި އެހީތެރިކަން ލިބެމުން އަންނަކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް