އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ކަނޑުގަވާ ފޮނަ އެއްވަރަށް ފާފަކުރެވިފައިވީނަމަވެސް ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ޙަދީޘުން!

ހަނދުމަކޮށްދިނުމެއް!: ކަނޑުގަވާ ފޮނަ އެއްވަރަށް ފާފަކުރެވިފައިވީނަމަވެސް ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ޙަދީޘުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މިއީ ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ سُمَىٍّ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنْ قَالَ سُبْحَانَ اللَّهِ وَبِحَمْدِهِ‏.‏ فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ ‏"‏‏.

Narrated Abu Huraira:

Allah's Messenger (ﷺ) said, "Whoever says, 'Subhan Allah wa bihamdihi,' one hundred times a day, will be forgiven all his sins even if

they were as much as the foam of the sea.

ކޮށަލްނަޖެހޭ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކު 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިލުމެވެ. ގިނަވެގެން ނަގާނީ އެންމެ 3 މިނިޓް އިރެވެ. ކަނޑުގައި އުފެދިފައިވާ ފޮނުތަކާއި އެއްވަރަށް އެމީހާއަށް ފާފަ ކުރެވިފައިވީނަމަވެސް އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެވެ.

Reference : Sahih al-Bukhari 6405

In-book reference : Book 80, Hadith 100

USC-MSA web (English) reference : Vol. 8, Book 75, Hadith 414

(deprecated numbering scheme)

ރިޔާޟުއްޞާލިހީންގައިވެއެވެ. ދުވާލަކު 1000 އަޅުކަން ކުރަން އެދޭނަމަ 100 ފަހަރު سُبْحَانَ اللَّهِ ކިޔާށެވެ! ވީމާ سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިފިނަމަ ލިބޭނެ ސަވާބަށް ވިސްނާށެވެ! އަދިވެސް އެ ފޮތުގައިވެއެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ރުކެއް އިންދަވައި ދެއްވަވާނެތެވެ.

ކިޔެވުމާއިމެދު މުފްތީ މެންކް ވިދާޅުވެފައިވެއެވެ.

"ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދާން ކުރުމަށްޓަކައިވެސް އަދި ﷲ ތަޢާލާ މަތިވެރިކުރުމަށްވެސް سُبْحَانَ اللَّهِ وَبِحَمْدِهِ އަކީ ވަރަށް މަތިވެރި، އަދި ދޫމައްޗަށް އެހައިމެ ފަސޭހަ، މީޒާނުގައި ނުހަނު ބުރަ 2 ކަލިމަ ކަމަށެވެ."

 

އާރޓިކަލް ރޭޓްކުރައްވާ


8%
ވ.ރަނގަޅު
8%
ރަނގަޅު
14%
އޯކޭ
68%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް