އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ނުލިބިގެން ޝަކުވާކުރާތީ ފުރާނައިން ޤުރްބާންވެގެން ދަރިއަކު ވިހާފައި ދުނިޔެ ދޫކުރި އަންހެނެއްގެ ވާހަކަ-

ދަރިން ނުލިބިގެން ޝަކުވާކުރާތީ ފުރާނައިން ޤުރްބާންވެގެން ދަރިއަކު ވިހާފައި ދުނިޔެ ދޫކުރި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެކަމާއި ގުޅިގެން ބައެއް ފަހަރު އަނބިމީހާ ދެރަވާފަދަ ބަސްތައްވެސް ބުނެވެއެވެ. ޑޮކްޓަރުން ބުނަނީ އަނބިމީހާއަށް ބަލިވެއިނުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމަށެވެ. އެހެންވެ ދަރިން ނުލިބޭ އަންތބަކާއި ކައިވެނިކޮށްގެން އުޅުމަކީ ބޭނުން ކަމެއްތޯވެސް ސުވާލުކުރެވެއެވެ.

ކޮންމެއަކަސް މިފަދަ ގޮތަކަށް ކަންކަން މެދުވެރިވަމުން ދަނިކޮށް އަނބިމީހާ ބަލިވެއިނދެއްޖެއެވެ. ޑޮކްޓަރުން ބުނަނީ ދަރިފުޅު ވިހެއުމަކީ އަނބިމީހާގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންކަމުން ދަރިފުޅު ވައްޓާލަން އަނބިމީހާ ގާތުބުނީމެވެ. ނަމަވެސް އޭނާ ބޭނުންވީ ރިސްކް ނަގައިގެންވެސް ވިހާށެވެ. އެއީ އަހަރެންނަށް ބުނެވިފައިވާ ބަސްތަކުންކަން އެނގުނެވެ. 

ކޮންމެއަކަސް ދުވަސްފުރައި ވިހަން ވައްދައިފިއެވެ. އިރުކޮޅެއްފަހުން ޑޮކްޓަރު ނުކުމެފައި ބުނީ ދަރިފުޅުގެ ޙާލު ރަނގަޅު ކަމަށާއި ނަމަވެސް އަނބިމީހާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ. ވީދެރައެއް ބުނަންވެސް ނޭނގެއެވެ. އަހަރެންނަށް ބުނެވުނު ބަސްތަކެއްގެ ސަބަބުން އަހަރެންނަށް ދަރިއަކުދީފައި އަނބިމީހާ ވަކިވެގެން އެދިއައީއެވެ. އޭނާގެ ފުރާނަ އެޤުރްބާންކުރީ އަހަރެންނަށްޓަކައެވެ. އޭނާއަކީ އަހަރެންދެކެ ކިހައިބޮޑަށް ލޯބިވާ އަންތބެއްހެއްޔެވެ؟ 

އަނބިމީހާގެ ވަކިވެދިއުން ވެގެންދިއައީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކަށެވެ. އަތުގައި އޮތް ހަނދާނަކީ ދަރިފުޅެވެ. އެހެންވެ ދަރިފުޅަށް ހެޔޮކޮށް ހިތަން ޖެހޭނެކަން އެނގޭއިރުވެސް ދަރިފުޅާއިމެދު ފަރުވާ ކުޑަކުރެވުނެވެ. ވިސްނެނީ އަނބިމިހާ ގެއްލުނީ ދަރިފުޅުގެ ސަބަބުން ކަމަށެވެ. 

ކޮންމެއަކަސް އެއްރެއަކު ހުވަފެނުގައި އަނބިމީހާ ފެނުނެވެ. އަނބިމީހާ ހުރީ ވަރަށް ދެރަވެފައެވެ. އޭނާ ދެރަވެފައިހުރީ ދަރިފުޅާއިމެދު ފަރުވާކުޑަކުރެވޭތީއެވެ. އެގޮތަށް އެކަން ނުކުރަން ނަޞޭޙަތްދިނެވެ. އަދި އޭނާދެކެ ލޯބިވާނަމަ ދަރިފުޅަށް ހެޔޮކޮށް ކަންކަން ކުރުމަށާއި ލޯބިދިނުމަށް ބުންޏެވެ. 

އެއީ ހުވަފެނެއް ނަމަވެސް އެކަމުގެ ސަބަބުން ދަރިފުޅާއިމެދު ޢަމަލުކުރެވެމުން އައިގޮތް މުޅިން ބަދަލުކުރީމެވެ. ދަރިފުޅަށް ލޯބިދީ އަޅައިލުން އިތުރުކުރީމެވެ. 

އަހަރެންގެ ނަޞޭޙަތަކީ ދަރިއަކު ނުލިބުނަސް އެއްވެސް ފިރިއަކު އަޅުގަނޑަށް ކުރެވުނު ފަދަ ކުށެއް ނުކުރުމެވެ. ނުރުހުމުގެ އެންމެ ބަހެއްވެސް އަނބިމީހާއަށް ނުބުނުމެވެ. އެކަމުގައި ހުރި ވޭން ބޮޑުކަން އިޙްޞާޞްކުރަން އަހަރެންނަށް މިވަނީ ޖެހިފައެވެ. 

މިވހަކަ ކިޔާފައި ހިތަށްކުރި އަސަރުބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. ދަރިން ނުލިބުމުން އަނބިން ކުށްވެރިކޮށް އިހާނެތި ބަސްތައް ބުނުމާއި ހިތުގައި ޖެހޭނެ ގޮތަށް ކަންކަން ކުރުމަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮންނަކަމެކެވެ. ޤަބޫލުކުރަންޖެހޭނެ ކަމަކީ ދަރިންނަކީ ވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމާއި ދެއްވަވާނީ އިރާދަކުރެއްވެވި މިންވަރަކަށް އިރާދަކުރައްވަވާ އަޅަކަށް ކަމެވެ. އެހެންވީމާ ދަރިއަކު ނުދެއްވެވި ނަމަވެސް އެއީވެސް އެކަލާނގެ ދެއްވެވި ނިޢްމަތެއް ކަމެވެ. 

- ރައިޙާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް