އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާ ހިލޭ ފިރިހެނަކާއެކު އޮއްވާ ފެނުމުން ހަމަލަދޭން ވަޅިހިފައިގެން ވަން މީހާ މުޅިންތަފާތު "ހަޔިޔާރަކުން" ޙަމަލާދީ ދެދުނިޔޭގެ ކާމިޔާބު ހޯދިގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އަނބިމީހާ ހިލޭ ފިރިހެނަކާއެކު އޮއްވާ ފެނުމުން ހަމަލަދޭން ވަޅިހިފައިގެން ވަން މީހާ މުޅިންތަފާތު "ހަޔިޔާރަކުން" ޙަމަލާދީ ދެދުނިޔޭގެ ކާމިޔާބު ހޯދިގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

އެއިރު އަހަރެން މަސައްކަތްކުރަނީ އަސްކަރިއްޔާގައެވެ. ކައިވެނީގެ 2 ވަނަ އަހަރު ކުއްލިއަކަށް ދުރު ސަރަހައްދަކަށް އަހަރެން ބަދަލުކޮށްފިއެވެ. އެހެންކަމުން ދެމީހުންނަށް ދިރިއުޅެންޖެހުނީ ދުރުގައެވެ. ދުރުގައި ހުންނަންޖެހުނު ނަމަވެސް އަނބިމީހާގެ ޙާލު ވަރަށް ގާތުން ބެލީމެވެ. ދުވާލަކު އެތައްފަހަރަކު ފޯނުކުރުމުގެ އިތުރުން ލިބޭ މުސާރަ އެކުގައިހެން ދެމެވެ. އެއީ އެކައުންޓުގެ ކޭޝްކާޑް އޭނާގެ އަތަށްދީފައި އޮންނާތީއެވެ. 

އަހަރެން ފޮނުވީ 2 އަހަރު ދުވަހަށެވެ. ނަމަވެސް އަހަރުވީތަނުން އަނބުރާ އަންނަން އަންގައިފިއެވެ. އެވާހަކަ އަނބިމީހާގެ ގާތަކު ނުބުނަމެވެ. "ސަރޕްރައިޒް"އެއް ދިނުމުގެ ގޮތުން ސިއްރުކޮށްފައި ބޭއްވީއެވެ. 

ކޮންމެއަކަސް އެނބުރި ގޮސް ގެއަށްދެވުނީ ދަންވަރު 1 ޖެހިފަހުންނެވެ. ސަރޕްރައިޒްދޭން ބޭނުންވެފައިހުރިވަރުން ގެއަށްވަނީ އަތުގައި އޮތް ތަޅުދަނޑިން ވަރަށް ސިއްރުން ގެ ހުޅުވައިގެންނެވެ. ކޮޓަރިވެސް ހުޅުވީ ވަރަށް ސިއްރުން ނެވެ. ދޮރު ހުޅުވައިލެވުމާއިއެކު ދިއައީ ސިއްސައިގެންނެވެ. އަނބިމީހާ ހިލޭފިރިހެނަކާއެކި ނިދަން އޮތުމުންނެވެ. 

އިންތިހާއަށް ރުޅިގަދަވިއެވެ. ދެމީހުންގެ ކަންތައް އެކުގައި ނިންމާލަން ބޭނުންވެގެން ބަދިގެއަށް ގޮސް ވަޅިނެގީމެވެ. ވަޅިހިފައިގެން ގޮސް ކޮޓަރިއަށްވެސް ވަނީމެވެ. ނަމަވެސް އެވަގުތު އަހަރެންގެ ބުއްދި އަހަރެންގެގާތުގައި ބުންޏެވެ. "ތިއަހެދެނީ އިންސާނަކަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. ޙަމަލާދޭތަނުން އެމީހުން މަރުވެއްޖެނަމަ ޖެހޭނީ ދާއިމަށް ނަރަކައިގަ އޮންނާށެވެ. މަރުވިނަމަވެސް މަރުނުވި ނަމަވެސް ދުނިޔޭގައިވެސް އެތައް އަހަރުގެ ޖަލުޙުކުމެއް އިއްވާނެއެވެ. އެހައި ބުރަމަސައްކަތްކޮށްގެން އަޅާފައިވާ މިރީތިގޭގެ ބަދަލުގައި އޮންނަން ޖެހޭނީވެސް ޖަލުގެ ކުޑަގޮޅީގައެވެ. އެދެމީހުން މަރުވިކަމުން އަހަރެންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ލިބޭނީ ހިތްދަތިކަން ނޫން ހެއްޔެވެ؟" 

މިފަދަ ޚިޔާލުތަކެއް ކުރެވުމުން މަދުމަޑުން ދޮރުލައްޕާފައި ބޭރަށް ނުކުމެ ސިޓިންގރޫމްގައި މަޑުކޮށްލީމެވެ. އޭސީ ފުލްކޮށްލައި ފިނިކޮށްލީމެވެ. އެކަމަކުވެސް ހަށިގަނޑު ފިންޏެއް ނުވިއެވެ. އަނެއްކާވެސް ވަޅިހިފައިގެންގޮސް ކޮޓަރިއަށް ވަނީމެވެ. ހަމަ ވަންތަނުން ޚިޔާލުތައް އެނބުރެން ފަށައިފިއެވެ. "އެނަޖިސް އަންހެނާއަށް ހަމަލާދީފައި ނޫނީ މަރާލާފައި ޖަލުބަންދަށްދާންވީ ކީއްކުރަންހެއްޔެވެ؟ ކުރަންވީ ކަމަކީ މިނަޖިސްގަނޑު ގެއިން ބޭރުކޮށްލައި ރަނގަޅަށް ބްލީޗްޖަހައި ގެ ދޮވެ ސާފުކޮށްލަންވީއެވެ." 

ފާޚާނާއަށް ވަނީމެވެ. ވަޅިބާއްވާފައި ފެންހޮޅި ދޫކޮށްލައިގެން ނުކުމެ ރަނގަޅަށް އެނދަށް ފެންޖަހައިލީމެވެ. ދެމީހުން ފުންމައިގެން ތެދުވިއެވެ. ތެދުވީމަވެސް ރަނގަޅަށް ފެންޖަހައިލީމެވެ. ހިތް ފުރެންދެން ފެންޖަހާފައި ބުނީމެވެ. ވަންދޮރުން އަވަހަށް 2 މީހުންވެސް ނުކުމެގެންދާށެވެ. 

އަނބިމީހާ ވާހަކަދައްކަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް ފުރުޞަތެއް ނުދެމެވެ. އެއީ އެޙާލަތުގައި އިތުރަށް ދައްކާނެ ވާހަކައެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. 

އެކަނި 2 އަހަރުހުރެފައި 2 ވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެނީގައި މިހާރު ދެދަރިންވެސް ލިބިއްޖެއެވެ. ސިފައިންގެ ވަޒީފާއިންވެސް ވަކިވެ މިހާރު މިކުރަނީ އަމިއްލަ މަސައްކަތެވެ. ކަންތައްތައް އަދި ކުރިއަށްދަނީ ވަރަށް ރަނގަޅަށެވެ. އިން ޝާ ﷲ 

މިއަދުނޫހުން ގިނައިން ފެންނަނީ އަންހެނުންނަށް ފިރިހެނުން ލަނޑުދޭ ނުވަތަ ފިރިހެނުން ބޭވަފާތެރިވާ ވާހަކަތަކެވެ. އެހެންވެ އަޅުގަނޑުވެސް އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ގޮތް ޙިއްޞާކޮށްލީއެވެ. ބުނެލަން އޮތީ ނުރައްކައުތެރި އަންހެނުންވެސް މަދެއް ނޫނެވެ. 

--އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


17%
ވ.ރަނގަޅު
14%
ރަނގަޅު
38%
އޯކޭ
29%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް